Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓު

ސުނާމީ ހައުސިން ޔުނިޓުތައް އެޅުމަށް 144 މިލިއަން އިތުރަށް ހަރަދުވި: އޮޑިޓް ރިޕޯޓް

9 ނޮވެމްބަރު 2018 | ހުކުރު 08:35

މަޝްރޫއަށް އިތުރު ހަތަރު އަހަރު ހޭދަވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 ނޮވެމްބަރު 2018 | ހުކުރު 08:35
ގއ. ވިލިނގިލީގައި އިމާރާތްކުރި ސުނާމީ ހައުސިން ޔުނިޓްތައް

ގއ. ވިލިނގިލީގައި އިމާރާތްކުރި ސުނާމީ ހައުސިން ޔުނިޓްތައް

ސުނާމީ ކާރިސާއާ ގުޅިގެން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންނަށް ގއ. އަތޮޅުގެ ހަތަރު ރަށެއްގައި އިމާރާތް ކުރި ހައުސިން ޔުނިޓްތައް ނިންމުމަށް 144 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރިކަން ހާމަވެއްޖެއެވެ.

ގއ. އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިން ޔުނިޓް އެޅުމަށް ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ކަނޑައެޅީ 220 މިލިއަން ރުފިޔާއެވެ. ނަމަވެސް މުޅި މަޝްރޫއު ނިންމުމަށް 382.5 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހި، ދައުލަތުގެ ބަޖެޓުން 144.6 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހުނު ކަމަށް އެ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލްގެ އޮފީހުން ތައްޔާރު ކުރި ހާއްސަ އޮޑިޓް ރިޕޯޓުގައިވެއެވެ.

Advertisement - newsAdvertisement

ގއ. ވިލިނގިއްޔާއި ދާންދޫ އާއި ނިލަންދޫގެ އިތުރުން މާމެންދޫގައި ހައުސިން ޔުނިޓް އިމާރާތްކޮށް ނިންމުމަށް 20 އޮކްޓޫބަރ 2008 ގައި ހަވާލުކޮށްފައި ވަނީ އެއް އަހަރާއި ދެ މަސް ދުވަހަށެވެ. ނަމަވެސް އެ މަޝްރޫއު ނިންމާފައި ވަނީ ހަތަރު އަހަރާއި 10 މަހާއި 25 ދުވަހުން ކަމަށް އޮޑިޓުގައި ވެއެވެ. މަޝްރޫއު ނިމިފައި ވަނީ 2015 ޖެނުއަރީ 31 ގައެވެ.

މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން 220 މިލިއަން ރުފިޔާއަށް ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަނާ ކަމަށެވެ. އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ނުޖެހޭ ގޮތަށް ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މަޝްރޫއެއް ކަމަށް އޮޑިޓުގައި ވެއެވެ.

ވިމްލާ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ސަބް ކޮންޓްރެކްޓް އުސޫލުން ފިލިޕީންސްގެ ޕީބީޑީސީ ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ކަމަށާއި ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން މަސައްކަތް ހުއްޓާލުމަށް ފަހު، އެ ކުންފުނި ރާއްޖެއިން ފުރައިގެން ގޮސްފައިވާއެވެ. އެ ކުންފުނި ރާއްޖެއިން ފުރައިގެން ދިޔައީ ސަރުކާރުގެ ބައެއް އިދާރާތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 43 މިލިއަން ރުފިޔާ ނުދައްކައި ކަމަށް ވެސް އޮޑިޓުގައި ވެއެވެ. އޮޑިޓުގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ބޭނުމަށް އެމްޓީސީސީން ރާއްޖެ ގެނައި މުދަލުގެ އަގަށް ފައިސާ ދީފައި ވެއެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން އެ މަޝްރޫއުގެ ޕްރޮގްރެސް ޕޭމަންޓްތަކުގެ ފައިސާ ހޯދުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިލުތަކުގެ ތެރެއިން ދެ ބިލަކަށް ހައުސިން މިނިސްޓްރީން ފައިސާ ދީފައި ވަނިކޮށް، އެ ދެ ބިލަށް ސައުދީ ފަންޑުން ވެސް ފައިސާ ދޫކުރުމުން ޑަބަލްކޮށް އެ ކުންފުންޏަށް ފައިސާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ޑަބަލްކޮށް ލިބިފައިވާ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ސަރުކާރަށް ދައްކާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޭގެ އިތުރުން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ހޯދާފައިވާ މުދަލާއި ތަކެތީގެ އަގަށް އެސްޓީއޯއަށް ދައްކަންޖެހޭ 29.7 މިލިއަން ރުފިޔާ އެ ކުންފުނިން ދައްކާފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ވެއެވެ.

ގއ. އަތޮޅުގެ ހަތަރު ރަށެއްގައި 298 ހައުސިން ހައުސިން ޔުނިޓް އެޅުމަށް ދިން މުއްދަތަށް ވުރެ ގިނަ ދުވަސް އެ މަސައްކަތަށް ހޭދަވެ، އިތުރަށް ހަރަދު ކުރަންޖެހުނު ސަބަބު އޮޑިޓް ރިޕޯޓުގައި ވަނީ ފާހަކޮށްފައެވެ. އެގޮތުން އެކަށީގެން ނުވާ ކޮންޓްރެކްޓަރަކު އައްޔަން ކުރުމާއި އެފަދަ ބޮޑު މަޝްރޫއެއް ހިންގައި ތަންފީޒު ކުރުމަށް އެކަމުގެ ތަޖުރިބާ އާއި ފަންނީ ގާބިލުކަން ނެތް އިދާރާއަކާ އެ މަޝްރޫއު ހިންގައި ބެލެހެއްޓުމަށް ހަވާލު ކުރުމުން ހިމެނެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން ގޮސްފައި ނުވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް އޮޑިޓުގައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

27 މެއި 2017

ހައުސިން މިނިސްޓްރީން ކަދުރު ބެހުން ފަސްކޮށްފި

27 މެއި 2017
ހައުސިން މިނިސްޓްރީން ކަދުރު ބެހުން ފަސްކޮށްފި
25 މެއި 2017

އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި

25 މެއި 2017
އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
30 އެޕްރީލު 2017

އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް

30 އެޕްރީލު 2017
އިންތިހާބުގައި ވަގު ވޯޓް އެޅުމަށް މަސައްކަތް އެބަ ކުރޭ: ޝިފާޒް
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
24 މާރިޗު 2017

މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

24 މާރިޗު 2017
މިސްރު ސްކޮލަރޝިޕްގެ 12 ފުރުސަތަށް އެދި ހުށައެޅުމަށް ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް