Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕީއެސްވީއާ އެއްވަރުވެ އިންޓަ ކެޓިއިރު، ޓޮޓެންހަމް ދެވަނަ ބުރަށް

12 ޑިސެމްބަރު 2018 | ބުދަ 07:28

ޓޮޓެންހަމް އެއްވަރުވީ ބާސާއާ ވާދަކޮށް 1-1 އިން

ލީވާން އަލީ
ލީވާން އަލީ | 12 ޑިސެމްބަރު 2018 | ބުދަ 07:28
ޓޮޓެންހަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޓޮޓެންހަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ އެއްވަރުވެ އިންޓަ މިލާން ކެޓިއިރު، ޓޮޓެންހަމް ހޮޓްސްޕާ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އިންޓަ ކެޓީ އަންގާރަ ދުވަހުގެ ރޭ ގްރޫޕް ބީގައި އިންޓައާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ޕީއެސްވީގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތައް އުފައްދާފައެވެ.

އެހެންނަމަވެސް އިންޓަ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 13 ވަނަ މިނެޓުގައި ޕީއެސްވީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޮޒާނޯއެވެ.

މި ލަނޑަށްފަހުވެސް ލީޑު ފުޅާކުރަން ޕީއެސްވީ އަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި އިންޓަ އަށް ވަނީ ނަތީޖާ ހަމަހަމަކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އިންޓަގެ މައްޗަށް ޕީއެސްވީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އިންޓަ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

އިންޓަ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގައެވެ. މި ލަނޑު ޕޮލިޓަނޯގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އޭނާ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިންޓަ ދަނޑުގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖަހާފައެވެ.

މި ލަނޑަށްފަހުވެސް ލަނޑު ޖެހުމަށް އިންޓަ އަށް ވަނީ ގިނަ ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ޕީއެސްވީ އޮތީ ކުޅުނު ހަ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. މުބާރާތުން އިންޓަ ކެޓި ނަމަވެސް، އެޓީމަށް ޔޫރޮޕާ ލީގުން ވަނީ ޖަގާ ލިބިފައެވެ.

ޓޮޓެންހަމް ދެވަނަ ބުރުން ޖާގަ ހޯދީ އަންގާރަ ދުވަހުގެ ރޭ ގްރޫޕް ބީގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާނޭ ޑެމްބެލޭއެވެ. އޭނާ ވަނީ މުބާރާތުގައި ބާސާ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ.

މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ހާފްގައި ޓޮޓެންހަމްގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމްގެ ފަރާތުން ގިނަ އެޓޭކްތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމަށް ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

މި ހާފްގައި ބާސާ އަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަކުރީ 85 ވަނަ މިނެޓުގައެވެ. މި ލަނޑު ހެރީ ކޭންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް މޯރާއެވެ. އެޓީމަށް ވަނީ މެޗު ނިމުމުގެ ކުރިން ލީޑު ނެގުމަށްވެސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ކުޅުނު ހަ މެޗުން 14 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނަގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ޓޮޓެންހަމް ދެވަނަ ބުރަށް ދަތުރުކުރީ ހަ މެޗުން 8 ޕޮއިންޓް ހަމަކޮށްގެންނެވެ.

އިންޓަ އާއި ޓޮޓެންހަމް އަށް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ޓޮޓެންހަމް އަށް ދެވަނަ ބުރުން ޖާގަ ލިބުނީ އިންޓައާ ދެމެދު ހެޑްޓުހެޑަށް ބެލުމަށްފަހު ޓޮޓެންހަމް އަށް ކުރި ލިބިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް