Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ބިލުތަކަށް ބަދަލު ގެނައުމާ ގޫޅޭ އިސްލާހެއް ހުށަހަޅައިފި

1 އޯގަސްޓު 2018 | ބުދަ 07:03

އެ އިސްލާހު މަޖިލީހަށް ހުށަހެޅީ އާންމު ކޮމެޓީން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 1 އޯގަސްޓު 2018 | ބުދަ 07:03
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބިލުތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ މާއްދާއަކަށް ބަދަލު ގެނައުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ އާންމު ކޮމެޓީން އިސްލާހު ހުށަހަޅާފައި ވަނީ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާ، ބިލެއް އިތުރަށް އިސްލާހު ކުރުމާ ގުޅޭ ގޮތުން ބަޔާންކުރާ މާއްދާއަށް ބަދަލު ގެނައުމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިތުރަށް ބިލަށް ގެންނަންޖެހޭ ބަދަލަކީ ލިޔުމުގެ ކުށެއް ނަމަ، ނުވަތަ ބަލަންވީ ވަރަށް ނުބެލުމުގެ ސަބަބުން އުނިވެފައިވާ ކަމެއް ރަނގަޅު ކުރުން ކަމަށްވާ ނަމަ، ކޮމެޓީއަކަށް ފޮނުވުމުގެ ބަދަލުގައި މަޖިލީހުގައި އެކަމެއް އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް ވެސް މަޖިލީހުގައި ރަނގަޅު ކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު އަމަލު ކުރަމުންދާ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގައި ބުނެފައި ވަނީ އެފަދަ ކަމެއް ކުރަން ޖެހޭނީ ބިލުގެ ތިން ވަނަ ކިޔުން މަޖިލީހަށް އިއްވުމުގެ ކުރިން ކަމަށެވެ. ތިން ވަނަ ކިޔުން އިއްވާނީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބިލަށް ބަހުސްކޮށް ނިންމުމުންނެވެ. ތިން ވަނަ ކިޔުން ރިޔާސަތުން އިއްވާނީ ބިލެއް މަޖިލީހުން ފާސްކުރަން ވޯޓަށް އެހުމުގެ ކުރިންނެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އާންމު ކޮމެޓީން ފާސްކުރި އިސްލާހުގައި ތިން ވަނަ ކިޔުމުގެ ކުރިން، ބިލަށް ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ބުނާ ބައި ވަނީ އުނިކޮށްފައެވެ. އެ ބައި އުނިކުރި ސަބަބެއް ޕީޕީއެމަކުން ހާމައެއް ނުކުރެއެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު މުގައްރަރުކަން ކުރައްވާ އެ ކޮމެޓީން އެ އިސްލާހު ހުށަހަޅައި ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައެވެ. އެ އިސްލާހު ފާސްކުރުމަށް ބުދަ ދުވަހު ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ޕީޕީއެމުން ބޭނުންވެގެން، މަޖިލީހުގެ ގަވާއިދަށް އާ އިސްލާހުތަކެއް ހުށަހަޅާފައި ވަނީ ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ބިލެއް ހުށަހެޅުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަ ފެންމަތިވުމުގެ ރިޝްވަތުގެ ކުށް ހިމަނައިގެން އާ ބިލެއް މަޖިލީހަށް ވަނީ ވައްދާފައެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ އެއް ގާނޫނަކަށް ހުށަހެޅީ އެ ދެ ބިލު ފާސްވެގެންދާނީ އެއް ބިލެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ބިލުތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ މާއްދާއަކަށް ބަދަލު ގެނައުމަށް އިސްލާހެއް ގެނައުމަށް ނިންމާފައި މި ވަނީ މި ކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް