Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާ ކުރުން

2 މިލިއަން ރުފިޔާގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ރާއްޖެ ޓީވީން ކަންބޮޑުވުން ފާޅުކޮށްފި

15 އޯގަސްޓު 2018 | ބުދަ 13:53

ރާއްޖެ ޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގައި ކޮމިޝަނުން އަމަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ފާހަގަކުރެވިފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 15 އޯގަސްޓު 2018 | ބުދަ 13:53
އަބުރުފުޅު ފަންޑަށް މީހުން އެހީވަނީ

އަބުރުފުޅު ފަންޑަށް މީހުން އެހީވަނީ

އިންސާފުން އެއްކިބާވެ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ދެެއްކުން މަޑުޖައްސާލުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން ރާއްޖެ ޓީވީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެ ޓީވީއިން ބުދަ ދުވަހުގެ ނެރުނު ބަޔާނެއްގައި ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގައި އެކޮމިޝަނުން އަމަލުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ކަމަށެވެ. އެހެންކަމުން އެކަމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ނަގާ ވަގުތަކީވެސް ޖޫރިމަނާގެ މުއްދަތުގެ ގޮތުގައި ގުނޭ މުއްދަތަށްވާތީ އެކަމުން ސްޓޭޝަނަށް އިތުރު ގެއްލުންތަކެއް ލިބެމުންދާތީ މިމައްސަލަ އިތުރަށް ބަލައި ނިމެންދެން ޖޫރިމަނާ ދެއްކުން ލަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމަކީ ސްޓޭޝަނުން ކަންބޮޑުވާ ކަމެއްކަމަށެވެެ.

Advertisement - newsAdvertisement

މި މައްސަލަ ސިވިލް ކޯޓްގެ ރަޖިސްޓްރާ ބަލައި ނުގަނެ، ބޭރުކޮށްލާފައި ވަނީ އަބުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއެއްގެ މައްސަލަ އިސްތިއުނާފު ކުރެވޭނީ، ޖޫރިމަނާ ދެއްކުމަށް ފަހު ކަމަށް އެ ގާނޫނުގައި ބުނެފައިވާ މާއްސާއާ ހަވާލާ ދީފަ އެވެ.

ނަމަވެސް، ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވަނީ އެމައްސަލައަކީ ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގައި ބުނާ ޖޫރިމަނާ އިސްތިއުނާފުކުރުން ނޫންކަމަށާއި، އެއީ މައްސަލަ ބަލައިފައިވާ ގޮތުން މައްސަލަ އިންސާފުވެރިކަމާއިއެކު ބެލޭނެ ފުރުސަތެއް ތަަނަސްވޭތޯ އާއި، އެފަދަ ގޮތަކަށް މައްސަލަ ބެލެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހޯދުމަށް ހުށަހެޅި މައްސަލައެއްކަމަށެވެ.

ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވަނީ އެ ސްޓޭޝަނުން ޤާނޫނަކާއި ނުވަތަ ޤަވާޢިދަކާއި ޚިލާފުވެފައިވިނަމަ، އެޚިލާފުވި ގޮތެއް ސާފުކޮށްދިނުމަށް އެދެމުންދަނިކޮށް، ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަ ނުކޮށް، ސްޓޭޝަނަށް ލިބިދޭން ޖެހޭ ހައްޤުތައް ލިބިނުދީކަމަށް ސްޓޭޝަނުން ބުނާ ބުނުން ވަނީ ތަކުރާރުކޮށްފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ މައްސަލައާއި ގުޅޭ ކޮންޓެންޓް ދައްކާފައިވާކަމަށް ރާއްޖެޓީވީއިން އިންކާރުކޮށްފައި ނުވާތީއާއި، ސްޓޭޝަނާއި ދެކޮޅަށް ބެލުނު މައްސަލަ ސާފުކޮށްދިނުމަށް އެދެމުންދިޔައީ މައްސަލަ ސާބިތުވެއްޖެނަމަ އަޅާފާނެ ފިޔަވަޅަކުން ބަރީޢަވުމަށް ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިންކަމަށް ބެލެވިގެންކަމަށާއި، މައްސަލަ ނިންމާފައިވަނީ ކޮމިޝަނަށް ލިބުނު މައުލޫމާތެއްގެ މައްޗަށްކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

"ރާއްޖެ ޓީވީއަށް ގެއްލުން ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގަމުންދާ އެޖެންޑާގެ ދަށުން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން ދަނީ އިންސާފު ހޯދުމަށް ރާއްޖެ ޓީވީއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އެ ކޮމިޝަނުގައި ތިބި މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ،" ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.

ކޮމިޝަންގެ އެފަދަ އަމަލުތަކަކީ ބިރު ދެއްކުމާއި މިނިވަން ނޫސްވެރިކަން ހަލާކުކޮށް ކުރިއަށް އޮތް ރިޔާސީ އިންތީޚާބާ ބެހޭ ގޮތުން ހަގީގީ މައުލޫމާތު ރައްޔިތުންނަށް ލިބެން އޮތް މަގަކީ ރާއްޖެ ޓީވީކަމުގައި ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުރާތީ، އިންތިހާބުގެ ކުރިން ރާއްޖެ ޓީވީ ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެއީ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ދިނުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ރާއްޖެ ޓީވީން ސިފަކުރެ އެވެ.

މީގެ ކުރިން ރާއްޖެ ޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މިހާރުކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އެ ޖޫރިމަނާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ވަނީ އަބުރުފުޅު ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް