Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދިޕިކާ އާއި ރަންވީރު ކައިވެނިކުރަން އިޓަލީއަށް

10 ނޮވެމްބަރު 2018 | ހޮނިހިރު 14:45

މިކައިވެނީ ގެ ހަބަރުވަނީ އިންޑިއާގެ މީޑިއާތަކުގެ ބޮޑު ސަމާލުމެއް ހޯދާފައި

| 10 ނޮވެމްބަރު 2018 | ހޮނިހިރު 14:45
ރަންވީރު ސިންގް އަދި ދިޕިކާ ޕަދުކޯން

ރަންވީރު ސިންގް އަދި ދިޕިކާ ޕަދުކޯން

ބޮލީވުޑް ގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ކައިވެންޏަށް އެ ދެ ފަންނާނުން އިޓަލީއަށް ގޮސްފިއެވެ. މި ދެ ލޯބިވެރިން އިޓަލީއަށް ފުރަންގޮސް، އެއާޕޯޓުގައި ތިއްބާ ނޫސްވެރިންނަށް ވަނީ އެ މަންޒަރު ފެނިފައެވެ. ހޮނިހިރު ދުވަހު މި ދެ ފަންނާނުން އިޓަލީއަށް ފުރާފައި ވަނީ ދެ މީހުންގެ އާއިލާއާއި އެކު ކަމަށް އިންޑިއާގެ ބައެއް ނޫސް ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

މި މަހުގެ 14 އަދި 15 ވަނަ ދުވަހު އިޓަލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދެ ފަންނާނުންގެ ކައިވެނި އިއުލާންކޮށްފައި ވަނީ އޮކްޓޫބަރު މަހު މީސްމީޑިއާ މެދުވެރިކޮށެވެ.

އިންޑިއާގެ މީޑިއާތަކުން މި ދެ ފަންނާނުންގެ ކައިވެނީގެ ހަބަރު ވަނީ ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ކައިވެނި އޮންނާނެ ކަމަށް ވަނީ އިޓަލީގެ ކޮމޯ ޕޮރޮވިންސް ގައި ހުންނަ މަޝްހޫރު ތަނެއް ކަމުގައިވާ ވިލާ ޑެލް ބަލްބިއަނެއްލޯ ގައެވެ. މަޝްހޫރު ހޮލީވުޑް ފިލްމު ކެސިނޯ ރޯޔަލްގެ އިތުރުން ސްޓާވޯރސް ސީރީޒްގެ ދެވަނަ ފިލްމުގެ ބައެއް މަންޒަރުތައް ވަނީ މިތަނުގައި ނަގާފައެވެ. ކުލަގަދަކޮށް ބާއްވަން ހަމަޖެހިފައިވާ ހަފްލާގައި ދިޕިކާ ބޭނުންކުރާނެ ކަމަށް ބެލެވޭ ގަހަނާއަށް 10 މިލިއަން އިންޑިއަން ރުޕީސް (137،969 އެމެރިކާ ޑޮލަރު) ހޭދަކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަންވީރާއި ދީޕިކާގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ރައްޓެހިންނާއި އާއިލާ މީހުން ހިމެނޭ ގޮތަށް 30 މީހުންނަށެވެ. އިޓަލީ ގައި ބާއްވާ ކައިވެންޏަށް ފަހު ބެންގަލޫރު އަދި މުމްބާއީ ގައި އިތުރު ހަފްލާތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށް މި ދެ ފަންނާނުންގެ ގާތް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ބޭންޑް ބަޖާ ބާރާތުން ބޮލީވުޑަށް ނިކުތް ރަންވީރު ސިންގް އާއި އޯމް ޝާންތީ އޯމް އިން ބޮލިވުޑަށް ތަޢާރުފުވި ދިޕިކާ ގެ ގުޅުން ފެށިފައިވަނީ 2012 ވަނަ އަހަރު ސަންޖޭލީލާ ބަންސާލީގެ ފިލްމު ރާމްލީލާގެ މަސައްކަތް ކުރަމުން ދިޔައިރުއެވެ. މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައިވަނީ ދާދި ފަހުންނެވެ.

ރަންވީރު ސިންގް އެންމެ އަވަހަށް ފެނިގެންދާނީ ރޯހިތު ޝޭޓީ ޑައިރެކްޓްކުރާ ފިލްމު ސިމްބާ އިންނެވެ. މި އަހަރު ޑިސެމްބަރު އެކާވީހުގައި ނެރެން ހަމަޖެހިފައިވާ އާނަންދު އެލްރާއިގެ ފިލްމު ޒީރޯ ގައި ދިޕިކާ ފެނިގެންދާނީ ޝާހް ރުކް ޚާން އާއި އެކުއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް