Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ވެށި ފަހި މާލެ ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނަން: އިބޫ

އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އަލުން ރިވިއު ކުރުމަށް ފަހު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2018 | ބުދަ 13:51
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ވެށި ފަހި މާލޭ ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ހަވީރު ގަލޮޅު ދެކުނުގައި އިބޫ ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ކެމްޕެއިން ނިންމާލެއްވުމަށް ފަހު އެމަނިކުފާން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރަށްވެހިންގެ ކަންބޮޑުވުމެއްގެ ތެރެއިން އެއް ކަންބޮޑުވުން ކަމަށެވެ. އެކަން މާލޭގެ ކޮންމެ ހިސާބެއްގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާއިރު އެނގިގެންދާ ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމް ރިވިއު ކުރުމަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގުޅިފައިވާ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މިކަމަށް ހައްލެއް ގެނެއުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީފަ އޮންނާނެ. އެނގިވަޑައިގަންނަވާނެ ކުރީގަ ވެސް އެމްޑީޕީގެ ވެރިކަމުގައި މިކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން، މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން، ގޮތްތަކެއް ހޯއްދާދެވޭތޯ އަޅުގަނޑުމެން ބަލާފަ އޮންނާނެ. އެ ޕްރޮގްރާމް އަނެންކާވެސް އިތުރަށް ރިވިއުކޮށް، އިތުރު ފަސޭހަތަކާއި އެކީގައި މާލޭގެ ރަށްވެހިންނަން ހާއްސަކޮށް، އަދި ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަންވެސް ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަގޮ ތްތަކެއް އިރާދަކުރެއްވިޔާ، އަޅުގަނޑުމެން ހޯދާއިދޭނަން،" އިބޫ ވިދާޅުވިއެވެ.

ގަލޮޅު ދެކުނުދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާ ދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ ސަމާލު ކަމެއް ދީގެން ކުރިއަށް ގެންދާނެކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ މާލޭގެ ބައެއް ގެތަކުގައި ދެމަފިރިންނާއި އެކީގައި ހަތަރު ދަރިން ފަސްދަރިން އެއްކޮޓަރިއެއްގައި ދިރިއުޅެމުންދާ ކަމަށެވެ. އެހެންކަމުން މާލޭގެ ރަށްވެހިންނަން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައި ދެއްވުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނެންކާވެސް މިއަދު ގަލޮޅުގެ ބައެއް ގޭގެއަށް މި ޒިޔާރަތްކޮށްލީ، ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް އެ ގޭގޭގައި އުޅޭ ރައްޔިތުންނާއި ބައްދަލުކޮށް، ކަންތަށްތަށް ހުރިގޮތް މި ބަލާލީ، މި ސަރަހައްދުގައި ވެސް މި އަވަށުގައި ވެސް ގެދޮރުގެ ދަތިތަކަން ހުރީ އިންތިހާއަށް ގޯސްކޮށްށޭ އަޅުގަނޑު ދަންނަވާނީ، މާލޭގައި މިހެން ހިނގާލީމަ މި ފެންނަނީ މާލޭގެ ކޮންމެ ހިސާބެއްގައި ވެސް، އެ ކަންބޮޑުވުން މި އޮތީ، ކޮންމެ ގެއަކުންވެސް ހަމަ، އިހްސާސްކުރެވެނީ ހަމަ ވަރަށް ވަރަށް ދެރަކޮށް ގޭގެ ކަންތަށްތަށް ހުރިތަން، ގިނަ ގޭގޭގައި އީނގެތޯ، ބައެއް ގޭގޭގައި ކޮޓަރިއެއްގައި އާއިލާއާއި އެކީގައި ދެމަފިރިންނާއި އެކީގައި، ހަތަރު ދަރިން ފަސް ދަރިން އެކީގައި އުޅޭ ގޭގެ އަބަހުރި، މިއީ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި ފެންނަނީ" އިބޫ ވިދާޅުވިއެވެ.

ގަލޮޅު ދެކުނުދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

ގަލޮޅު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން އެމަނިކުފާނާ އާންމު ރައްޔިތުންނާ ބައްދަލުވުމުން ރައްޔިތުންގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމައެވެ. ހާއްސަކޮށް އެމަކުފާން ހިންގަވާފައި ބައެއް ގޭގައަށް ވަޑައިގަންނަވާއިރު، މަގުމަތިން ދިމާވާ މީހުނަން ވެސް ހާއްސަ ސަމާލު ކަމެއް ދީގެން ވަގުތު ދެއްވާކަން ފާހަގަކޮށްލެއެވެ. އެގޮތުން ގަލޮޅު ކަންމައްޗަށް އެމަނިކުފާން ވަޑައިގެން އެ ސަރަހައްދުގައި ރާޒުވާ ކުޅެން ތިބި އުމުރުން ދުވަސްވީ މީހަކާ އެކީ ރާޒުވާ ކުޅެން ވެސް ވަގުތު ވަނީ ހޭދަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު