Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

ރީރަޖިސްޓްރީ ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާތީ ވިމެން އެންޑް ޑިމޮކްރަސީން ކަންބޮޑުވުންފާޅު ކޮށްފި

ރީރަޖިސްޓްރީ ކުރިތަން ނޫން އެހެން ތަނަކަށް ވޯޓުލާންޖެހުމުގެ މައްސަލަ ވަނީ ފެންމަތިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 ޖުލައި 2018 | އަންގާރަ 11:05
ވިމެން އެންޑް ޑިމޮކްރަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވިމެން އެންޑް ޑިމޮކްރަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރާތަނުން ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރަމުންދާތީ ވިމެން އެންޑް ޑިމޮކްރަސީ އިން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އެކުލަވާލި ޚާއްސަ ކޮމެޓީން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ވިމަން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި ޚާއްސަ ނޫސްވެރިން ބައްދަލުވުމެއްގައިއެޖަމިއްޔާގެ ރައީސް ޝަފާތު އަހުމަދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި ވުޒާރަތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީރަޖިސްޓްރީ ކުރާ ޚަބަރުތައް ލިބިފައިވާ ކަމަށާއި، އެމުވައްޒަފުން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝަފާތު ވިދާޅުވީ އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ރީރަޖިސްޓްރީ ކުރުވައިގެން ނުވާނެ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރީރަޖިސްޓްރީ ކުރުމާއި ވޯޓުލާން ދިއުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި، އެމީހަކު ރީރަޖިސްޓްރީ ކުރަން ބޭނުންވާ ތަނެއް އެނގޭނީ އެމީހަކަށް ކަމަށެވެ.

މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވާ ފޯމުތަކުގެ މައްސަލަތައް ދިމާވެފައިވާކަން ފާހަގަކުރައްވައި ޝަފާތު ވިދާޅުވީ ރީރަޖިސްޓްރީ ކުރިތަން ނޫން އެހެންދިމާލަށް ވޯޓުލާންދާން ޖެހުމާއި އެކަކު ދެތަނަށް ވޯޓުލެވޭ ގޮތަށް ވެސް ރީރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

"އެއީ ގަދަބާރުން ކުރުވައިގެން ވާނެ ކަމެއްނޫން. އަދި ގަދަބާރުން އެކަން ކުރުވަންޏާ އަޅުގަނޑުމެން ނުޖެހޭ އެކަމަކަށް ތަބާވާކަށް. ރީރަޖިސްޓްރީ ކުރާތަންނޫން އެހެން ތަނަކަށް ރީރަޖިސްޓްރީ ކޮށްފައި. މިކަހަލަ ޚަބަރުތައް ލިބޭ. ދެފަހަރު ރީރަޖިސްޓްރީ. ދެލޮކޭޝަންއަކަށް އެކަކު ރަޖިސްޓްރީކޮށްފައި ވެސް އެބައިން. މިފަދަ ކަންކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން" ޝަފާތު ވިދާޅުވިއެވެ.

ވިމެން އެންޑް ޑިމޮކްރަސީގެ ޗީފް އޮޕަރޭޓިން އޮފިސަރ އައިޝަތު ޝީޒާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މިނިސްޓަރުން ހާއްސަ ޓީމްތައް ހަދައިގެން މިނިސްޓަރުންގެ ބެލުމުގެ ދަށުން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ރީރަޖިސްޓްރީ ކުރާ ފޯމްތައް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެއްގެ އަނބިކަބަލުންގެ ކެންޕޭން ވަޑައިގެން ދައްކަވާފައިހުރި ވާހަކަތަކުގެ ވީޑިއޯއެއް އާންމުވެފައިވާކަން ފާހަގަކުރައްވައި ޝީޒާ ވިދާޅުވީ އެވީޑިއޯ އިން އެކަނި ވެސް މިއިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތައް ހާމަވެގެންދާ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނަށް އެފޯމްތައް ދިއުމުގެ ބަދަލުގައި އެފޯމްތައް އެހެން އޮފީހަކަށް އެހެން ކެންޑިޑޭޓެއްގެ އަނބިކަނބަލެއްގެ އަތަށް ދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. އެއީ ޕްރޮސެސްގެ ފެއާރނަސް ވަރަށް ބޮޑަށް ގެއްލިގެންދާ ކަމެއް. އަދި މިކަމަށް އެބޭފުޅުންގެ ނުފޫޒު ވަރަށް ބޮޑަށް އޮތްކަން ހާމަވެގެންދާ ކަމެއް." ޝީޒާ ވިދާޅުވިއެވެ.

ޑިމޮކްރަސީއިން ރިޔާސީ އިންތިޚާބު މޮނީޓަރކޮށް އޮބްޒާވް ކުރުމަށް އެކުލަވާލި ކޮމެޓީގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު މިހާރުގެ މާހައުލުން ފެންނަނީ ހުރިހާ ގޮތަކުން ވެސް އިލެކްޝަން ކޮމިޝަނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. މިއިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިލެކްޝަންސްގެ ގާނޫނުގައި އޮތް ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ މިއިންތިޚާބު މިހައި އުނދަގޫ ގޮތަކަށް މިހައި ހަމަނުޖެހޭ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް. އަޅުގަނޑު ދެކޭ ގޮތުގައި މިއިންތިޚާބަކީ ވަރަށް ފުރިހަމަ އިންތިޚާބަކަށް ވާންޖެހޭނެ. އެހެންވީމަ ހުރިހާ ފަރާތަކުން ވެސް އެއްވެސް ފަރާތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުން މަސައްކަތް ކުރުން ހުއްޓާލައްވާ ރައްޔިތުން އެދޭ ފަދަ ތެދުވެރި އިހްލާތެރި ގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކަމާބެހޭ ހުރިހާ މުއައްސާސާތަކުން އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރަން" ނަސީރު ވިދާޅުވިއެވެ.

ވިމެން އެންޑް ޑިމޮކްރަސީން ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ޚާއްސަ ކޮމެޓީން އެކުލަވާލާފައިވާއިރު މިޖަމިއްޔާއަކީ ޑިމޮކްރަސީ ޕްރޮމޯޓް ކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް މިކޮމެޓީއާއެކު މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު