Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ތިމަރަފުށީ ރައްޔިތުންގެ ބަސް: 100 ވޯޓް ވެސް ޔާމީނަން ނުލިބޭނެ!

ތިމަރަފުށިން ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 09:45
ތިމަރަފުށީގައި ދެ ޖަގަހަ ފައިސަލް ވަނީ ހުޅުއްވާދެއްވާފައި

ތިމަރަފުށީގައި ދެ ޖަގަހަ ފައިސަލް ވަނީ ހުޅުއްވާދެއްވާފައި

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ތ. އަތޮޅު ތިމަރަފުށިން ރައީސް އަބްދުﷲ ޔާމީނަން 100 ވޯޓް ވެސް ނުލިބޭނެ ކަމަށް އެމްޑީޕީ ތިމަރަފުށީ ދާއިރާ އިން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ރަނިންގ މޭޓް ފައިސަލް ނަސީމް އަންގާރަ ދުވަހު ތިމަރަފުއްޓަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެ ރަށުގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ މި އިންތިހާބު އިބޫ އަށް ކާމިޔާބުކޮށްދިނުމަށް ތިމަރަފުށީ ރައްޔިތުން މި ފަހަރު ނުކުމެ ތިބީ އެރަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެކުގައި ކަމަށެވެ. އެހެންކަމުން މި އިންތިހާބުގައި ތިމަރަފުށިން ރައީސް ޔާމީނަން 100 ވޯޓް ވެސް ނުލިބޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައިސަލް ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ތިމަރަފުށީ ރައްޔިތުން އެރަށުގައި ކުއްޔަން އުޅެން ޖެހުމަކީ ހިތާމަވެރިކަމެއް ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތިމަރަފުށީ ރައްޔިތުންނަން ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިމަރަފުށީގައި 18 ހެކްޓްރުގެ ބިން ހިއްކާފައިވާއިރު، އެ ސަރަހައްދުގައި މި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ތިމަރަފުށީ ހިއްކި ބިން ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނާތީ އެރަށުގެ ކައުންސިލަށް އެތަނުން ގޯތި ދޫކޮށް އަދި ސިނާއީ މަސައްކަތް ކުރަން ބިން ދޫކުރުމުގެ ބާރެއް ނެތްކަން ފާހަގަކޮށްލެއެވެ.

ފައިސަލް ވަނީ ތިމަރަފުށީގައި ދެ ޖަގަހައެއް ހުޅުއްވާދެއްވަފައެވެ. އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ތިމަރަފުށީގެ ގިނަ އަދަދެއް ޒުވާނުން ނުކުމެފައިވާއިރު، އެރަށު ޒުވާނުންގެ ޖަގަހަ ވެސް ފައިސަލް ވަނީ ހުޅުއްވާދެއްފައެވެ. ޖަގަހަ ހުޅުއްވާދެއްވުމަށް ފަހު ފައިސަލް ވަނީ ތިމަރަފުށީ ޒުވާނުންނާ ބައްދަލުކުރައްވައި އެރަށުގެ ޒުވާނުންނަ ދިމާވެފައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

ނިމިދިޔަ މަހުގެ ތެރޭގައި އިބޫ ތިމަރަފުއްޓަށް ވަޑައިގެން އެރަށު އަންހެނުންގެ ޖަގަހަ ވަނީ ހުޅުއްވާދެއްފައެވެ. ތިމަރަފުށީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 1801 އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު