Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރިހާނާ

ރިހާނާގެ ލަވަތައް ޓްރަމްޕްގެ ރެލީތަކުގައި ބޭނުންކުރުން ހުއްޓުވަނީ

ދާދި ފަހުން ރިހާނާވަނީ ސުޕަރބޯލް ހާފްޓައިމްގައި ޕަރފޯމް ކުރުމަށް އިންކާރުކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 5 ނޮވެމްބަރު 2018 | ހޯމަ 08:17
ރިހާނާ

ރިހާނާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރެލީތަކުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ލަވަ ބޭނުން ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިހާނާގެ 2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ "ޑޯންޓް ސްޓޮޕް ދަ މިއުޒިކް" ޓްރަމްޕްގެ ރެލީތަކުގައި ބޭނުން ކުރާކަން އޭނާއަށް އެނގުނީ ޓްވިޓަރ މެދުވެރިކޮށެވެ.

ދަ ވޮޝިންގޓަން ޕޯސްޓްގެ ވައިޓް ހައުސް ބިއުރޯގައި މަސައްކަތް ކުރާ ރިޕޯޓަރ ފިލިޕް ރަކަރ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، "އެތައް މިލިއަން ފަހަރު ދައްކާފައިވާ ވާހަކަތައް އަދި އެއް ފަހަރު ބުނެލާނަން – ޓްރަމްޕްގެ ރެލީތަކަކީ އެހެން ސިޔާސީ ހަރަކާތްތަކާ މުޅިން ތަފާތު އެއްޗެއް. މިވަގުތު، ސްޓާފުން ޓީޝަރޓްތައް ބަހަމުންދާއިރު، ބާރަށް ޖަހާފައިވަނީ ރިހާނާގެ ޑޯންޓް ސްޓޮޕް ދަ މިއުޒިކް. ހީވަނީ ކުޅިވަރު ހަރަކާތެއްހެން، އެންމެންނަށް ވަރަށް ކަމުދޭ" މިހެންނެވެ.

އެ ޓްވީޓް ފެނުމުން ރިހާނާވަނީ އެއަށް ރައްދު ދީފައެވެ.

ދެން މާގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ލަވަތައް ބޭނުން ނުކުރެވޭނެކަން ފާހަގަ ކުރަމުން ރިހާނާ ބުނީ، "އަހަރެން ނުވަތަ އަހަރެންގެ މީހުންނެއް ތިފަދަ ޓްރެޖިކް ރެލީ ތަކަކަށް ނުދާނެ. އެހެންވީމަ މިގޮތަށް ކަންތައް ހިނގާކަން އަންގާލަދިނީތީ ޝުކުރިއްޔާ ފިލިޕް".

ރިހާނާގެ އިތުރުން، މަޝްހޫރު ލަވަކިޔުންތެރިޔާ ފެރެލް ވެސް ވަނީ ކުރިން މިފަދަ މައްސަލައެއް ނަގާފައެވެ. ޓްރަމްޕްގެ ރެލީތަކުގައި އޭނާގެ ސުޕަރހިޓް ލަވަ "ހެޕީ" ބޭނުން ކުރާކަން އެނގިގެން ފެރެލްވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ.

ރިހާނާގެ ލަވަތައް ޓްރަމްޕްގެ ރެލީތަކުގައި ބޭނުން ކުރުމުން އޭނާ އެކަން ހުއްޓުވާނެ ކަމަށް އިޝާރާތް ކޮށްފައިވާއިރު، ދާދި ފަހުން އޭނާވަނީ ސުޕަރބޯލް ހާފްޓައިމްގައި ޕަރފޯމް ކުރުމަށް އިންކާރު ކޮށްފައެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގް (އެންއެފްއެލް)ގެ ބައެއް ކުޅުންތެރިން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތެދުވުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، މިކަމާ ގުޅިގެން އެމެރިކާގެ ގިނަ އެތުލީޓުންނާއި ތަރިންތައް ދަނީ ޓްރަމްޕާ ދެކޮޅަށް އަޑު ފަތުރަމުންނެވެ.

އެހެންކަމުން، ރިޕޯޓްތައް ބުނާ ގޮތުން އެންއެފްއެލް ސުޕަރބޯލް ހާފްޓައިމްގައި ޕަރފޯމް ނުކުރުމަށް ބާބެޑޯސްއަށް ނިސްބަތްވާ ރިހާނާ ނިންމީ ޓްރަމްޕާ ދެކޮޅަށް ތެދުވުމުގެ ގޮތުންނެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2020

ޓްރަމްޕްގެ ހޫނު ބަހުގެ ހަމަލާއެއް މޭގަން އަށް!

25 ސެޕްޓެމްބަރު 2020
ޓްރަމްޕްގެ ހޫނު ބަހުގެ ހަމަލާއެއް މޭގަން އަށް!
29 މެއި 2020

ސްރީދޭވީގެ ލަވަތައް ހަދަން ޖާންވީ ބޭނުންވޭ

29 މެއި 2020
ސްރީދޭވީގެ ލަވަތައް ހަދަން ޖާންވީ ބޭނުންވޭ
23 ޑިސެމްބަރު 2019

ނޭހާ ކައްކަރުގެ އެންމެ މަގްބޫލިވި ލަވަތައް އިނގޭތަ؟

23 ޑިސެމްބަރު 2019
ނޭހާ ކައްކަރުގެ އެންމެ މަގްބޫލިވި ލަވަތައް އިނގޭތަ؟
25 ޑިސެމްބަރު 2018

ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ

25 ޑިސެމްބަރު 2018
ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ
18 އޮކްޓޯބަރު 2017

ގޫޗީއިން ޖަނަވާރުގެ ކެހެރި ބޭނުންކުރުން ހުއްޓާލަނީ

18 އޮކްޓޯބަރު 2017
ގޫޗީއިން ޖަނަވާރުގެ ކެހެރި ބޭނުންކުރުން ހުއްޓާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު