Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ކޯސް ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި

މިހިދުމަތުގެ ސަބަބުން ފީ ދެއްކުމަށް ކިޔުއެއްގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި، އަގުހުރި އެތައް ވަގުތުތަކެއް ސަލާމަތް ކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2018 | ބުރާސްފަތި 17:21
އެމްފައިސާ މެދުވެރިކޮށް ގިނަ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައި

އެމްފައިސާ މެދުވެރިކޮށް ގިނަ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް މިހާރު ވަނީ ހަމަޖައްސާފައި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓިއުޝަން ފީ ދެއްކޭނެ ގޮތް ހަމަޖައްސަފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސިލަރު މުއާވިޔަތު މުހައްމަދެވެ. އަދި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާން އެވެ.

މިއެއްބަސްވުމާއި ބެހޭ ގޮތުން އުރީދޫ އިން ބުނީ އެމްއެންޔޫގެ ދަރިވަރުން އެމްފައިސާއަށް ރެޖިސްޓާ ކުރުމުން ވަރަށް ފަސޭހައިން ޓިއުޝަން ފީ ދެއްކޭނެ ކަމަށެވެ. މިހިދުމަތުގެ ސަބަބުން ފީ ދެއްކުމަށް ކިޔުއެއްގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި، އަގުހުރި އެތައް ވަގުތުތަކެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

އުރީދޫ އެމްފައިސާއަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ރެޖިސްޓާ ކުރެވޭނެއެވެ. އުރީދޫން އެމް ފައިސާ ތައާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

މި ޚިދުމަތުގެ ދަށުން މޮބައިލްގައި ރަޖިސްޓްރީކުރާ އެކައުންޓް މެދުވެރިކޮށް، މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާ ފޮނުވުމާއި، ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރުމާއި، ވިޔަފާރި ކުރުމުގެ އިތުރުން ބިލްވެސް ދެއްކޭނެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

25 ޖެނުއަރީ 2018
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !
13 ޖެނުއަރީ 2018

އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2018
އޯޕަން މައިޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ޓީވީ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
01 ނޮވެމްބަރު 2017

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު