Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު

އިބޫ ވަޑައިގަންނަވާތީ ކޮލަމާފުށި އެއްކޮށް ރީނދޫކޮށް، ސަރުކާރު މުއައްޒަފުން ކުރީ ސަފަށް!

ރަށުގެ ގިނަ ސިވިލްސާވަންޓުން ފާޅުގައި ނުކުމެ ދަނީ ހަރަކާތްތެރިވަމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 އޯގަސްޓު 2018 | ބުދަ 19:15
ގއ. ކޮލަމާފުށި

ގއ. ކޮލަމާފުށި | ޓްވިޓަރ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މަރުހަބާ ކިއުމަށް ގއ. ކޮލަމާފުށި އެއްކޮށް ރީނދޫކޮށް، ސަރުކާރު މުއައްޒަފުން ވެސް ކުރިއަށް ނުކުމެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ކޮލަމާފުށީގެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުއައްޒަފުން ވެސް ފާޅުގައި ނުކުމެ ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ރައޫފް ވިދާޅުވީ، ޕީޕީއެމްގެ ބަޔަކަށް އެކަންކަން ހަޖަމުނުވެގެން ނުކުމެ، ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އެ ރަށު އެމްޑީޕީ ހަރުގެ ކުރިމަތީގައި ދިދަފަތި ދެމި ކަމަށާއި ރައްދުގައި އެމްޑީޕީން ވެސް އެ ދިދަފަތިތައް ކައިރީގައި ދިދަފަތި ދެމުމުން، ދެބައި މީހުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްވެ ހަމަނުޖެހުން ހިންގީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށެވެ.

ރައޫފް ވިދާޅުވީ، އަނިޔާ ލިބުނީ އޭނާގެ އިތުރުން އެމްޑީޕީގެ އެހެން ސަޕޯޓަރަކަށް ކަމަށެވެ. އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ރައޫފް ވިދާޅުވިއެވެ.

ކޮލަމާފުށީގައި ބުދަ ދުވަހުގެ ހަވީރު ހިނގި ހަމަނުޖެހުމުގެ ތެރެއިން

އަނިޔާވެގެން އެއްވެސް މީހަކު ރަށުގެ ހެލްތު ސެންޓަރަށް ވެސް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައޫފް ވިދާޅުވީ ޕީޕީއެމްގެ ބޭނުމަކީ އިންތިޚާބު ގާތްވެފައިވަނިކޮށް، ކޯލިޝަނަށް ތާއީދު ކުރާ ގިނަ ބަޔަކު، ސިވިލް ސާވަންޓުން ވެސް ހިމެނޭ ގޮތުން ފާޅުގައި ނުކުތުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ ރަށުން 15 ވަރަކަށް މީހުން ހައްޔަރު ކުރުން ކަމަށާއި އެ މީހުން ހައްޔަރު ކުރުމަށްޓަކާ ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރިއަސް ކޯލިޝަނަށް ކޮލަމާފުށިން އޮތް ތާއީދު ހޮނިހިރު ދުވަހު ދައްކާލާނޭކަމަށެވެ.

އެ ރަށުގައި ހިނގި ހަމަނުޖެހުމަކީ ޕީޕީއެމުން އިސްވެ ހިންގި ހަމަނުޖެހުމެއް ކަމަށް ބުނެ، ހަގީގަތް އޮޅޭ ގޮތަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ބުދަ ދުވަހުގެ ރޭ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތަށް ހުރަސް އަޅަނީ އެމްޑީޕީން ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ހިންގަނީ "ރިވެތި" ކެމްޕޭނެއް ނޫން ކަމަށެވެ.

"ހަމައެއާއެކު އަޅުގަނޑުމެންގެ ޖަގަހަ ކުރިމަތީގައި ދަމާފައި ހުރި ބޭނާތައް ތައްލާލުމުގެ އިތުރުން، 400އެއްހާ ހޮޅިދަނޑި ވައްޓާލައި އެއަށް ގެއްލުންދީފައިވޭ. އަދި ޖަގަހަ ކުރިމަތީގައި ހުރި ދިދަފަތިތަކާއި ޖަގަހަ ކުރިމަތީގައި ތައްޔާރުކޮށްފައި ހުރި ވަރަށް ހާއްސަ މޮނިއުމަންޓެއް ފާހަގައެއް ޖަހާފަ ހުރި، ސުންނާފަތިކޮށް ހަލާކުކޮށްލި. އަޅުގަނޑުމެންގެ އިސް ސަފުގައި މަސައްކަތް ކުރާ 10 ވަރަކަށް ކުދިންނަށް އަނިޔާވެ، ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމުގައި އަޅުގަނޑުމެންގެ ޓީމު ހަރަކާތްތެރިވޭ،" ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައި ސަކީނާ މަންޒިލްގައި ހުޅުވާފައިވާ ތަނުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވިއެވެ.

ކޮލަމާފުށީގައި ބުދަ ދުވަހުގެ ހަވީރު ހިނގި ހަމަނުޖެހުމުގެ ތެރެއިން

ނިހާން އެގޮތަށް ވިދާޅުވިއިރު، ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ ދިދަތަތިތައް ހަލާލުކޮށްލުމުގައި ޕީޕީއެމްގެ އެކްޓިވިސްޓުން އިސްވެ ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ރައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގި މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
ރަސްގެފާނު ވަޑައިގަންނަވާތީ ޖެޓީތައް ވެސް ބަންދު

ރަސްގެފާނު ވަޑައިގަންނަވާތީ ޖެޓީތައް ވެސް ބަންދު

16 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު