Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޮނާލީ ބެންޑްރޭ

ކެންސަރު ޖެހިފައިވާ ސޮނާލީ ބޯ ބާލައިފި

ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އޯގަސްޓު 2018 | އާދީއްތަ 12:04
ސޮނާލީ ބެންޑްރޭ ބޯ ބާލާފައި. ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ

ސޮނާލީ ބެންޑްރޭ ބޯ ބާލާފައި. ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ

ކެންސަރާއި ހަނގުރާމަ ކުރަމުންދާ ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ ބޯބާލައިފިއެވެ.

ސޮނާލީގެ އިންސްޓަގްރާމުގައި ދެ ރައްޓެހިންނާއެކީގައި ނަގާފައިވާ ޕޯސްޓެއް ވަނީ އާންމު ކޮށްފައެވެ. އެ ފޮޓޯގައި ސޮނާލީ އިނީ ބޯބާލާފައެވެ .އެޕޯސްޓުގައި އޭނާ ބުނެފައިވަނީ ކޮންމެ ކަމަކަށްވެސް މިހާރު ސަމާލު ކަން ދޭކަމަށާއި ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ގަޔާވެގެން ކަމަށްވެ. އަދި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ބައެއް ފަހަރު ހިތާމައާއި މާޔޫސްވާ ފަހަރު އަންނާނެކަމަށާއި އޭނާ ލޯބިވާ ރައްޓެހިނާއެކު ވަގުތު ހޭދަކުރަމުން ދާކަމަށް ސޮނާލީގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި އޭނާއަށް އެކަނިވެރިކަން އިހުސާސް ނުކޮށްދީ ރައްޓެހިން އޭނާއަށް ވެދޭ އެހީތަކަށް ޝުކުރު އަދާކުރާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީ ކެންސަރަށް ފަރުވާ ހޯދަމުންދަނީ އެމެރިކާގެ ނިއުޔޯކުންނެވެ. އުމުރުން 43 އަހަރުގެ ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރއެވެ.

ސޮނާލީ ބޮލީވުޑަށް ތައާރަފްވެފައިވަނީ 1994 ވަނަ އަހަރު ނިކުތް އާގް އިންނެވެ. އޭނާއަށް ވަނީ 12 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައެވެ. ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް އޭނާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި ހަމް ސާތު ސާތު ހޭ،ސަރްފަރޯޝް، ދިލްޖަލޭ،ތަޒާރު، އައެ ދިވާނޭ ދިލް އަދި ކީމަތް ހިމެނެއެވެ.

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2018

ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި

04 އޮކްޓޯބަރު 2018
ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި
23 އޯގަސްޓު 2018

ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އަމީތާބް އެހީވެއްޖެ

23 އޯގަސްޓު 2018
ކެރެލާގައި ހާލުގައި ޖެހިފައިވާ މީހުނަށް އަމީތާބް އެހީވެއްޖެ
03 އޯގަސްޓު 2018

ސޮނާލީގެ ސިއްހީ ހާލަތު އޭނާގެ ފިރިމީހާ ހާމަކޮށްފި

03 އޯގަސްޓު 2018
ސޮނާލީގެ ސިއްހީ ހާލަތު އޭނާގެ ފިރިމީހާ ހާމަކޮށްފި
07 ޖުލައި 2018

ސޮނާލީ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ތަރިންނަށް ޝުކުރު އަދާކޮށްފި

07 ޖުލައި 2018
ސޮނާލީ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ތަރިންނަށް ޝުކުރު އަދާކޮށްފި
04 ޖުލައި 2018

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު