Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

މަރުގެ ބޮޑު މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ގޭ ބަންދަށް ބަދަލު ކުރަން އަމުރުކޮށްފި

7 އޯގަސްޓު 2018 | އަންގާރަ 10:28

އަމުރު ކުރެއްވީ ގާޒީ ނަޖީބު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 އޯގަސްޓު 2018 | އަންގާރަ 10:28
ސެޕްޓެމްބަރު 29، 2017،ގައި ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު: ދޫކޮށްލާފައި ވަނީ އޭނާގެ މަރުގެ މައްސަލާގައި ހިމެނޭ މީހެއް

ސެޕްޓެމްބަރު 29، 2017،ގައި ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު: ދޫކޮށްލާފައި ވަނީ އޭނާގެ މަރުގެ މައްސަލާގައި ހިމެނޭ މީހެއް

ގިނަ އަދަދެއްގެ ސިއްރު ހެކިން ހިމެނޭ ބޮޑު މަރުގެ މައްސަލައެއްގެ ދައުވާ ލިބޭ ޏ. ފުވައްމުލައް، ހިލްޓަން ޔާމިން ރަޝީދު ގޭ ބަންދަށް ބަދަލު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮޮށްފިއެވެ.

އޭނާ ގޭ ބަންދަށް ބަދަލު ކުރަން އަމުރު ކުރީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބެވެ. މިއަހަރުގެ އެޕްރީލް މަހު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވި ގާޒީ ނަޖީބު ވަނީ ފުވައްމުލަކުގައި ހިންގި ބޮޑު މާރާމާރީއަކާ ގުޅިގެން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 12 ޒުވާނަކު މިއަހަރުގެ މެއި މަހު ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށްލުމަށް ހުކުމްވެސް ކުރެއްވި ގާޒީ ނަޖީބު، ގޭ ބަންދަށް ދޫކުރި ޔާމިން ރަޝީދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު މަރާލިކަމުގެ ދައުވާ ލިބޭ ޒުވާނެކެވެ.

ޔާމީން ރަޝީދު ދޫކޮށްލަން ކްރިމިނަލް އަމުރު ކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި، ދިފާއީ ވަކީލު ފާހަގަ ކުރެއްވި ކަންތައްތަކާ ގުޅިގެންނެވެ. އޭނާގެ ވަކީލު ވިދާޅުވީ 2015 ވަނަ އަހަރު ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު އަނިޔާތަކުގައި "ގޮހޮރު ތޮރުފިފައިވާ" ކަމަށާއި ވާތް ފަރާތު ކީޑްނީއަށާއި ޕެންކްރިއަސްއަށް ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޔާމިންއަށް ފަރުވާ ދޭން ޖެހުނު ކަމަށާއި ނަމަވެސް އެކަމުގެ ވޭން އަދިވެސް އޭނާ ތަހަންމަލް ކުރަމުންދާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ރައްދުގައި އޭނާގެ ހާލު ރަނގަޅު ކަމަށް ފާހަގަކޮށް، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު ވިދާޅުވީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ވަކި ކަހަލަ މާހައުލެއްގައި ޔާމީން ރަޝީދު ދިރިއުޅެން ޑޮކްޓަރުން ލަފާދީފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ގިނަ އަދަދެއްގެ ސިއްރު ހެކިން ހިމެނޭ ބޮޑު މައްސަލައަކަށް ވާއިރު ޔާމިން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރާފާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މަރުގެ ދައުވާ ލިބޭ ޔާމީން ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުއަށް ނުރައްކާ ވެދާނެ ކަމަށް ވެސް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ނަޖީބު ނިންމެވީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމިން ގޭބަންދަށް ދޫކޮށްލުމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް