Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޓާބަކްސް ކޮފީ

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ތަމްރީން ދިނުމަށް ސްޓާރބަކްސްގެ އެތައްހާސް ކެފޭއެއް ބަންދުކޮށްފި

އެދުވަހަށް ބަންދުކުރުމުން 12 އާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ ގެއްލުން ލިބޭނެކަމަށް އަންދާޒާކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 މެއި 2018 | ބުދަ 06:03
ފުރަތަމަ ބުރުގެ ތަމްރީނުގައި 175،000 މުވައްޒަފުން ބައިވެރިކުރި

ފުރަތަމަ ބުރުގެ ތަމްރީނުގައި 175،000 މުވައްޒަފުން ބައިވެރިކުރި

މަޝްހޫރު ކޮފީ ޗެއިން ސްޓާރބަކްސްއިން އަމިއްލައަށް އޮޕަރޭޓްކުރާ ކެފޭތަކުގެ ތެރެއިން އެމެރިކާގައި އޮޕަރޭޓްކުރާ 8000 ކެފޭ، އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ބެހޭ ގޮތުން ތަމްރީން ދިނުމަށްޓަކައި ބަންދުކޮށް ފިއެވެ.

ސްޓާރބަކްސްއިން މިފިޔަވަޅު އެޅީ އެކުންފުނިން އެމެރިކާގެ ފިލަޑެލްފިއާގައި ހިންގާ ކެފޭއެއްގެ ތެރޭގައި ހިނގި ނަސްލީ ތަފާތުކުރުންތަކެއްގެ ސަބަބުން އެކުންފުންޏާއި ދެކޮޅަށް އެމެރިކާގެ މުޒާހަރާތަކެއްކޮށް، ސްޓާރބަކްސް ކޮފީ ބޮއިކޮޓްކުރުމަށް ގޮވާލާ ކެމްޕޭނެއް މުޅި އެމެރިކާގައި ފެށުމާއިއެކުއެވެ. ފިލަޑެލްފިއާގައި ހުންނަ ސްޓާރބަކްސް ކެފޭއެއްގެ ތެރޭގައި ކަޅު ނަސްލުގެ 2 މީހަކު، އިތުރު މީހަކު އަންނަންދެން އެއްޗަކަށް އޯޑަރނުކޮށް އެތަނުގައި ތިއްބައި، އެމީހުން އެތަނަށް ވަނީ ހުއްދަ ނެތި ކަމަށް ބުނެ ކެފޭގެ މެނޭޖަރ ފުލުހުންނަށް ރިޕޯޓްކުރުމާއިއެކު، ފުލުހުން ވަނީ އައިސް، އެދެމީހުން ހައްޔަރުކޮށްފައެވެ. މީގެ ކުރިންވެސް މިފަދަ އެތައް ކަމެއް ސްޓާރބަކްސްގެ ކެފޭތަކުގައި ހިނގާފައިވާއިރު، އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ޙާދިސާއާއި ގުޅިގެން އަނެއްކާ ވެސް އެވާހަކަތައް ވެސް ފެންމަތިވިއެވެ.

އަންގާރަ ދުވަހު އެ ކޭފޭ ބަންދުކޮށްފައިވަނިކޮށް އެތަނުގެ ކުރިމަތިން ހުރަސްކުރި ބައެއް މީހުންވަނީ މި ތަމްރީނުތަކުގެ ނަސްލީ ތަފާތުކުރުން ހުއްޓިދާނެތޯ ސުވާލުކޮށްފައެވެ.

ސުވާލުކުރި ބައެއް މީހުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ވަކި ބެންޗް މާކެއް ކަނޑަނާޅައި ނަސްލީ ތަފާތުކުރުމާއި ބެހޭގޮތުން ދެވޭ އެއްދުވަހުގެ ތަމްރީނެއް އެކަނި ނުފުދޭކަމަށެވެ.

ދުނިޔޭގެ 70 ގައުމެއްގައި 25،000 ކޮފީ ޝޮޕް ހިންގަމުން އަންނަ ސްޓާރބަކްސްއިން އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ތަމްރީނުތައް ހިންގުމަށްވަނީ ވައުދުވެފައެވެ.

"ސްޓަރބަކްސްގެ އެގްޒެކްޓިވް ޗެއަރމަން ހަވަރޑް ޝޫލްޒް ސީއެންއެންގައި ވިދާޅުވީ ނަސްލީ ތަފާތު ކުރުންތައް ހައްލުކުރުމަށް ދަސްކޮށްދިނުމަށް ހަތަރު ގަޑިއިރަށް ހިންގާ ތަމްރީނަކުން ނުފުދޭކަމަށް ގަބޫލުކުރެވޭކަމަށެވެ.

ގިނަ އަދަދެއްގެ ކެފޭތައް ބަންދުކުރުމުން، އެދުވަހު އެކަނިވެސް ސްޓާރބަކްސްއަށް 12 މިލިއަން އެމެރިކާ ޑޮލަރާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ ގެއްލުން ލިބޭނެކަމަށް އެކުންފުނިން އަންދާޒާކުރެއެވެ.

މުވައްޒަފުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމަށް ފަހު ކުރިއަށް އޮތްތަނުގައި ސްޓާރބަކްސްގެ ވަޒީފާއަށް ނިކުންނަ ހުރިހާ މުވައްޒަފުންނަށް މިތަމްރީން ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ނަސްލީ ތަފާތުކުރުން ހުއްޓުވުމާއި ބެހޭ ތަމްރީންތަކަށް މުޤަރަރެއް ތައްޔާރުކޮށްދނުމުގައި މަދަނީ ހައްޤުތަކާއި ބެހޭ އިސް ބައެއް ފަރާތްތަކާއި ރައީސް އޮބާމާގެ ދުވަސްވަރު އެމެރިކާގެ ބަންޑާރަ ނައިބު އެރިކް ހޯލްޑަރ ހިމެނިވަޑައިގަންނަވައެވެ.

މި މުގައްރަރު އަދި އާއްމެއް ނުކުރެއެވެ.

ފިލަޑެލްފިއާގައި ހިނގި ޙާދިސާއަށްފަހު ސްޓާރބަކްސްގެ ޗީފް އެގްޒެކެޓިވް ކެވިން ޖޯންސަން ވިދާޅުވެފައިވަނީ އެއީ ފިލާވަޅު ލިބިގަންނަން ޖެހޭ ދަނޑިވަޅެއްކަމަށެވެ. އަދި އެއީ މިމައުޟޫއަށް ވާހަކަ ދައްކަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް ދެކެން ޖެހޭކަމަށެވެ. ޖޯންސަން ވަނީ ފިލަޑެލްފިއާގެ ކެފޭގެ ތެރެއިން ނަސްލީ ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހުނު ދެމީހުންނާއި ބައްދަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު