Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިންޑިއާ

ވިސާގެ މައްސަލާގައި ގެއްލުންވާނީ ދިވެހި ނިކަމެތި ރައްޔިތުންނަށް: އަމީތު

17 ޖޫން 2018 | އާދީއްތަ 12:36

ރާއްޖޭގެ އިމިގްރޭޝަނުން ބުނަނީ އިންޑިއާ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާނުލާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ޖޫން 2018 | އާދީއްތަ 12:36
މެމްބަރު މުހައްމަދު އަމީތު

މެމްބަރު މުހައްމަދު އަމީތު

ބަދަލު ހިފުމުގެ ގޮތުން އިންޑިއާގެ ރައްޔިތުންނަށް ވިސާ ނުދީ ހިފެހެއްޓުމުން ދަތިކަން އިހުސާސް ކުރަންޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު މިހެން ވިދާޅުވީ މި ފަހަކަށް އައިސް އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ވިސާގެ މައްސަލައާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އަމީތު އެ ޓްވީޓް ކުރައްވާފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާކުރުމުގައި މައްސަލަތަކެއް ދިމާވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް އިންޑިއާގެ ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.

އިންޑިއާ ރައްޔިތުންނަށް ވިސާގެ މައްސަލަ ދިމާވެފައި ވަނިކޮށް، ދިވެހި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިން މަނިކު އިންޑިއާގެ ޗެންނާއީއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވުމުގެ ފުރުސަތު ނުދީ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ނިހާން ވިދާޅުވީ އިންޑިއާއަށް އެތެރެވުމުގެ ހުއްދަ ނުދީ އޭނާ އަނބުރާ ފޮނުވާލީ އޭނާއަކީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އިންޑިއާ އިން ދިވެހި ސަރުކާރާ މެދު ހިތްހަމަނުޖެހޭތީ ކަމަށް ވެދާނެ ކަމަށެވެ. އަދި އެއީ ބުލީ ކުރުމުގެ އަމަލެއްކަމަށް ނިހާނު ވިދާޅުވި އެވެ.

ނިހާނަށް ދިމާވި އެ މައްސަލައާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު ދިވެހި ސަރުކާރުގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފައިވެއެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އަމީތު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ވިސާ ނުދީ ހިފެހެއްޓުމުން އޭގެ ދަތިކަން އިހުސާސް ކުރަންޖެހޭނީ ޒަރޫރީ އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށްކަމަށެވެ. އަދި ދިވެހި ސަރުކާރުން މިކަންކުރަނީ "ބަދަލު" ހިފުމެއްގެ ގޮތުން ކަމަށް އަމީތު ސިފަކުރެއްވި އެވެ. އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނަށް އިންޑިއާއަށް ނޭރުވުމުން ވަޑައިގަންނަވާނީ ސިންގަޕޫރަށްކަމަށެވެ. އެހެން ނަމަވެސް އާދައިގެ ދިވެހިރައްޔިތު މީހާއަށް ހަދާނީ ކިހިނެތްތޯ އަމީތު ވަނީ ސުވާލުކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް