Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޔުވެންޓަސްއާ އެއްވަރުކޮށް ބާސާ ދެވަނަ ބުރަށް

ޔުވެންޓަސް އާއި ބާސާ ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ނޮވެމްބަރު 2017 | ބުރާސްފަތި 07:55
ޔުވެންޓަސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އިނިއެސްޓާ

ޔުވެންޓަސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އިނިއެސްޓާ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ބާސެލޯނާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ޑީ" ގައި ރަށުން ބޭރުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން އެއްވަރުކޮށްފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާގެ ފުރަތަމަ 11 އިން ވަނީ ބޮޑެތި ބަދަލުތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ މި މެޗު ފެށީ ބެންޗުން ކަމަށް ވުމެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ބާސާއަށެވެ. އެ ޓީމުގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ނަގައިދިން ހިލޭ ޖެހުމެއް އަމާޒުވެފައިވަނީ ޔުވެންޓަސްގެ ގޯލުގެ ދަނޑިއާއެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބާސާއިން ވަނީ ދެވަނަ ހާފުގައި މެސީ ކުޅެން ނެރެފައެވެ. އެހެނަސް އޭނާއަށް ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ. މި ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައި ވަނީ ޔުވެންޓަސްގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާއަށެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑިބާލާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ބާސާގެ ކީޕަރު މާކް އެންޑާރ ޓާސްޓީޖެން ވަނީ ދިފާއުކޮށްފައެވެ.

މި މެޗު އެއްވަރުވުމުން ބާސާއަށް ލިބުނު ޕޮއިންޓާ އެކު އެ ޓީމުން ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. ޔުވެންޓަސްއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ގްރޫޕުގެ ފަހު މެޗުގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެންނެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ވަނީ އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި ސްޕޯޓިންގެ ފޯވާޑް ބަސް ދޯސްތް އެ ޓީމަށް ދެ ލަނޑު ޖަހައިދިންއިރު ބްރޫނޯ ސޭޒާ ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. އޮލިމްޕިއާކޯސްއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ވަޑިސް އޮޑީޖާއެވެ.

ސްޕޯޓިންއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ގްރޫޕުގެ ފަހު މެޗު ކާމިޔާބު ކޮށްގެންނެވެ. އެ ޓީމު ގްރޫޕުގެ ފަހު މެޗުގައި ނިކުންނާނީ ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށެވެ.

މި ގްރޫޕުގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ބާސާ އޮތްއިރު ޔުވެންޓަސްއަށް ދެވަނަ ލިބެނީ އަށް ޕޮއިންޓާއެކުއެވެ. ސްޕޯޓިންއަށް ހަތް ޕޮއިންޓާއެކު ތިން ވަނަ ލިބޭއިރު މި ގްރޫޕުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އޮލިމްޕިއާކޯސްއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު