Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންޑިއާ ސަރުކާރާއި ގާތްގުޅުމެއް އުފައްދާނަން، މައްސަލަތައް ހައްލުކޮށްދޭނަން: ފައިސަލް

2 ސެޕްޓެމްބަރު 2018 | އާދީއްތަ 20:24

ވިޔަފާރިވެރިން އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް ފައިސަލް ވަނީ ގޮވާލައްވާފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 20:24
ޖަލްސާއަށް ފަހު އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާއެއް ފައިސަލް އާއި އެކު ފޮޓޯއެއް ނަަގަނީ

ޖަލްސާއަށް ފަހު އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާއެއް ފައިސަލް އާއި އެކު ފޮޓޯއެއް ނަަގަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިންޑިއާ ސަރުކާރާއި ގާތްގުޅުމެއް އުފައްދާ ދިވެހިންނަން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮޓަލް ރޫބީ އެރީނާގައި ބޭއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ބޭރު ގައުމުތަކާއި ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ލިބުމުގައި ދަތިތަކާއި ދިމާވެފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އިންޑިއާ އާއިއެކު ގާތް ގުޅުމެއް ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ބާއްވައި، އެކަންކަން ހައްލުކޮށްދެވާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަން ޔަގީންކަން އަރުވަނީ، އަބަދުވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރެވޭ ގޮތަކަށް ބޭރު ދުނިޔޭގެ ގައުމުތަކާއި، ވަކިން ހާއްސަކޮށް އަޅުގަނޑަގު ތަކުރާރުކުރާ ހިތްވޭ، އިންޑިއާއި ގާތްގުޅުމެއް ބާއްވާނަމޭ. އާދެ، އާސަންދައިގެ ވާހަކަ ދެންމެ ދެކެވިގެން ގޮސްފި، މިއަދު ވެސް އަޅުގަނޑުމެން ޒިޔާރަތްކުރި ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދެއްކި، ވަރަށް ކަންބޮޑުވޭ، އަޅުގަނޑުމެން އެކަމާއި ވަރަށް ދެރަވެ ހިތާމަ ކުރަން،" ފައިސަލް ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ގޮސް އުޅޭ ގިނަ އަދަދެއްގެ ދިވެހިންނާއި ޓްރިވެންޑްރަމްގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން ދިމާވިކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ވަކި ކުލައަކަށް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އާސަންދައިގެ ޙިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިފައި

"އަޅުގަނޑު ޔަގީންކޮށް ދިވެހި ރައްޔިތުންނަން އަރުވަން، މި ފަސްގަނޑުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަން ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ ކުލަ އަކަށް ބެލުމެއް ނެތި، ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ނިސްބަތްވާ އަތޮޅަކަށް ރަކަށް ބެލުމެއް ނެތި، ދިވެހި ސަރުކާރުން އޭރަކު ދޭންޖެހޭ ހިދުމަތްތައް، ވަކިން ހާއްސަކޮށް ބޭސްފަރުވާގެ ޙިދުމަތްތައް، އާސަންދައިގެ ހިދުމަތްތަށް ދޭނަމޭ،" އާސަންދާގެ ހިދުމަތާއި ގުޅޭގޮތުން ބޭސްފަރުވާއަށް ޓްރިވެންޑްރަމްއަށް އައިސްއުޅޭ ގިނަ ދިވެހިން ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ދިވެހި ގައުމު ތަރައްގީ ކުރުމަށް އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ތިބިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ސަރުކާރުގެ ދިފާއުގައި ދިވެހި ރައްޔިތުންނާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ވިޔަފާރިވެރިންގެ ނަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. ނިކަމެތި އާންމު ރައްޔިތު މީހާގެ ހާލު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއްބަޔަކީ ވިޔަފާރިވެރިން ކަމަށްވާއިރު، އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެވަޑައިގަތުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

ޖަލްސާއަށް ފަހު އިންޑިއާގައި ދިރިއުޅޭ ދިވެހިން ފައިސަލް އާއިއެކު ފޮޓޯ ނަގަނީ

"ވޭތެވެދިޔަ 30، 40 އަހަރު ގައުމު ބިނާކުރުމަށްޓަކައި، ގިނަ ގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފުންނާބު އުސް، ވިޔަފާރިވެރިންނަން އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ދަންނަވަން އޮތީ ތިބޭފުޅުން ހިތުގައި އޮތް ގޮތަށް ތިބޭފުޅުން ނުކުންނަވާށޭ، ވަކި އެއްޗެއް ހިތުގައި ބާއްވައިގެން ދިމާވެދާނެ ފިއްތުންތަކަށް، ދިމާކުރުވަމުންދާ ފިއްތުންތަކަކާ ހެދި، ތިބޭފުޅުން ފަހަތަށް ޖެހިވަޑައި ނުގަންނަވާށޭ،" ވިޔަފާރިވެރިންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް