Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ނުކުމެމިތިބީ ފުލުހުންގެ ޔުނީފޯމަށް އިއްޒަތް ހޯދައިދޭން: މާރިޔާ

ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކުރުމުގެ ފުރުޝަތު ލިބިގެންދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 21:49
ގުޅިފައީޥާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތެއްގައި މާރިޔާ އިބޫ އާއި އެކު

ގުޅިފައީޥާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތެއްގައި މާރިޔާ އިބޫ އާއި އެކު

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް މުވައްސަސާއަކަށް ހަދާ ފުލުހުންގެ ޔުނިފޯމަށް ލިބިފައިވާ އިއްޒަތް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ހޯދަދޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއްކަމެއް ވަކި ބަޔަކު ކުރީމަ ކުށަކަށްވެފައި އަނެއްބަޔަކު ކުރީމަ ކުށަކަށްނުވާ ވާހަކަ ފުލުހުން ރައްޔިތުންގެ ކައިރީގައި ބުނަންޖެހެނީ ލަދުވެތިކަމާއި އެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ފުލުހުންނަން ކުރާ އިތުބާރު ގެއްލިގެންދާއިރު، ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބޭގޮތަށް މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަދީ، ފުލުހުންގެ ޔުނީފޯމްގެ އިއްޒަތް ފުލުހުންނަން ހޯދަދޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ޕްރޮމޯޓް ކުރުމަށް އަޑުގަދަ ކުރާ ހަރުކޮށްގެން މާލޭގައި އެކި ސަރަހައްދުތަކުގައި ހުކުރު ދުވަހުގެ ހަވީރު ދުއްވި ޕިކަޕު ޓޯޔާޑަށް ގެންގޮސްފައިވާތީ އެކަމަށް މާރިޔާ ވަރަށް ބޮޑަކަށް ފާޑު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުޅީ ސުލްހަވެރި ސިޔާސީ ހަރަކާތް ހަމަހަމަކަމާއި އެކު ކޮންމެ ޕާޓީތަކަށް ވެސް ހިންގެންޖެހޭނެ ކަމަށެވެ. އެތަކެއް ދުވަހެއް ފަހުން ކަންމަތީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުޥި ވީހާވެސް ގިނަ ރައްޔިތުން ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޯޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް