Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއޯ ފުލުހުން

އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ

17 ޖުލައި 2018 | އަންގާރަ 14:28

މާރާމާރީ ހިންގީ އެސްއޯ ފުލުހުން: ކައުންސިލް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 ޖުލައި 2018 | އަންގާރަ 14:28
އެސްއޯ ފުލުހުންތަކެއް އާންމުންނަށް ދިން ކަމަށް ބުނާ އަނިޔާ ފެންނަ ބައެއް ފޮޓޯތައް

އެސްއޯ ފުލުހުންތަކެއް އާންމުންނަށް ދިން ކަމަށް ބުނާ އަނިޔާ ފެންނަ ބައެއް ފޮޓޯތައް

ރައީސް އަބްދުﷲ ޔާމީން އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެ ރަށަށް ދިޔަ އެސްއޯ ފުލުހުންތަކާއި އާންމުންގެ ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ރަށަށް އެސްއޯ ފުލުހުން އަރައި ހިންގީ މާރާމާރީއެއް ކަމަށާއި އެ މާރާމާރީގައި ދެ ކައުންސިލަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރަކާ ނުލައި ބަނދަރު ސަރަހައްދުގައި ދެބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ ކެފޭއަކަށް ވަދެ، ހަމަނުޖެހުން ހިންގައި ހަތަރު މީހަކު އަނިޔާދީފައިވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ހަމަނުޖެހުންތަކުގައި އަނިޔާވި އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރަމީޒު ވިދާޅުވީ ކެފޭއަކަށް ފުލުހުންތަކެއް ވަދެ ހަމަނުޖެހުން ހިންގި ވަގުތު އެތަނުގައި އޭނާ ވެސް ހުރި ކަމަށެވެ. ރައީސް ޔާމީން އެ ރަށަށް ވަޑައިގެންނެވި ވަގުތު ކެފޭ ތެރޭގައި ތިބި ޒުވާނުންތަކެއް، ފޮޓޯ ނެގުމުން އެސްއޯ ފުލުހުން އެކަމާ ރުޅިގަދަވެ، ކެފޭ ތެރޭގައި ތިބި މީހުން ނުކުތުމަށް އެންގި ކަމަށާއި އެއާއެކު ހަމަނުޖެހުން ހިނގި ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

އިހަވަންދޫގައި އެސްއޯ ފުލުހުން-- ފޮޓޯ/ރާއްޖެއެމްވީ

އޭނާ ވިދާޅުވީ އެ ހަމަނުޖެހުންތަކުގައި އެސްއޯ ފުލުހުން އޭނާގެ ބުރަކަށީގައި ފައިން ޖަހައި، ކެެފޭގެ ސިޑިމަތިން ވެސް ވައްޓާލާފައިވާ ކަމަށެވެ.

"ބުރަކަށީގައި ފައިން ޖަހައި، ގަޅުވާ ކޮއްޕާލި. މައިބަނދައަށް ވަރަށް ބޮޑަށް އަނިޔާ ވެސްވި. ސިޑި މަތިން ކޮއްޕާލައި އަނިޔާ ދިން،" އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އެ ހަމަނުޖެހުންތަކުގެ ފޮޓޯ ނަގައި ވީޑިއޯ ކުރި ޒުވާނެއްގެ ފޯނު ފުލުހުން ވަނީ އަތުލައި، އެ ފޮޓޯތައް ޑިލީޓް ކުރުވާފައެވެ. އެ ރަށަށް އެރި އެސްއޯ ފުލުހުން އާންމުންނާ މުހާތަބު ކުރީ ހަޑިހުރުތު ބަހުން ކަމަށާއި ޒުވާނުންތަކެއް އެ ރަށުގެ ގޯޅިގަނޑަކަށް ވައްދައި އަނިޔާ ކުރި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ރާއްޖެއެމްވީއަށް ބުންޏެވެ.

އިހަވަންދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން ގުޅާލުމުން، ފުލުހުންގެ މީޑިއާއިން ބުނީ އެކަން ހިނގާފައިވާ ގޮތް ބަލާފައި ޖަވާބު ދޭނެ ކަމަށެވެ.

ރައީސް ޔާމިން ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެ ދަތުރުފުޅުގައި ހަނިމާދޫއަށާއި ނޮޅިވަރަމާއި ހޯރަފުއްޓަށް ވެސް ވަނީ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
01 ފެބުރުއަރީ 2017

ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

01 ފެބުރުއަރީ 2017
ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް