Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓަރު އަޒްލީން

އިބޫއަށް ހަމަލާ ދިނިީ ކޮން ބައެއް ކަމެއް ނޭނގޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އަޒްލީން

12 ޖުލައި 2018 | ބުރާސްފަތި 17:36

ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 ޖުލައި 2018 | ބުރާސްފަތި 17:36
ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން

ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން

ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕެއިންގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަމަލާދޭން މަސައްކަތް ކުރީ ކޮން ބައެއްކަން ސާފުނުވާ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ބުދަ ދުވަހުގެ ރޭ 8 ގެ ޚަބަރަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަޒްލީން ވިދާޅުވީ އެ އަމަލު ހިންގި ބަޔަކު އަދި ސާފުނުވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވެފައިވާ ކަމަށެވެ. އިބޫ އަށް ހަމަލާ ދޭން އުޅުނު މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

Advertisement - newsAdvertisement

ފުލުހުންގެ ތަހުޤީޤަށް ފަހު އެއީ ކޮން ގޮތަކަށް ދިން ހަމަލާއެއް ކަަން ސާފުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ މައްސަލައިގައި ވަކި ބައެއްގެ ބޮލުގައި އަޅުވަން އެކަށީގެން ވާވަރުގެ ހެކި ނުލިބޭ ކަމަށާއި އެއީ ތަހުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޒްލީން އިތުރަށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދިނުމަށް ރަސްމީކޮށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ސެކިއުރިޓީގެ ކަންތައްތައް ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ ރަށްރަށުގެ ބިމާއި ތަންތަން ދިނުމަށް އަތޮޅު ކައުންސިލްތަކާއި ރަށްރަށުގެ ކައުންސިލްތަކަށް އެންގެވުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ އެލްޖީއޭ ގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

އިބޫ އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައާއި ގުޅިގެން އަޒްލީން ވިދާޅުވީ އެއްވެސް ބައެއް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ދެކޮޅަށް އެއްވެސް ބަޔަކު ކަންތައްކޮށްގެން ވާނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

އަންގާރަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް އޭނާއަށް ހަމަލާދޭން ސައިކަލުގައި އައި ދެ މީހަކު ވަނީ މަސައްކަތް ކޮށްފައެވެ. އެމީހުން އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫއަށް ހިމާޔަތް ދީފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް