Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބުގެ ކުރިން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ ތާއީދު ހޯއްދަވާ: ފައިސަލް

21 ޖުލައި 2018 | ހޮނިހިރު 17:23

ވަކި ފަރާތަކަށް އިލެކްޝަން ކޮމިޝަން ޖެހިގެނެއް ނުވާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 21 ޖުލައި 2018 | ހޮނިހިރު 17:23
ފައިސަލް ތާއީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން

ފައިސަލް ތާއީދު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން

އިންތިހާބެއް ބޭއްވުމުގެ ކުރިން އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ ތާއީދު ހޯދެއްވުން މުހިންމު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވޯޓު ރީ ރަޖިސްޓްރީ ކުރުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ފަސް މެމްބަރުން ވަކި ފަރާތަކަށް ބުރަވެ ތިބެ އިންތިހާބެއް ބޭއްވުމަކީ ރައްޔިތުން އެދޭކަމެއް ނޫންކަން އެބޭފުޅުންނަން ނޭނގޭ ކަމަށްވާނަމަ އެކަން ހަދާންކޮށްދޭ ކަމަށެވެ. މި ވަގުތު އެންމެ އިސްކަމެއްދީގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތަކީ ވޯޓް ރީ ރަޖިސްޓްރީ ކުރުންކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމުގެ ޙައްގު އިލެކްޝަން ކޮމިޝަނުން ވަނީ ހިފަހައްޓާފަ ކަމަށެވެ.

Advertisement - newsAdvertisement
"ގައުމެއްގައި އިންތިހާބެއް ބޭއްވޭއިރު، އެ އިންތިހާބަކީ ރައްޔިތުންގެ މެދުގައި ބޭއްވިގެންދާ އިންތިހާބެއް، އެ އިންތިހާބު ބޭއްވުމަށްޓަކައި ވަކި ފަރާތަކަށް ނުޖެހޭ އިލެކްޝަން ކޮމިޝަނެން އޮންނަން ޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އަތޮޅުތެރެއަށް ނިސްބަތްވާ ވަރަށް ގިނަ ރައްޔިތުން މާލެ، ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. ރީ ރަޖިސްޓްރީ ނުކުރެވިގެން އެންމެ ވޯޓެއް ވެސް ބީވެގެން ގޮސްގެން ނުވާނެކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ އޯގަސްޓު 11 ގެ ކުރިން ރީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިންމާލަ ދެއްވުމަށް ފައިސަލް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީސް މެމްބަރުންނާއި އެކު ދާއިރާތަކުގެ ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑަށް ތިބޭފުޅުންނާއި އެކު މިކަން ފެށުމުގެ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެއީ އަޅުގަނޑަށް އިތުރަށް ލިބިގެންދިޔަ ހިތްވަރަކާއި އަޒުމެއް ކަމަށް ގަބޫލުކުރާ ހިނދު އެންމެހައި ބޭފުޅުންނަން ޝުކުރު ދަންނަވަން" ފައިސަލް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ހޮނިހިރު ދުވަހު ދޮރުން ދޮރަން ވަޑައިގެން އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުން ރީ ރަޖިސްޓްރީ ކުރުމުގައި ދަނީ ހަރަކާތްތެރިވަމުނެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި 23 ސެޕްޓެމްބަރުގައި ވޯޓުލާނަމަ އޯގަސްޓް 11 ގެ ކުރިން ރީ ރަޖިސްޓްރީ ކުރަންޖެހެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގްމޭޓް ފައިސަލް ވެސް ވަނީ ބައެއް ގެތަކަށް ވަޑައިގެން ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް