Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓުލުމުގެ ޙައްގުން ނިގުޅައިގެންފަ ބާއްވާ އިންތިހާބެއް ގަބޫލެއް ނުކުރާނެ: ފައިސަލް

18 ޖުލައި 2018 | ބުދަ 20:31

ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރި ވަނީ އީސީގެ އޮފިޝަލުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 ޖުލައި 2018 | ބުދަ 20:31
އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް

އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް

ވޯޓުލުމުގެ ޙައްގު ނިގުޅައިގަންނަ ގޮތަށް އިލެކްޝަން ކޮމިޝަނުން އަމަލުތަށް ބަހައްޓައިގެން ބާއްވާ އިންތިހާބެއް ދިވެހި ރައްޔިތުން ގަބޫލުނުކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރިވަނީ އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ކަމަށް ކަނޑައަޅާފައިވާ އޮތް އޮތުމަށް އިޝާރަތް ކުރައްވާ ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ޙައްގު ނިގުޅައިގަންނަން މަސައްކަތްތަކެއް ކުރަމުންދާތަން ފެނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއްކެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަން މިއަދު މި ފެންނަނީ އެ ފާރާތްތަކަށް (ހާއްސައެހީއަށް ބޭނުންވާ މީހުން) ގާނޫނު އަސާސީން ކަނޑައަޅާވާ މި ޙައްގު ގެއްލިގެންދާ މަންޒަރު. މީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން. މިފަދަ ފާރަތްތައް އިޙްތިޔާރު ކުރާ ފާރާތްތަކަށް، އެ ފަރާތުގެ ވޯޓު ލެވޭނެ ގޮތަށް އެއިންތިޒާމް އޮންނަން ޖެހޭނީ ހަމަޖެހިފަ." ފައިސަލް ވިދާޅުވިއެވެ.

ރަނިންގމޭޓަކަށް ފައިސަލް ކަނޑައެޅުމުން މަރުޙަބާ ދަންނަވަނީ -- ފައިލް ފޮޓޯ: ރާއްޖެ.އެމްވީ

ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ވޯޓުލުމަށް މީހެއް އިޙްތިޔާރުކުރާނީ އެމީހެއްގެ އާއިލާއިންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެނޫން ގޮތަކަށް ގާނޫނަކުންވެސް ގަވައިދަކުން ވެސް ނިންމިއަސް އެކަން ގަބޫލުކުރަން އުނދަގޫވެލައްވާނެ ކަމަށެވެ.

"ވަކި ގާނޫނެއް އެކަމަށްޓަކައި ހެދިއަސް، އަޅުގަނޑުމެންނަން ވަރަށް އުނދަގޫ ހަމަގެންނަ ބަދަލަކަށް އެއީ ގާނޫނުއަކޭ ބުނަން އެއީ އުނދަގޫ ކަމެއް، އެހެންކަމުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ މި ގޮތަށް، ގާނޫނު އަސާސީއާއި ފުށުއަރާ ރައްޔިތުން ގަބޫލުނުރާ މިނިވަން އިންސާފުވެރި އިންތިހާބެއް އަޅުގަނޑުމެންނަށް ނުބޭއްވޭނެ ގޮތަކަށް ކުރާ އެންމެހާ ކަންތައްތަކުން ދުރައްޖެހި ރައްޔިތުން އެދޭ ގޮތަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހި ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޭއްވުމަށް" ފައިސަލް ވިދާޅުވިއެވެ.

ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ވޯޓުލުމުގައި އެހީތެރި ވަނީ އީސީގެ އޮފިޝަލުން ކަމަށާއި އެއީ އެހެން ގައުމުތަކުގައި ވެސް އިންތިހާބުތަކުގައި އަމަލުކުރާ ދުނިޔޭގެ އެންމެ ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ބަލައިގެންފައިވާ ގޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިފަދަ ގޮތަކަށް ވޯޓުލުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އެއްވެސް އިތުރު މީހެއްގެ ނުފޫޒެއް ނެތި، ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ވޯޓުލުމުގެ ފުރުސަތު ދިނުމަށް ކަމަށްްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މިކަންކަން ފައިސަލް ސިފަކުރީ މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކުރައްވާ ކަންތައްތަކެއް ކަމަށެވެ. ފައިސަލް ވަނީ ތަކުރާރުކޮށް މިނިވަން އިންފާސުވެރި އިންތިޙާބެއް ބާއްވަދިނުމަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް