Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޓޮޓެންހަމް އާއި ޔުނައިޓެޑަށް މޮޅެއް، އާސެނަލް އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރު

ބޯންމައުތު އަތުން ޔުނައިޓެޑު މޮޅުވީ 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2018 | އާދީއްތަ 04:34
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު މެޗުތަކުން މޮޅުވިއިރު، އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ އޭއެފްސީ ބޯންމައުތުއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ބޯންމައުތު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ހަމަލާތަކެއް އުފައްދާފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ބޯންމައުތުންނެވެ. މި ލަނޑު ސްޓެނިސްލަސްގެ އެހީތެރިކަމާއެކު ކާމިޔާބު ކުރީ ވިލްސަން އެވެ. މި ލަނޑަށް ފަހު ވެސް ބޯންމައުތުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އެވެ.

އެހެންނަމަވެސް 35 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންތޮނީ މާޝިއާލްއެވެ. އޭނާ އަންނަނީ މި ސީޒަނުގައި ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދެމުންނެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ ބަދަލުތަކެއް ގެނެސް އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބޯންމައުތުގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ އިތުރު ވަގުތުގައެވެ. މި ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި މާކަސް ރަޝްފަޑްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު ވަނީ ކުޅުނު 11 މެޗުން 20 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތްވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ބޯންމައުތައް ވެސް 20 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ލަނޑުގެ ތަފާތުން ލިބެނީ ހަވަނަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ވޮލްވްސްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ވޮލްވްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޓޮޓެންހަމް އިންނެވެ. އެގޮތުން 27 ސޮންގެ އެހީތެރިކަމާއެކު އެރިކް ލަމެލާ ވަނީ އެޓީމުން މެޗުގެ ލީޑު ނަގާފައެވެ.

ޓޮޓެންހަމުން 30 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައިވާއިރު، މި ލަނޑު ކާމިޔާބުކުރީ ޓްރިޕާގެ އެހީތެރިކަމާއެކު ލޫކަސް މޯރާއެވެ. މި ލަނޑުތަކަށް ފަހުވެސް އެޓީމަށް ލީޑު އިތުރަށް ފުޅާ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ވޮލްވްސްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ.

ވޮލްވްސް އިން ނަތީޖާގެ ފަރަގު ކުޑަކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރުބެން ވެސް އެވެ. މެޗުގެ 79 ވަނަ މިނެޓުގައި އިތުރު ޕެނަލްޓީއެއް އެޓީމަށް ލިބިފައިވާ އިރު، މި ޕެނަލްޓީ ކާމިޔާބުކުރީ ޖިމެނޭޒްއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމަށް ވެސް ލީޑު ނެގުމަށް ފުރަތަމަ ހާފްގައި ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އޭގެ ތެރެއިން ލިވަޕޫލް އަށް ލިބުނު ފުރުސަތައް ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ޖޭމްސް މިލްނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލު ދަނޑިއަށެވެ. ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ 61 ވަނަ މިނެޓުއި ޖޭމްސް މިލްނާ ވަނީ ލިވަޕޫލް އަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑަށް ފަހު ވެސް ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެލެކްސް ލުވަބީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ. ލިވަޕޫލް އޮތީ ކުޅުނު 11 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު