Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މިދަތުރު ނިންމާލާނީ އިންސާފު ކަށަވަރުކޮށްދީފަ: ފައިސަލް

21 އޯގަސްޓު 2018 | އަންގާރަ 20:14

ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 21 އޯގަސްޓު 2018 | އަންގާރަ 20:14
ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ފަށާފައިވާ ދަތުރު ނިންމާލާނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްފަހުގައިކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށު، ހަދުވަލި ދަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރިވަނީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލް ކޮށް، ސަރުކާރުގެ އިސްވެރިންގެ އަމިއްލަ މަންފާ ހާސިލް ކުރައްވަން ކަމަށެވެ. ރައީސް މައުމޫނަން ޖަލު ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނަން އާއިލާއި އެކު އުފަލުގައި ދިރިއުޅެއްވޭނެ ގޮތް ހައްދަވާ ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ވޭތެދިޔަ ދުވަސްތަކުގައި ކެމްޕެއިން ދަތުރުފުޅުގައި ޖުމްލަ 54 ރަށަކަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ދަތުރުތަކުން ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކަމަށެވެ.

އިންސާފު ހޯދާ ދިނުމަށް ދިވެހި ރައްޔިތުން އެދި ގޮވާއިރު، ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރާނީ އެކި ގޮތްތޮތުން ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލަން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން ރައްޔިތުންގެ މަޖިލީހަށް ނަޒަރު ހިންގާލިއަސް ހާމަވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުންނަށް އެ މެމްބަރުންގެ ދާއިރާތަށް ތަމްސީލް ނުކުރެއްވުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަން ކުރައްވާ މަސައްކަތެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާއި ބިރުދައްކާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ގޮންޖެހުންތަކާއި އެކު އަމިއްލަ ނިންމެވުން ނިންމަވަން އެދޭ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތަށް ތާއިދުކޮށްގެން ވަޒީފާ ގެއްލިއްޖެ މުވައްޒިފަކަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ވަޒީފާ ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިންކަމުގައި ވިއަސް، އެ ދަރަޖަ ދީފާވަނީ ނަމެއްގައި ކަމަށެވެ. ސިޓީއަކުން ލިބެންޖެހޭ ޙިދުމަތްތަށް ފުވައްމުލަކު ރައްޔިތުންނަން ނުލިބޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ހައްލުކުރައްވާނެ ކަމަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން ސިޓީއަކުން ލިބެންޖެހޭ ޙިދުމަތް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުނާޑު އަވަށު ހަދުވަލި ދަނޑުގައި ބޭއްވި ޖަލްސާގައި އެ ސިޓީގެ އަށް އަވަށުގެ ގިނަ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު

27 ފެބުރުއަރީ 2017
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް