Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޖިސް ބޭރުވުން

އިމާދުއްދީން ސުކޫލް ސަރަހައްދުގައި ހުރި ޖަންގްޝަން ފުރި، މުޅި ސަރަހައްދުގައި ނަޖިސް!

މެންދުރުން ފެށިގެން، ޖަންގްޝަނުން ލީކުވާން ފެށިއިރު، އެކަމަށް ހައްލެއް ގެނެސްފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 ޖުލައި 2018 | ބުދަ 13:58
އިމާދުއްދީން ސުކޫލް ސަރަހައްދުގައި ހުރި ޖަންގްޝަން ފުރި ސަރަހައްދަށް ނަޖިސް ލީކުވެފައި

އިމާދުއްދީން ސުކޫލް ސަރަހައްދުގައި ހުރި ޖަންގްޝަން ފުރި ސަރަހައްދަށް ނަޖިސް ލީކުވެފައި

އިމާދުއްދީން ސުކޫލް އިރު، ދެކުނު ފަރާތު ކަންމަތީގައި ހުރި ޖަންގްޝަން ފުރި، މުޅި ސަރަހައްދަށް ނަޖިސްތައް ލީކްވެއްޖެ އެވެ.

ފުރުޤާން މިސްކިތާއި، އިމާދުއްދީން ސުކޫލާއި، ދެމެދުގައި އޮންނަ ގޯޅިއަށްވާ ގޮތަށް ހުންނަ އެ ޖަންގްޝަން ފުރި، މުޅި ސަރަހައްދަށް ނަޖިސްތައް ލީކްވާއިރު، އިމާދުއްދީން ސުކޫލްގެ ދަރިވަރުންް ނިކުތުމަށް ބޭނުންކުރާ ދޮރާށިތަކާއި ހަމައަށް ނަޖިސްތައް ވަނީ ފެތުރިފަ އެވެ. އަދި މުޅި ސަރަހައްދަށް ވަސް ހުރިއިރު، އެކަމާއި ގުޅިގެން އިމާދުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މެންދުރުން ފެށިގެން، ޖަންގްޝަނުން ލީކުންވާ ފެށިއިރު، މުޅި ސަރަހައްދަށް ނަޖިސް ބޭރުވިއިރުވެސް އެކަމަށް ހައްލެއް ގެނެސްފައެއް ނުވެ އެވެ.

އިމާދުއްދީން ސުކޫލް ސަރަހައްދުގައި ހުރި ޖަންގްޝަން ފުރި ސަރަހައްދަށް ނަޖިސް ލީކުވެފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ރާއްޖެ.އެމްވީއާއި ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ، ކުދިން ނެރުމަށް ބޭނުންކުރާ ދޮރާށިތަކާއި ހިސާބަށް ނަޖިސް ލީކުވެފައިވާއިރު، މުޅި ސަރަހައްދުގައި ނަޖިސް ވަސް ހުރި ކަމަށެވެ. އަދި ދަރިވަރުންނަށް އެކަމުގެ ސަބަބުން ސިއްހީ މައްސަލަތަކާއި ކުރިމަތިވެވާނެ ކަމަށް ބެލެނިިވެރިން ބުންޏެވެ.

އިމާދުއްދީން ސުކޫލް ސަރަހައްދުގައި ހުރި ޖަންގްޝަން ފުރި ސަރަހައްދަށް ނަޖިސް ލީކުވެފައި -- ފޮޓޯ: ރާއްޖެ.އެމްވީ

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މަގުމަތީ ޖަންކްޝަންތައް ފުރި މަގުމައްޗަށް ނަޖިސް ބޭރުވެ އެވެ. އަދި އެކަމުގެ ޝަކުވާތައް އަބަދުވެސް ރައްޔިތުން ކުރާއިރު، އެކަމަށް ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު