Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޭރެންސީ

ރިޝްވަތު ހުށެހެޅުމުގެ ކުށް އުވާލަނީ އެފަދަ އަމަލުތައް ހިންގުމަށް މަގުފަހިކުރުމަށް: ޓްރާންސްޕޭރެންސީ

31 ޖުލައި 2018 | އަންގާރަ 15:04

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 31 ޖުލައި 2018 | އަންގާރަ 15:04
ޓްރާންސްޕޭރެންސީން ބޭއްވި ޕެނަލްއެއް

ޓްރާންސްޕޭރެންސީން ބޭއްވި ޕެނަލްއެއް

ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމާއި ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ހުށެހެޅުމުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލަން ހުށަހެޅި ހުށަހެޅުމަކީ ކޮރަޕްޝަންގެ އަމަލު ހިންގުމަށް މަގުފަހި ކޮށްދީ އެފަދަ އަމަލުތައް ކުރާ ކުށްވެރިން ހިމާޔަތްކޮށްދޭން އެހީވެދޭނެ ފިޔަވަޅެއްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަންގާރަ ދުވަހު ބުނެފިއެވެ.

ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ފަރާތުން ބިލް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ.

Advertisement - newsAdvertisement

މި މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މިހާރުވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމައި، ފާސްކުރުމަށް ތަޅުމަށް ފޮނުވާފައެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުގައި ބަޔާން ކުރާ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ މާއްދާއަކަށް ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ ގޮތުން ބަޔާން ކުރާ މާއްދާއަކީ 510 ވަނަ މާއްދާއެވެ. ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް އެ މާއްދާ ހަދައިފިނަމަ، ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދާނެއެވެ.

"ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމާ ދިނުން ގާނޫނުލް އުގޫބާތުން އުނި ކުރުމުގެ ނަތީޖާއަކީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމާ ހިފުން ކުށަކަށް ނުވުން" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ރިޝްވަތު ދިނުމާއި ހިފުމުގެ ކުށް ކަނޑައެޅުމުގެ މާއްދާކަމަށްވާއިރު އެ މާއްދާގެ އަސްލު ގެއްލޭ ގޮތަށް ގާނޫނުލް އުގޫބާތައް ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ކަޑައެޅުމުން، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމާއި ދިނުމުގެ އަމަލަކީ ގާނޫނުލް އުގޫބާތުގައި ޖިނާއީ ކުށެއްގެ ގޮތުގައި ނުބެލެވޭނެކަމަށެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލުމަށް ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ރާއްޖެއެމްވީއަށް ވިދާޅުވީ އެ ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި، އެ ބިލުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މަޑުޖައްސާލާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 މާރިޗު 2017

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި

22 މާރިޗު 2017
ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް