Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޮވާތަކެތި މެއިލްކުރުން

ގޮވާތަކެތި ފޮނުވި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ އުފުލައިފި

ސީޒަރ ސެޔަކްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 އޮކްޓޯބަރު 2018 | ހޮނިހިރު 05:30
ފުލުހުން އާއްމުކޮށްފައިވާ ސީޒަރ ސެޔަކްގެ ފޮޓޯ

ފުލުހުން އާއްމުކޮށްފައިވާ ސީޒަރ ސެޔަކްގެ ފޮޓޯ

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ފަރާތްތަކަށާއި، ކުރީގެ ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނާއި، ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ފާޑުވިދާޅުވާ އިސް ބައެއް ފަރާތްތަކަށް ގޮވާތަކެތި ކަމަށް ބެލެވޭ އެއްޗެތި ފޮނުވި ކަމަށް ތުހުމަތުކުރެވޭ މީހަކު ފެޑެރަލް އިދާރާތަކުން ހައްޔަރުކޮށްފިއެވެ.

އެފްބީއައިގެ ޑިރެކްޓަރ ކްރިސްޓޮފަރ ރޭ، ހުުކުރު ދުވަހު ރިޕޯޓަރުންނަށް ވިދާޅުވީ ސީޒަރ ސެޔަކް ހައްޔަރުކުރީ ބިމުގެ ތުހުމަތުގެ ތަހުގީގަށް ކަމަށެވެ.

ރޭ ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮންގްރެސްގެ ކަނބަލެއް ކަމަށްވާ މެކްސިން ވޯޓަރސްއަށް ފޮނުވުމަށް ބަންދުކޮށްފައި އޮތް ޕާރުސަލުން ސެޔަކްގެ ފިންގަރޕްރިންޓްސް ފެނިފައިވާ ކަމަށެވެ.

އެޓަރނީ ޖެނެރަލް ޖެފް ސެޝަން ވިދާޅުވީ ސެޔަކްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާއިރު އޭގެ ތެރޭގައި ކުރީގެ ރައީސަކަށް ބިރުދެއްކުމާއި، ގާނޫނާ ޚިލާފަށް ގޮވާތަކެތި މެއިލްކުރުން ހިމެނެއެވެ. ސެޔަކްގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 58 އަހަރުގެ ޖަލުހުކުމަތަކެއް ކުރިމަތިވާނެއެވެ.

އޭނާގެ މައްޗަށް ދައުވާ ކުރިކަމުގެ ޚަބަރު އައިސްފައިވަނީ އެކި ފަރާތްތަކަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ތުހުމަތުކުރެވޭ ފަދަ އިތުރު ޕާރުސަލްތައް ފެނިފައިވާކަމަށް ހުކުރު ދުވަހު ހާމަކޮށްފައިވަނިކޮށެވެ. އެއާއެކު ގޮވާތަކެއްޗާ އެކު އަތުލައިގަނެވުނު ޕާރުސަލްތަކުގެ އަދަދު 13 އަށް އަރައެވެ.

ހުކުރު ދުވަހު އިތުރު ޕާރުސަލްތައް ފެނިފައި ވަނީ ސެނޭޓަރ އެމެރިކާގެ ގާނޫހަދާމަޖިލީހުގެ މެމްބަރު ކޮރީ ބުކަރ އާއި އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރއަށް ފޮނުވާފައި ވަނިކޮށެވެ.

"ވަރަށް ސާފު، މިއީ އެތެރޭގެ ޓެރެރިޒަމް، އެއްވެސް މީހެއްގެ ވިސްނުމުގެ އެކަމަކާ ސުވާލެއް ނު އުފެދޭނެ" ކްލެޕަރ ސީއެންއެންގައި ވިދާޅުވިއެވެ. "މިކަމަކުން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކެއް ނުހުއްޓުވޭނެ"

ސެޔަކް ހައްޔަރުކުރެވުނުއިރު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ވޭނެއްގައި ރައީސް ޓްރަމްޕް އަށް ތާއީދުކޮށް ސްޓިކާތައް ތަތްކޮށްފައިވާއިރު ސީއެންއެން ފަދަ ތަންތަނަށް ހުތުރު ބަސްތައް ބޭނުންކޮށް މަންޒަރުތައް ހުއްޓެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ފޮޓޯޖަހައި ފޮޓޯގައި ރަތްކުލައިން ރަސްގެ ލާފައިވެއެވެ.

އެ ވޭނަކީ ސެޔަކް އާ ގުޅުމެއްވާ ވޭނެއްކަމަކަށް އިދާރާތކުން ކަށަވަރެއް ނުކޮށްދެއެވެ. ސެޔަކްއަކީ ކުށުގެ ރެކޯޑްގެ ދިގު މާޒީއެއް އޮތް މީހެކެވެ.

ރައީސް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ ތުހުމަތު ކުރެެވޭ އެއް ފަރާތަކީ އެ މަނިކުުފާނުގެ ސަޕޯޓަރެއްކަމަށާއި ނަމަވެސް ތުހުމަތު ކުރެވޭ މިހާކުރި އެއްވެސްކަމެއްގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
01 މާރިޗު 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު