Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު

ކޮވިޑް-19 އާއިއެކު އަންހެނުންގެ ވަޒީފާތަކަށް ތަފާތު ބޮޑުކޮށް އަސަރުކުރި!

އަންހެނުންގެ މަސައްކަތުގެ ތަޖުރިބާ މަދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2020 | ބުރާސްފަތި 07:14
ދިވެހި އަންހެނުން

ދިވެހި އަންހެނުން

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އަދާކުރާ އާބާދީއަށް ކުރި އަސަރު އަންހެނުންގެ ވަޒީފާތަކަށް ކޮށްފައި ވަނީ ތަފާތުބޮޑުކޮށްކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުން ދައްކައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ ރެޕިޑް ލައިވްލިހޫޑް އެސެސްމެންޓް ރިޕޯޓްގައިވާ ގޮތުން އިކޮނިމިކް މިނިސްޓްރީގެ ޖޮބްސެންޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންނަށް ލިބޭ އާމްދަނީ ދަށެވެ. މީގެ ސަބަބަކީ އަންހެނުންގެ މަސައްކަތުގެ ތަޖުރިބާ މަދުވެފައި އާމްދަނީ މަދުން ލިބޭ ވަޒީފާތަކުގައި އަންހެނުން ވަޒީފާ އަދާކުރާވަރު ގިނަވުމުންކަމަށް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރިޑަންޑެންސީ އާއި އާމްދަނީ ގެއްލުމުގެ މައްސަލަވެސް ފިރިހެނުންނަށް ވުރެ އަންހެނުންގެ ގިނަ ކަމަށްވެއެވެ.

Advertisement - businessAdvertisement

ފިރިހެނުންގެ ތެރެއިން 47 އިންސައްތަ މީހުން ރިޑަންޑަންޓްވީއިރު، އަންހެނުންގެ ތެރެއިން 55 އިންސައްތަ މީހުން ރިޑަންޓްވެފައިވާ ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މިތަފާތު އިތުރަށް ބޮޑުކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 65 އިންސައްތަ އަންހެނުންނަށް ރިޑަންޑެންސީއާއި ކުރިމަތިލާން ޖެހުނުއިރު، ފަތުރުވެރިކަމުގެ ސިނާއަތުން ފިރިހެނުންގެ ތެރެއިން ރިޑަންޑެންސީ އާއި ކުރިމަތިލާން ޖެހުނީ 54 އިންސައްތަ ފިރިހެނުންނަށެވެ.

މިނިސްޓްރީ އިން ވަނީ މި ތަފާސްހިސާބުތަކުން ދައްކައިދެނީ ޒުވާން ފިރިހެނުންނަށްވުރެ ޒުވާން އަންހެނުންނަށް ވަޒީފާގެ ޔަގީންކަން ނެތުމުގެ ނުރައްކާ ބޮޑުކަންކަމަށާއި މުސްތަގުބަލުގައި އަންހެނުންގެ އާމްދަނީގެ މިނިވަންކަމާއި މާލީ ރައްކާތެރިކަން ހޯދުމަށް ކޮންމެހެން ބޭނުންވާ މަސައްކަތުގެ ތަޖުރިބާއާއި ފަންނީ ކުރިއެރުމަށް އޮތް ވަގުތު ގެއްލުމުގެ ފުރުސަތު އޮތްކަން ކަމަށެވެ. އަދި ރިޑަންޑެންސީގެ ސަބަބުން ޒުވާން އަންހެނުން ވަޒީފާގެ ބާޒާރުން މުޅިން ނުކުތުމުގެ ފުރުސަތު އެބައޮތްކަމަށް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ބޮޑަށް އަސަރު ކުރި ވަޒީފާތަކުގައި ތިބީ އަންހެނުން ކަމަށާއި ބަލިމަނޑުކަމުގެ ސަބަބުން ވަޒީފާއަށް އަސަރުކުރި އަންހެނުންގެ ތެރޭގައި ދެ އަހަރަށް ވުރެ ކުރު މުއްދަތަކަށް ވަޒީފާގައި އުޅުނު އަންހެނުންނާއި ދެ އަހަރަށް ވިރެ ދިގު މުއްދަތެއްގައި ވަޒީފާގައި އުޅުނު ޒުވާން އަންހެންކުދިން ހިމޭނޭ ކަމަށް ރިޕޯޓްގައިވެއެވެ. އެގޮތުން ތައުލީމީ ދާއިރާއިން އަސަރު ކުރި ކޮންމެ 10 މީހަކުން އަށް މީހަކީ އަންހެނުން ކަމަށާއި، ސިއްހީ ދާއިރާ، ގޭތެރޭގެ މަސައްކަތްތައް އަދި ފަންނީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ގިނައިން އަސަރުކޮށްފައި ވަނީ އަންހެނުންނަށެވެ. އެހެންނަމަވެސް ދަނޑުވެރިކާމާއި މަސްވެރިކަން އަދި ފަތުރުވެރިކަމާއި ކާބޯތަކޭތީގެ ހިދުމަތްދޭ ދާއިރާއިން ބޮޑަށް އަސަރުކޮށްފައި ވަނީ ފިރިހެނުންނަށެވެ.

ރިޕޯޓްގައި ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކުރި މީހުންގެ ތެރެއިން ހުރިހާ ދާއިރާއެއް ގައިވެސް އަންހެނުންނަށްވުރެ ފިރިހެނުންނަށް އަސަރުކޮށްފައިވާ ވަރު ނިސްބަތުން ބޮޑުކަމަށް ފާހަގަކޮށްފައެވެ. އަދި ޖިންސީ ނިސްބަތުން މި ތަފާތު އެންމެ ކުޑައީ އޮފީސް މަސައްކަތްތަކާއި ސަޕޯޓްމަސައްކަތްކުގައި ކަމަށާއި ޖިންސީ ނިސްބަތުން މި އެކުލަވާލުންތަކަކީ ހުރިހާ މަސައްކަތްތަކާއި ދާއިރާތަކުގައި ޖިންސުގެ ނިސްބަތުން ތަފާތުތައް ހުރި މިންވަރު އަންގައިދޭ ކަމެއް ކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!

މިނިވަން ދުވަހާއި ގުޅުވައިގެން ޕޮއިސްއިން ތަފާތު މީރުވަހެއް!

26 ޖުލައި 2018
ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް

ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް

23 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

12 ޖޫން 2018
ދިރާގުން ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން ވަރަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފި

28 އެޕްރީލު 2018
ސަންފްރަންޓް މިރަކަލް ސޭލް މިފަހަރު ވަރަށް ތަފާތު!

ސަންފްރަންޓް މިރަކަލް ސޭލް މިފަހަރު ވަރަށް ތަފާތު!

11 އެޕްރީލު 2018

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު