Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުދުﷲ ޖާބިރު

ޖާބިރު މާލެވަޑައިގެންފި

18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:11

ދިވެހި އެއްވެސް ރައްޔިތަކު ރައީސް ޔާމީނަށް މަޢާފުކޮށްގެން ނުވާނެ ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 06:11
އަބުދުﷲ ޖާބިރު

އަބުދުﷲ ޖާބިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބުދުﷲ ޖާބިރު ބުދަ ދުވަހުގެރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އޭނާ މާލެ މި ވަޑައިގެންނެވީ ޕާސްޕޯޓް ވެސް ހިފަހައްޓާ ކެންސަލް ކޮށްފައި ވަނިކޮންނެވެ. ޖާބިރު ރާއްޖެ ވަޑައިގެންނެވި އިރު، މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފާއި، އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރަން ފުލުހުން އެދުމުންނެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވި ޖާބިރު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ. ޖާބިރު ކުރެއްވި ޓުވީޓަކުން މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އޭނާ ރާއްޖެ ވަޑައިގަންނަވާ ފްލައިޓުގެ ތަފްސީލް ދެއްވައިފައިވީ ނަމަވެސް، މިއަދު ޖާބިރު ރާއްޖެ ވަޑައިގެންނެވިއިރު އެއްވެސް ފުލުހަކު އޭނާ ހައްޔަރުކުރުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ.

ޖާބިރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު މީރާއިން ވަނީ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން 46 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައިވާ ޖާބިރު ވިދާޅުވީ، ގައުމުން ބޭރުގަައި ގިނަ ދުވަސްތަކަކު ދިރިއުޅުއްވުމަށް ފަހު ރާއްޖެވަޑައިގެންނެވީ ތިމާގެ މީހުންނާއި، ރަހުމަތްތެރިނާއި ބައްދަލުކޮށް، ބިރެއްނެތި އަރާމުގައި ދިރިއުޅެ ވިޔަފާރިކުރުމަށް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އޭނާ ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކު ރައީސް ޔާމީނަށް މަޢާފުކޮށްގެން ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. މިރޭ ރާއްޖެ ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޖާބިރު އިތުރަށް ވިދާޅުވީ، ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލަން ޖެހޭ ކަމަށާއި މިހާރު ހޯދަންވީ ރައީސް ޔާމީން ހައްޔަރުކުރާނެ ކޯޓު އަމުރެއް ކަމަށެވެ. އަދި ރައީސް ޔާމީން ފިއްލެވުމުގެ ފުރުސަތު ދިވެހި އެއްވެސް ރައްޔިތަކު ދީގެން ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ޖާބިރު ރާއްޖެވަޑައިގެންނެވިއިރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ގިނަ ބޭފުޅުން އަންނަނީ ރާއްޖެ ވަޑައިގަތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

22 އޯގަސްޓު 2017
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
13 ޖުލައި 2017

ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު

13 ޖުލައި 2017
ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު
22 ޖޫން 2017

15 ގަޑި އިރަށްފަހު ޖާބިރު ލަންޑަން އެތެރެވެއްޖެ

22 ޖޫން 2017
15 ގަޑި އިރަށްފަހު ޖާބިރު ލަންޑަން އެތެރެވެއްޖެ
21 ޖޫން 2017

ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"

21 ޖޫން 2017
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"
27 އެޕްރީލު 2017

ފުލުހުން ޖާބިރު ހޯދަނީ

27 އެޕްރީލު 2017
ފުލުހުން ޖާބިރު ހޯދަނީ
26 އެޕްރީލު 2017

ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

26 އެޕްރީލު 2017
ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި
20 އެޕްރީލު 2017

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު
19 އެޕްރީލު 2017

ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި

19 އެޕްރީލު 2017
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި
19 އެޕްރީލު 2017

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

19 އެޕްރީލު 2017
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް