Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ރޭސް 3 ގެ ރިކޯޑް ސަންޖޫ އިން މުގުރާލައިފި

މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 34.75 ކްރޯޑް ރުޕީޒް ވަނީ ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 1 ޖުލައި 2018 | އާދީއްތަ 02:17
ސަންޖޫގެ ޕޯސްޓަރު

ސަންޖޫގެ ޕޯސްޓަރު

2018 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ވެގެން ގޮސްފިއެވެ.

ޓްރޭޑް އެނެލިސްޓެއް ކަމަށްވާ ތަރަން އާދާޝް ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 34.75 ކްރޯޑް ރުޕީޒް ވަނީ މިފިލްމަށް ލިބިފައެވެ. ހަފްތާ ބަންދުގައި މި އަދަދު 100 ކުރޯޑް ރުޕީސް އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ތަރަން ވަނީ ބުނެފައެވެ.

މީގެ ކުރިން އެއްވަނައިގައި އޮތީ މިމަހުގެ 15 ގައި ރިލީޒް ކުރި ސަލްމާން ޚާންގެ ފިލްމް "ރޭސް 3" އެވެ.

މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު އެއްވަނައިގައި އޮތް "ސަންޖޫ" އަށް ލިބިފައިވަނީ 34.75 އެވެ. ދެ ވަނަގައި އޮތް "ރޭސް 3" އަށް ލިބިފައިވަނީ 34.75 ކްރޯޑް ރުޕީސް އެވެ. ތިން ވަނައިގައި އޮތް "ބާގީ 2" އަށް 25.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް "ޕަދްމާވަތީ" އަށް ލިބިފައިވަނީ 19 ކްރޯޑް ރުޕީސް އެވެ.އަދި ފަސްވަނައިގައި އޮތް "ވީރޭ ދި ވެޑިން" އަށް ލިބިފައިވަނީ 10.70 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދާ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

ރަންބީރުގެ ފިލްމީ ކެރިއަރ އަށް ބަލާއިރު އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ "ސަންޖޫ" އަށް 34.75 ކްރޯޑް ރުޕީސް، ލިބިފައިވާއިރު ދެވަނަގައި އިތް "ބޭޝަރަމް" އަށް 21.56 ކްރޯޑް ރުޕީސް، ތިންވަނައިގައި އޮތް "ވައިޖޭއެޗްޑީ" އަށް 19.45، ހަތަރުވަނައިގައި އޮތް "އޭޑީއެޗްއެޗްއެމް" އަށް 13.30ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ފަސްވަ ނައަށް ހޮވިފައިވާ "ތަމާޝާ"އަށް ލިބިފައިވަނީ 10.94 ކްރޯޑް ރުޕީސް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި

ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި

09 ޖެނުއަރީ 2018
ސަންޖޭގެ "ސަންޖޫ" އަންނަ ޖޫންމަހުގެ 29 ގައި

ސަންޖޭގެ "ސަންޖޫ" އަންނަ ޖޫންމަހުގެ 29 ގައި

06 ޖެނުއަރީ 2018
ރޭސް 3 ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރު

ރޭސް 3 ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރު

11 ޑިސެމްބަރު 2017
"ރޭސް 3"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި

"ރޭސް 3"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި

14 ނޮވެމްބަރު 2017
"ރޭސް3" ގެ ޝޫޓިން ފަށަނީ

"ރޭސް3" ގެ ޝޫޓިން ފަށަނީ

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު