Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވޫޑް

ވެނޮމް ލޮސްއެންޖަލިސްގެ ވެސްޓްވުޑްގެ ސިނަމާތަކުގައި އަޅުވައިފި

3 އޮކްޓޯބަރު 2018 | ބުދަ 09:00

ލީޑްރޯލް އަދާކޮށްފައިވާ ހާރޑީއަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 3 އޮކްޓޯބަރު 2018 | ބުދަ 09:00
ވެނޮމް ފިލްގެ މަންޒަރެއް

ވެނޮމް ފިލްގެ މަންޒަރެއް

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ވެނަމް" ލޮސް އެންޖަލިސްގެ ވެސްވުޑް ސިނަމާތަކުގައި އަޅުވައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހު މުޅި އެމެރިކާގެ ތިއޭޓަރުތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ ކޮލަމްބިޔާ ޕިކްޗަރސް އާއި މާރވަލް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެއެވެ.

ރުބަން ފްލެއިޝަރ ޑައިރެކްޓްކޮށް ސުކޮޓް ރުސެންބަރގް އަދި ޖެފް ޕިންކަރ ސްކްރީން ޕްލޭ ތައްޔާރުކޮށް އުއްފައްދާފައިވާ މި ފިލްމްގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޓޮމް ހާރޑީ، މައިކަލް ވިލިއަމްސް،ސްކޮޓް ހޭޒް، އަދި ރެއިޑް ސްކޮޓްއެވެ.

ތަހްގީގީ ނޫސްވެރިއެއްގެ ހަށިގަނޑަށް "އޭލިއަން އޯގަނިޒަމް" ވަނުމުގެ ސަބަބުން އޭނާއަށް ލިބިގެންދާ އާދަޔާ ޚިލާފް ބާރުތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ 100 މިލިޔަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެއެވެ.

ޓޮމް ހާރޑީ "ވެނޮމް" ގެ ކެރެކްޓަރ އިން ފެނިގެންދާ މި ފިލްމަށް ހަފްތާ ބަންދުގައި އާމްދަނީގެ ގޮތުގައި 65 މިލިޔަން ޑޮލަރާއި 75 މިލިޔަން ޑޮލަރު ލިބޭނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. ހަފްތާ ބަންދުގައި 4250 ތަނުގައި މި ފިލްމް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމް އެމެރިކާގެ ވެސްޓްވުޑް ސިނަމާތަކުގައި މިހާރު އަޅުވާފައިވާއިރު ކްރިޓިކްސްގެ ބޮޑު ފާޑުކިޔުންތަކެއް މި ފިލްމަށްވަނީ އަމާޒުވެފައެވެ. ފިލްމްގެ ލީޑްރޯލް އަދާކޮށްފައިވާ ހާރޑީއަށް ކްރިޓިކްސްގެ ތައުރީފު ލިބިފައިވާއިރު ފިލްމްގެ އަޑުތަކާއި ސްކްރިޕްޓް ގެނެސްދިފައިވާ ގޮތަށް ކްރިޓިކްސްގެ ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

ސޮނީ ޕިކްޓަރސްއިން ވެނޮމް ފިލްމްގެ ސުޕަރ ހީރޯ ކެރެކްޓަރ އަށް ތައްޔާރުވާން ފަށާފައިވަނީ 2007 ވަނަ އަހަރު އެމީހުންގެ ކާމިޔާބު ފިލްމް "ސުޕައިޑަރ މޭން 3" އަށް ލިބުނު ކާމިޔާބަށް ފަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2023

ރެޑްކާޕެޓް އިވެންޓަކާއެކު ބީވީމާގެ ފުރަތަމަ ޝޯ އަޅުވައިފި

07 ފެބުރުއަރީ 2023
ރެޑްކާޕެޓް އިވެންޓަކާއެކު ބީވީމާގެ ފުރަތަމަ ޝޯ އަޅުވައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް