Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޗައިނާ

އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

އެގޮތުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން އުތުރު ކޮރެއާ އިން ހުއްޓާލަން ދެން ފިޔަވަޅުތައް ދެމިއޮތުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 29 ޖޫން 2018 | ހުކުރު 20:35
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

އުތުރު ކޮރެއާ އާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، އެގައުމުން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލަން ދެން އެގޮތުގައި ދެމިއޮތުމުގެ މުހިންމު ކަމުގެ މައްޗަށް އެމެެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ، ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ޔީ އަރިހު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގް ޔީ، "ދެކޮރެއާ ސަރަހައްދުގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުން ދުރުވުމާ ގުޅޭ ގޮތުން ދެގައުމުން ގެންގުޅޭ އެއްގޮތް ގުޅުމުގެ މައްޗަށް" ބުރާސްފަތި ދުވަހު ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އެމެރިކާގެ ޚަރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ޗައިނާ ގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އުތުރުު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވެއްޖެ ނަަމަ އުތުރު ކޮރެއާގެ ކުރިމަގު ވަރަށް އުޖާލާ ކަމަށް ޕޮމްޕެއޯ ޗައިނާގެ ޚާރިޖީ ވަޒީރު ގާތު ވިދާޅުވި ކަމަށެެވެ. އަދި އދ. ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާހަކަފުޅުދެއްކެވި ކަމަށެވެ.

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭއްވެވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމާއި އަދި ބޭނުން ކުރުމުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ބަލާ އެކަމާ މެދު މަޝްވަރާ ކުރުމަށް، މިއަންނަ ހަފްތާގައި އުތުުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަޑައިގަންނަވާނެ ކަމުގެ ރިޕޯޓުތަކެއްވެސް ދަނީ ފެތުރެމުންނެވެ. އުތުރު ކޮރެއާ އަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވަޑައިގެންނެވުމާ ބެހޭ ރިޕޯޓުތައް ސްޓޭޓް ޑިޕާޓްމަންޓުން ޔަގީންކޮށްދީފައެއް ނުވެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ރޮއިޓާސް އަށް އަށް ހާމަކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކާ ބެހޭ އެއްވެސް ޕްލޭނެއް ހާމަ ކުރެވެން ނެތް ކަމަށެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު