Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސްގެ ޝަރީއަތް

ޝަޚްސު އޮޅުވާލި ކަމަށް ބުނާ މައްސަލަ: ޝަރީއަތަށް ކިތާބީ ހެކި ހުށަހަޅައިފި، ހުކުމް ކުރުން ހޯމަ ދުވަހު!

27 ކިތާބީ ހެކި ހުށަހެޅި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ޖޫން 2018 | ބުރާސްފަތި 14:47
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމުން

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި، އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ފާރިސްގެ ދިފާއުގައި ކޯޓަށް ހުށަހެޅި ކިތާބީ ހެކިތައް ޝަރީއަތަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަކީ އެ މައްސަލައިގެ ހުލާސާ ބާޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލުން ވަނީ އެ މައްސަލައިގައި ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ކިތާބީ ހެކިތައް ޝަރީއަތުގެ މަޖިލީހުގައި ހުށަހެޅުމުގެ ފުރުސަތު ކުރިން ނުލިބޭ ކަމަށާއި އެފުރުސަތު ދެއްވުމަށް އެދޭ ކަމަށް ދަންނަވާފައެވެ.

Advertisement - newsAdvertisement

ފާރިސްގެ ފަރާތުން ކިތާބީ ހެކި ހުށަހެޅުމަށް ދައުލަތުގެ ވަކީލުން އިއުތިރާޒު ނުކުރައްވާ ކަމަށް ވިދާޅުވުން މި މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވަނީ ކިތާބީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ. އަދި ފާރިސްގެ ފަރާތުން ވަނީ މިމައްސަލާގައި 27 ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅާފައެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ކިތާބީ ހެކީގެ ގޮތުގައި ހިމެނެނީ، އެ މައްސަލައިގެ ތަހުގީގުގެ ވީޑިއޯ ރެކޯޑިން އާއި އެ މައްސަލަ ބަލައިދޭން އެދި ޕީޕީއެމް ނާއިބު ލީޑަރުގެ ހައިސިއްޔަތު އަބްދުއްރަހީމް އަބްދުﷲ ފުލުހުންނަށް ފޮނުވާފައިވާ ސިޓީ އާއި ފާރިސް ޕާޓީން ވަކިކުރުމާ ގުޅިގެން ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވާފައި ހުރި ސިޓީތަކުގެ އިތުރުން ފާރިސް ޕާޓީން ވަކިކުރި ފަހުން ވެސް މަޖިލީހުގައި އޭނާ ޕީޕީއެމް ތަމްސީލުކުރި ކަން އެނގޭނެ ލިޔުންތަކެކެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާމުންނާއި ކައުންސިލްގެ މަގާމުން އަބްދުއްރަހީމް ވަކިކުރައްވާފައިވާ ކަމަށް ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮނުއްވި ސިޓީ އާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނަށް ލިބިދޭ ބާރުތަކާއި އަބްދުއްރަހީމް މަގާމުން ވަކިކުރެވިދާނެކަން ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭކަން ހަމަކުރުމަށް އެ ލިޔެކިޔުންތަކުގެ އިތުރުން، ފާރިސްއަކީ ޕީޕީއެމް މެމްބަރެއްކަން ހާމަކޮށްދޭ ލިޔެކިޔުންތައް ވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން، ޕީޕީއެމްގެ އެއް މުއައްސިސް ކަމަށްވާ ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ކުށެއް ނޫންކަން ހާމަކޮށްދޭ ލިޔެކިޔުންތައް ހިމެނެއެވެ. އަދި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ ކެމްޕެއިން ފޮޓޯތަކެއް ވެސް ފާރިސްގެ ފަރާތުން ހުށަހެޅިއެވެ.

އަމިއްލަ މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތް އެ ދެ މެމްބަރުންގެ އެ ފޮޓޯތައް ފާރިސްގެ ފަރާތުން ހުށަހެޅީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން އެ މެމްބަރުން އިންތިހާބުގައި ކެމްޕެއިންކޮށް އަދި އެކަމުގެ ޝަކުވާ ޕާޓީއާ ހިއްސާކޮށްފައި ވީ ނަމަވެސް އެ ދެ މެމްބަރުން މައްސަލަ ނުބަލައި، ފާރިސްގެ މައްސަލަ ބެލުމަކީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާ ހިލާފު ކަމެއް ކަމަށް ސާބިތު ކުރުމަށެވެ.

ކެނޑިޓޭޓުންގެ ބަހުސްގައި މެމްބަރު ސިޔާމް ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ވެސް ފާރިސްގެ ފަރާތުން ހުށަހެޅިއެވެ.

ތިތާބީ ހެކި ހުށަހެޅުމުން ގާޒީ ވިދާޅުވީ އާދިއްތަ ދުވަހު ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ. ނަމަވެސް ދިފާއި ވަކީލުން ވިދާޅުވީ މިއަޑުއެހުމުގައި ސަރީއަތަށް ކިތާބީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމް ހުށަހެޅި ކަމަށާއި އަދި ކިތާބީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން އިތުރު އަޑުއެހުމެއް ބާއްވައި ދިނުން އެދޭ ކަމަށެވެ. އަދި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ދިފާއީ ވަކީލުން ވަޑައިގަންނަވަންޖެހޭ އެހެން ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައިވާތީ އާދިއްތަ ދުވަހު ހުލާސާ ބަޔާން ތައްޔާރު ކުރުމަށް ދަތިތަކެއް އެބަހުރިކަން ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހުލާސާ ބަޔާން އިއްވުމުގެ ކުރިން ދައުލަތުން ޝަރީއަތަށް ހުށަހެޅި ހެކީންގެ ބަޔާންތައް ހޯދުމަށް ސިޓީއަކުން ކޯޓުގައި އެދިފައިވާނެ ކަމަށާއި މިއަދާ ހަމައަށް ވެސް އެ ބަޔާންތައް ލިބިފައި ނުވާ ކަމަށެވެ. ހުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ހެކިންގެ ހެކިބަހާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އެބަޔާންތައް ދޫކުރެވިފައި ނުވަނީ އެބަޔާންތަކުގައި ހެކިދިން ފަރާތްތައް ސޮއިކޮށްފައި ނުވާތީ ކަމަށާއި އެހެންކަމުން އެބަޔާންތަކުގައި ސޮއި ކުރުމަށް ފަހު، ހުލާސާ ބަޔާން އިއްވައި އަޑުއެހުމުގެ ކުރިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ދައްކަން ބޭނުންވާ ވާހަކަތައް ހުލާސާ ބަޔާނުގައި ހިމެނިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ހޯމަ ދުވަހުގެ 13:30 ގައި ހުލާސާ ބަޔާން އިއްވުމަށް ޝަރީއަތުގެ އަޑުއެހުން އޮންނާނެ ކަމަށެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ޝަހްޝު އޮޅުވާލުމުގެ މި ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެއެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެއެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު