Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިހާދޫ ޓިވެކް

ކޯސްޓްލައިން ފައުންޑޭޝަނުން ތަރައްގީ ކުރި ރާއްޖޭގެ އެންމެ ބޮޑު ޓިވެޓް ސެންޓަރ ކިހާދޫގައި ހުޅުވައިފި

50 ކުދިން ދަނީ އެ ސެންޓަރުން ކިޔަވަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2018 | ބުރާސްފަތި 20:54
ކިހާދޫގައި ހުޅުވި ޓެކްނިކަލް އެންޑް ވޮކޭޝަން ސެންޓަރ (ޓިވެކް)

ކިހާދޫގައި ހުޅުވި ޓެކްނިކަލް އެންޑް ވޮކޭޝަން ސެންޓަރ (ޓިވެކް)

ކޯސްޓްލައިން ފައުންޑޭޝަނުން އިސްނަގައިގެން ރާއްޖޭގައި ތަރައްގީ ކުރި އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަން ސެންޓަރ (ޓިވެކް) ހުޅުވައިފިއެވެ.

ބ. ކިހާދޫގައި ތަރައްގީ ކުރެވިފައިވާ މި ވޮކޭޝަނަލް ސެންޓުގައި 12 އަތޮޅެއްގެ 31 ރަށަކުން 50 ކުއްޖެއް އަންނަނީ އެކި ދާއިރާތަކުން ވޮކޭޝަން ތައުލީމު އެ ސަންޓަރުން ހާސިލު ކުރަމުންނެވެ.

Advertisement - newsAdvertisement

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމު ވިދާޅުވީ، ޒުވާނުންނަކީ އިގްތިސާދު ކުރިއަށްގެންދިއުމަށް ބޭނުންވާ ހަކަތަ ކަމުގައިވާ އިރު ޒުވާނުން ވާންޖެހޭނީ ހުނަރުވެރި، ވަތަނީ ރޫހުހުރި ކެރޭ ބަޔަކަށް ކަމަށެވެ. އަދި ޒުވާނުންނަކީ ހީވާގި ބަޔަކަށް ހެދުމައްޓަކާވެސް ވަޒީފާއަދާ ކުރާ އިރު ތަމްރީނުގެ ފުރުސަތުތައް ހުންނަންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބ .އަތޮޅަކީ ރާއްޖޭގައި ހިންގަމުންދާ އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް ހިންގަމުންދާ އަތޮޅު. މީގެ އިތުރުން ބ އަތޮޅުގެ ބަޔޮސްފިއަރ ރިޒާވާއެކު ފަތުރުވެރިންނާއި އިންވެސްޓަރުންގެ ހާއްސަ ޝައުގުވެރިކަމެއް ވަނީ ލިބިފައި. މި ބޮޑު އިންވެސްޓްމެންޓްތަކާ އެކު އެތަށް ހާސް ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ. އިންވެސްޓަރުންނާއި ރިސޯޓުތައް ހިންގާފަރާތްތަކެއްގެ ކަންބޮޑުވުމަކަށްވެފައިވަނީ މިހާރުވެސް އުފެއްދިފައިވާ ވަޒީފާތަކަށް ބޭނުންވާ ފަންނުވެރި ޒުވާނުން ލިބުމުގެ ދަތިކަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯސްޓްލައިނު ފައުންޑޭޝަނުން އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށް މި ފެށި މަސައްކަތަކީ ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން އިތުރު ކުރުމަށް އެޅިގެންދިޔަ މުހިއްމު ބިންގަލެއް ކަމަށެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަން ސެންޓަރާއި ގުޅޭގޮތުން އެ ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު ނަޒީފު ވިދާޅުވީ، މިއީ ޒުވާނުންނަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ފަސޭހަކަމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވިފައިވާ ސެންޓަރެއް ކަމަށެވެ. އަދި މިދާއިރާއަށް ނުކުންނަ ކުދިންނަކީ އަދާ ކުރާ ވަޒީފާއަށް ހުނަރުވެރި ކުރަންޖެހޭ ކަންކަން ދަންނަ ކުދިންނަށް ހެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސެންޓަރުގައި މިހާރު ކުރިއަށްދަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ. ކޯސްތަކަށް 18 މަސް ދުވަސް ނަގާ އިރު އިންޖީނު މަރާމާތު ކުރުމުގެ ކޯހަކާއި އިލެކްޓްރިކް ޕްރޮގްރާމައި ޕްލަބިންގ ކޯހެއްގެ އިތުރުން ރެފްރިޖިރޭޝަން އާއި އެއަރކޮންޑިޝަނިންގ ޕްރޮގްރާމެއް ހިމެނެއެވެ.

"މިތަނުން ކިޔަވާ ކުދިންނަށް ވަޒީފާގެ ތަޖުރިބާ ހޯދުމަށް ފުރުސަތު ލިބޭނެ. މިހާރު ކިޔަވަމުންދާ ކުދިންނަށް އޮކްޓޫބަރު 30 ހިސާބުގައި ގްރެޖުއޭޝަން އޮންނާނެ. މިކޯހުގައި ބައިވެރިވާ ކުދިން ސްޕޮންސަރ ކޮށްފައިވަނީ ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން، ހުރިހާ ކުދިންވެސް." ނަޒީފް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި ކޯސްތައް އަމާޒު ކުރަނީ މަދަރުސީ ތައުލީމުގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް ކަމަށާއި މިފަދަ މަސައްކަތް ކުރާ، ވަޒީފާގެ މާހައުލުގައި އުޅުނު ނަމަވެސް ސެޓްފިކެޓް ނެތް ފަރާތްތަކަށް ކަމަށެވެ.

ގާތްގަނޑަކަށް އާބާދީގައި 400 މީހުން ދިރިއުޅޭ ކިހާދޫގައި ގާއިމް ކުރެވިފައިވާ ޓެކްނިކަލް އަދި ވޮކޭޝަން ސެންޓަރުގައި ގާތްގަނޑަކަށް 50 ވަރަކަށް މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އިރު އޭގެ ތެރެއިންވެސް ގިނަ ވަޒީފާތަކުގައި އުޅެނީ އެރަށުގެ ފަރާތްތަކެވެ. އެ ސެންޓަރުގައި ކިޔަވާ ކުދިންނަށް އެކޮމޮޑޭޝަން ބްލޮކެއް ގާއިމް ކުރެވިފައިވާ އިރު އެކުދިންގެ ކެއުމާ އެނޫން ހުރިހާ ކަމެއްވެސް ހަމަޖައްސައިދެނީ އެސެންޓަރުންނެވެ. ދެ ލައްކައަށް އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިމެއްގައި މި ސެންޓަރު ގާއިމް ކުރެވިފައިވާ އިރު ކޯސްޓްލައިންގެ އަމާޒަކީ އެ ސެންޓަރުން 200 ކުދިންނަށް ކިޔެވުމުގެ އިންތިޒާމު ހަމަޖެއްސައިދިނުމެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު