Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

މަސް ދުވަހަށް ފަހު އަދީބަށް ވަކީލުންގެ ފުރުސަތު ދީފި

10 ޖޫން 2018 | އާދީއްތަ 09:27

އާއިލީ ބައްދަލުވުންތައް ވެސް ވަނީ ހަނިކޮށްފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 ޖޫން 2018 | އާދީއްތަ 09:27
އަހުމަދު އަދީބު: ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މަސް ދުވަހަށްފަހު

އަހުމަދު އަދީބު: ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މަސް ދުވަހަށްފަހު

ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުދީ އޮތުމަށްފަހު، މަސް ދުވަހަށްފަހުން އަނެއްކާވެސް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އޭނާއަށް އަރުވައިފިއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ނުދީ އޮތުމަށްފަހު، ހޮނިހިރު ދުވަހު އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ދީފައިވާ ކަމަށެވެ. އޭގެ ކުރިން އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ލިބިފައި ނުވާތީ، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ތައްޔާރުވުމުގެ ފުރުސަތު ވަކީލުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި މާފުށީ ޖަލުގައި އަދީބު ބަންދުކޮށްފައި އޮންނަނީ އެކަހެރިކޮށް ކަމަށްވުމުން، އެއްވެސް މީހަކާ ވާހަކަ ނުދެއްކި އޮތުމުން ނަފްސާނީ ގޮތުން އެމަނިކުފާނަށް އަސަރު ކުރާނެ ކަމަށް ވަކީލު ސިރާޖު ވިދާޅުވިއެވެ.

ތަފާތު އެކި ހުކުމްތަކުގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ލޮލަށް ގްލުކޮމާ ޖެހި، އޭނާގެ ލޮލުގެ ފެނުން ދައްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ސިރާޖު ވަނީ "ރާއްޖެއެމްވީ"އާ ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ މަސް ދުވަހުގެ މުއްދަތުގައި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ނުދިނުމުން، ބޭސްފަރުވާއާ ގުޅޭ ގޮތުން އަދީބުގެ ފަރާތްޕުޅުން ހޯދަންޖެހޭ މައުލޫމާތުތައް ނުހޯދުނު ކަމަށެވެ.

މަސް ދުވަހަށްފަހު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ދީފައިވާއިރު، އާއިލީ ބައްދަލުވުންތައް އަދީބަށް ދިނުން ވަނީ ހަރުކަށިކޮށްފައެވެ. ހަފްތާއަކު އެއް ފަހަރު އަދީބަށް ދެމުން ގެންދިޔަ އާއިލީ ބައްދަލުވުންތައް މިހާރު ދެމުން ގެންދަނީ މަހަކު އެއްފަހަރުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް