Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ޓީވީ

އެކީއްވެހޭ އޮޅުންއެރީ: ތިން ތަރިންގެ ވާހަކަ

މި އެވެއަރނަސް ކްލިޕްސްތަކަށް ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިގެން ދިޔަ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2018 | އާދީއްތަ 03:44
ރާއްޖެ ޓީވީން އުފެއްދި

ރާއްޖެ ޓީވީން އުފެއްދި

ރާއްޖެ ޓީވީގެ ލޮޖިސްޓިކް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގަމަރުއްދީން ފަހުމީ އާއި ޖާނަލިސްޓް ސިމާހާ ނަސީމް އަދި އޮންއެއަރ އޮޕަރޭޓަރ އަމަތުﷲ އާދަމް އެކްޓްކުރަން ކެމެރާގެ ކުރިމައްޗަށް އަރަން ޖެހުނީ އޮފީހުން ހަވާލު ކުރާ އެއްވެސް މަސައްކަތަކަށް ނޫނެކޭ ނުބުނުމުގެ ގޮތުން ކަމަށް އެ ތިން މުވައްޒަފުން ވަނީ ބުނެފައެވެ.

މި ތިން މުވައްޒަފުން ވެސް ފުރަތަމަ ހަރަކާތްތެރިވެފައި ވަނީ ރާއްޖެ ޓީވީން ކޮންމެ ރަމަޟާން މަހަކު ތައްޔާރުކުރާ ހެއްވާ މަޖާ ޕްރޮގްރާމް "ދަންބައި" އިންނެވެ. އޭގެ ފަހުން ރާއްޖެ ޓީވީން އަޟްހާ އީދަށް ޚާއްސަކޮށް ތައްޔާރުކުރި "ކުކުޅެއް ކާން" މި ލަވައިން ވެސް މި ތިން މުވައްޒަފުން ވަނީ ފެނިގެން ގޮސްފައެވެ.

އެންމެ ބޮޑަށް މި ތިން މުވައްޒަފުން ބެލުންތެރިންގެ މެދުގައި ފާހަގަ ވެގެން ދިޔައީ ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖެ ޓީވީން އުފެއްދި "އެކީއްވެހޭ އޮޅުންއެރީ" ވީޑިއޯ ކްލިޕް ތަކުންނެވެ. އެކަން ރާއްޖެ ޓީވީގެ ފޭސްބުކް ޕޭޖަށް ލިބިފައިވާ ލައިކްސް އެކަނި ވެސް އެނގެ އެވެ.

ރާއްޖެ ޓީވީގެ ފޭސްބުކް ޕޭޖްގައި ޝެއަރ ކޮށްފައިވާ މި ކްލިޕްތައް ވަނީ އެއްލައްކައާ ގާތްކުރާ އަދަދަކަށް މީހުން ބަލައިފައެވެ.

ރާއްޖެ ޓީޥީގެ "ކުލަ ސްކްރީން" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ގަމަރު ބުނެފައިވަނީ އިންތިޚާބާ ގުޅޭ ވީޑިއޯ ކްލިޕްތައް ނަގަމުން ދިޔައިރު އެންމެ އުނދަގޫކަމަށް ދިމާވެފައިވަނީ ރުއި މަންޒަރު ކުޅުމަށް ކަމަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ރާއްޖެ ޓީވީން ޖުމްލަ ހަ ކްލިޕެއް އުފެއްދިއިރު، ގިނަ ކްލިޕްތައް ނިމޭއިރު ގަމަރު ފެނިގެން ދިޔައީ ކޮޅުކެހި ލިބޭ މީހާގެ ގޮތުގައެވެ. ނަމަވެސް އާންމު ދިރިއުޅުމުގައި ގަމަރަކީ ވަރަށް ކާމިޔާބު މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސިމާހާގެ ކްލިޕްތަކުން ބެލުންތެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ކަދުރު ކާ މަންޒަރު ކަމަށް ސިމާހާ ވަނީ ބުނެފައެވެ. ނޫސްވެރިއެއްގެ ގޮތުން ގަލަން ހިންގުމުގެ އިތުރުން، ސިމާހާ އެކްޓްކުރުމުގެ ހުނަރަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.

އޮންއެއާ އޮޕަރޭޓަރެއްގެ ގޮތުން، އަމަތު ބުރަކޮށް މަސައްކަތްކުރަމުން ދިއުމުގެ އިތުރުން އެކްޓްކުރަން ވެސް ޝައުގުވެރިކަން ވަރަށް ބޮޑެވެ. އަދި މި ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުޚީބަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަަމަށް އަމަތު ފާހަގަކުރެ އެވެ.

މި ތިން މުވައްޒަފުން ބުނެފައިވަނީ އަދިވެސް އިތުރު އުފެއްދުންތަކުން ފެނިގެންދާނެ ކަމަށެވެ.

އިންތިޚާބަށް ހޭލުންތެރިކުރުމަށް އުފެއްދި ކްލިޕްތަކަކީ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ޑައިރެކްޓް ކޮށްފައިވާ އަދި ރާޢްޖެ ޓީވީގެ ޗީފް ކެމެރާމަން މުހައްމަދު އަނިލް ކެމެރާކޮށްފައިވާ ވީޑިއޯ ކްލިޕް ތަކެކެވެ. ގަމަރަށް ޝޫޓިންގގެ ތެރޭގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވަނީވެސް އަނިލްގެ ފަރާތުންކަން ގަމަރު ވަނީ ފާހަގަ ކޮށްފައެވެ.

ގަމަރުގެ އެކްޓިންއަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ގަމަރު ވަނީ ފާހަގަ ކޮށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު