Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔެލޯ ވެސްޓް މުޒާހަރާ

ޔެލޯ ވެސްޓް މުޒާހަރައިގެ ބައިވެރިންނާއި ފުލުހުންނާއި ކުރިމަތިލުންތަކެއް

3 ޑިސެމްބަރު 2018 | ހޯމަ 15:41

ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ކަރުން ގޭސް ޖަހައި "ސްޓަން (ހޭނައްތާ) ގްރެނޭޑް"ގެ ބޭނުން ކޮށްފަ

އަމަން ހަލީމް
އަމަން ހަލީމް | 3 ޑިސެމްބަރު 2018 | ހޯމަ 15:41
މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން ހިނގަނީ

މުޒާހަރާގެ ބައިވެރިއަކު ފަރަންސޭސްވިލާތުގެ ދިދަ ހިފައިގެން ހިނގަނީ | އީޕީއޭ

ފަރަންސޭސްވިލާތުގެ ޕެރިހުގައި މިހާރު ކުރިއަށްދާ "ޔެލޯ ވެސްޓް" މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނައީ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މި ކުރިމަތިލުންތަކުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ޕެޕާ ސްޕްރޭ އާއި ކަރުން ގޭސް ޖަހައި "ސްޓަން (ހޭނައްތާ) ގްރެނޭޑް"ގެ ބޭނުން ވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މުދަލަށް ގެއްލުންދީ ފުލުހުންނާއި ދިމާލަށް އެއްޗެހި އުކާފައެވެ. އަދި މީގެ ތެރެއިން ބަޔަކު ވަނީ ބައެއް ފިހާރަތައް ލޫޓުވާލާ ފުލުހުންގެ ތެރެއިން ބަޔަކަށް ހަމަލާދީފައެވެ. ފަރަންސޭސްވިލާތުގެ ފުލުހުން ވަނީ މި ހަމަ ނު ޖެހުންތަކާއި ގުޅިގެން 224 މީހަކު ހައްޔަރު ކޮށްފައިވާ ކަން ޔަގީންކޮށް ދީފައެވެ.

މުޒާހަރާގެ ބައިވެރިއަކާ ހަވާލާދީ އޭއެފްޕީ. އިން ބުނެފައިވަނީ ކަންތައްތައް ބޮއްސުންލައިގެން ގޮސްގެން މި އުޅެނީ މުޒާހަރާގެ ލީޑަރަކު ނެތުމުގެ ސަބަބުން ކަމަށެވެ. ހަމަނުޖެހުން ހިންގަން އައިސްގެން އުޅޭ މީހުން އަބަދު ވެސް އުޅޭ ކަމަށާއި ނަމަވެސް އެ މީހުންނަކާ ގުޅުމެއް ނެތްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހަމަނުޖެހުން ހިންގަން އުޅުނު ގިނަ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. ފަރަންސޭސްވިލާތުގެ އިންޓީރިއަރ މިނިސްޓަރު ކުރެއްވި ޓްވީޓްއެއްގައި ބުނެފައި ވަނީ ހަމަނުޖެހުން އުފައްދަން 1500 މީހުން އުޅުނު ކަމަށެވެ. އަދި މިއީ އެ ގައުމަށް ކުރެވޭ މަލާމާތެއްގެ ގޮތުގަ އެ ބޭފުޅާ ވަނީ ސިފަކޮށްފައެވެ.

ފަރަންސޭސްވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ހަމަނުޖެހުން ހިންގި ފަރާތްތަކުގެ އަމަލުތަކަށް އަދަބު ދޭނެ ކަމަށް ވިދާޅުވެ ވައުދުވެ ވަޑައިގެންފައެވެ. އެ ބޭފުޅާ ވަނީ މުޒާހަރާތަކާއި ގުޅިގެން ބާއްވާ ކުއްލި ކެބިނެޓް ބައްދަލުވުމެއް އާދީއްތަ ދުވަހު އޮންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި މުޒާހަރާތައް ފެށިފައި ވަނީ އެ ގައުމުގެ ޑީސަލްގެ އަގު މަތި ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތަކުގެ ބައިވެރިން ދަނީ ދިރިއުޅުމުގެ އަގުތައް އުފުލެމުން ދާތީ އާއި ރައީސް މެކްރޯންގެ ގިނަ ސިޔާސަތުތަކާއި ދެކޮޅަށް ވެސް ނުރުހުން ފާޅު ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2018

މިސްރުގައި ޔެލޯ ވެސްޓް ވިއްކުން މަނާކުރަނީ

13 ޑިސެމްބަރު 2018
މިސްރުގައި ޔެލޯ ވެސްޓް ވިއްކުން މަނާކުރަނީ
09 ޑިސެމްބަރު 2018

ޔެލޯ ވެސްޓް މުޒާހަރާ: 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

09 ޑިސެމްބަރު 2018
ޔެލޯ ވެސްޓް މުޒާހަރާ: 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
06 ޑިސެމްބަރު 2018

ޕާކިސްތާނުގައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައިފި

06 ޑިސެމްބަރު 2018
ޕާކިސްތާނުގައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުންތަކެއް ހިނގައިފި
03 ޑިސެމްބަރު 2018

ޔެލޯ ވެސްޓް މުޒާހަރާ: ބައިވެރިންނާއިއެކު ވާހަކަތައް ފެށުމަށް ރައީސް އަމުރުކޮށްފި

03 ޑިސެމްބަރު 2018
ޔެލޯ ވެސްޓް މުޒާހަރާ: ބައިވެރިންނާއިއެކު ވާހަކަތައް ފެށުމަށް ރައީސް އަމުރުކޮށްފި
08 އެޕްރީލު 2018

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ފުލުހުންނާއި ހަވާލުވެއްޖެ

08 އެޕްރީލު 2018
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ފުލުހުންނާއި ހަވާލުވެއްޖެ
29 މާރިޗު 2018

ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފި

29 މާރިޗު 2018
ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ތައުލީމާއި ބެހޭ ވަޒީރު ސްކޮޓްލެންޑްގެ ފުލުހުންނާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފި
05 ޖެނުއަރީ 2018

ވައިޓް ހައުސްގެ ވެސްޓް ވިންގް ހުންނަ ބައިގައި ފޯނު ކޯލުތައް ކުރުން މަނާކޮށްފި

05 ޖެނުއަރީ 2018
ވައިޓް ހައުސްގެ ވެސްޓް ވިންގް ހުންނަ ބައިގައި ފޯނު ކޯލުތައް ކުރުން މަނާކޮށްފި
01 ޑިސެމްބަރު 2017

ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި

01 ޑިސެމްބަރު 2017
ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި
02 އޮކްޓޯބަރު 2017

މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!

02 އޮކްޓޯބަރު 2017
 މަހުޖަނު ރިޗަޑް ބްރޭންސަން ސައުދީ ރެޑްސީ ޕްރޮޖެކްޓްގައި އިންވެސްޓްކޮށް 50 ރިސޯޓް ތަރައްގީ ކުރަނީ!
06 ޖުލައި 2017

އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ނުބޭއްވޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރ ސައީދުދެއްވައިފި

06 ޖުލައި 2017
އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ނުބޭއްވޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރ ސައީދުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް