Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ އޮފީސް

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

ފުލުހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އައިސް ހަރަކާތްތެރިވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ޖުލައި 2018 | އަންގާރަ 22:09
އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައި އޮފީހަށް އަނެއްކާވެސް ހަމަލާދީފިއެވެ.

އަންގާރަ ދުވަހުގެރޭ ދަންވަރު އެމްޑީޕީގެ އޮފީހުގެ ދޮރަށް އެއްޗެއް އެއްލައި، ދޮރުގެ ބިއްލޫރިގަނޑުވަނީ ތަޅާލާފައެވެ. ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުން އެތަނަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައިވެއެވެ.

Advertisement - newsAdvertisement

ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ދޭތެރެދޭތެރެއިން މިފަދަ ހަމަލާތައް ދެއެވެ. އެގޮތުން އެއޮފީހުގެ ބިއްލޫރިގަނޑު ތަފާތު އެތައް ފަހަރުމަތިން ތަޅާލާފައިވާއިރު، ކަޅު ތެޔޮވެސް ޖަހާފައިވެއެވެ. އަދި އެމްޑީޕީ އޮފީހުގެ ރިސެޕްޝަނާއި ބޭރު ދޮރުގައި އަލިފާންވެސް ރޯކޮށްފައިވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ހާދިސާއެއްގައި ހަމަލާދޭ މީހަކު ހައްޔަރުކޮށްފައެއް ނެތެވެ.

ފުލުހުންގެ ފޮރެންސިކްސް ޓީމެއް އެމްޑީޕީ އޮފީހަށް ވަދެ އަންގާރަ ދުވަހުގެ ރޭ މައްސަލަ ތަހުޤީޤުކުރަން ވަނީ ފަށާފައެވެ.

ފުލުހުން އެމްޑީޕީ އޮފީހުގެ އެތެރޭގައި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ފުލުހުން އެތަނަށް ދިޔަނަމަވެސް އެމްޑީޕީ އޮފީހަށް އަންގާރަ ދުވަހުގެރޭ ދިން ހަމަލާ ފެންނަ ގޮތަށް ހުރި ސީސީޓީވީ ކެމެރާތަކުގެ ތެރެއިން އެމްޑީޕީ އޮފީހުގައި ހުރި ކެމެރާ ފިޔަވައި ދެން އެންމެ ކައިރިންވެސް ކެމެރާއެއް ހުރީ ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގްގައި ކަމަށާއި، އެ ކެމެރާތަކުގެ ފުޓޭޖް ސަރުކާރުން ދީފާނެކަމާއިމެދު އެތަނަށް ދިޔަ ފުލުހުން ސުވާލު އުފެއްދިކަމަށެވެ. އަދި އެމްޑީޕީ އޮފީހުގެ ކެމެރާ ފުޓޭޖްވެސް ފުލުހުންނާއި ހަވާލުކޮށްފިނަމަ އެއަށް ވާނެ ގޮތް އެތަނަށް ދިޔަ ފުލުހުންނަށް ނޭނގޭކަމަށާއި، ފުޓޭޖްގެ ކޮޕީއެއް ހައްދާފައި ފުލުހުންނާއި ހަވާލުކުރުމަށް އެތަނަށް ދިޔަ ފުލުހުން އެދުނުކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީ އޮފީހަށް ހަމަލާދިނުމާއި ގުޅިގެން ގުޅިފައިވާ އިއްތިޙާދުގައި ހިމެނޭ ޢަދާލަތު ޕާޓީއިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަންގާރަ ދުވަހުގެ ރޭ ކުރި ޓުވީޓެއްގައި އެޕާޓީއިން ބުނީ ގުޅިފައިވާ އިއްތިޙާދުގައި ހިމެނޭ ޕާޓީތަކަށް މިފަދައިން ދޭ ހަމަލާތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެޅޭ ހުރަހެއްކަމަށެވެ.

އެމްޑީޕީ އޮފީހަށް އަންގާރަ ދުވަހުގެރޭ ހަމަލާދިން އިރު، ނިމިގެން ދިޔަ ހަފްތާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ހަށިކޮޅަށް ހަމަލާދިނުމަށް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. ނޫސްވެރިންނާއި އާއްމުންގެ އެތައް ބައެއްގެ ކުރިމަތީގައި އެހާދިސާ ހިނގުމުން ފުލުހުން ވަނީ އެކަން ތަހުޤީޤުކުރާކަމަށް ބުނެފައެވެ. އެހެންނަމަވެސް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ފަހުން ވިދާޅުވީ އެހަމަލާދިނީ ކާކުކަން ސާފުނުވާކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު