Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
ރޯދަ ކުރު ކުރުން

ޖުހާ އާއި އޭނާގެ ހިމާރު

ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 20:10
ޖުހާ އޭނާގެ ހިމާރުގެ މައްޗަށް ސަވާރު ވެގެން އިންނަ މަންޒަރު ދައްކައިދޭ ޚިޔާލީ ކުރެހުމެއް

ޖުހާ އޭނާގެ ހިމާރުގެ މައްޗަށް ސަވާރު ވެގެން އިންނަ މަންޒަރު ދައްކައިދޭ ޚިޔާލީ ކުރެހުމެއް

އެއް ދުވަހަކު ޖުހާ އޭނާގެ ހިމާރު މައްޗަށް އަރާ ސަވާރު ވެގެން ބާޒާރަށް ދާން ނުކުތެވެ. ދަތުރަށް ފެށީ ޖުހާ ހިމާރު މައްޗަށް ސަވާރު ވެގެންނެވެ. ޖުހާ ހިމާރު މައްޗަށް އަރާ އިން އިރު އޭނާގެ ދަރިފުޅު ހިމާރުގެ ލަގަނުގައި ހިފައިގެން އެއާ އެއް ވަރަށް ދިޔައީ ހިނގަމުންނެވެ.

މި ގޮތައް ކުރިއަށް ދަނިކޮށް މަގުގެ އެއް ފަރާތުގައި ތިބި ބަޔަކަށް މިތަން ފެނި ޖުހާ އާ ދިމާލަށް އެކަމާ ވަރަށް ބޮޑަށް ފާޑު ކިޔާ ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ.

އެމީހުން ބުންޏެވެ:

އޭ ޖުހާ އެވެ. ކަލޭ ތީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ ކަލޭ ހިމާރު މައްޗަށް އަރާ ދުއްވާފައި ދާއިރު ކަލޭގެ ދަރިފުޅު ތިޔަ ގެންދަނީ ހިންގާފައެވެ. ތިއީ ހިތެއްވެސް އޮތް މީހެއް ނޫން ހެއްޔެވެ؟

މި ވާޙަކަ މި ގޮތައް އިވުމުން ޖުހާ އަވަހަށް ހިމާރު މަތިން ފައިބާ އެ ސޮރުގެ ބުރިކަށި މަތީގައި ދަރިފުޅު ނަގާ ބައިންދާ އޭނާ ހިމާރުގެ ލަގަނުގައި ހިފައިގެން އެއާ އެއް ވަރަށް ކުރިއަށް ހިނގަން ފަށައިފިއެވެ.

މި ގޮތައް ކުރިއަށް ގޮސް މޭލެއްހާ ތަން ކަޑައްތު ކުރެވުނު ތަނުން ވަޅެއްގެ ކައިރީގައި ބައި ހަދާފައި ތިބި އަންހެންވެރިން ތަކަކާ ދިމާ ވެއްޖެއެވެ. ޖުހާމެން ފެނިފައި މި އަންހެން ވެރިން ވަރަށް ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެ މީހުން ކިޔާތީ އިވުނެވެ. ބަލާބަލާށެވެ. ޒުވާން ދަރިފުޅު އޭނީ ހިމާރު މަތީގައެވެ. އެ މުސްކުޅި މީހާ އެދަނީ ފައި މަގުގައެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ކަންތައް ކުރަން ވަނީ ކިހިނަކުން ހެއްޔެވެ؟

މި ވާހަކަ އިވުމުން ދަރިފުޅާ އެކު ޖުހާ ވެސް ހިމާރު މައްޗަށް ސަވާރު ވެގެން ކުރިއަށް ދާން ފަށައިފިއެވެ.

ދަތުރުގެ މިހާ ހިސާބަށް އާދެވުނު މެންދުރުވެ އަވި ގަދަ ވެއްޖެއެވެ. އިރުގެ ހޫނުވެސް އެހާ ގަދައެވެ. މާރުކޭޓަށް ފޯރަން އަދިވެސް ލައްކަތަން ކަޑައްތު ކުރަން ޖެހެއެވެ. ގަދަ އަވީގެ ހޫނުގެ ސަބަބުން ބުރަކަށި މަތީގައި ތިބި ދެ މީހުންގެ ބަރާ އެކު ހިމާރަށް ކުރިއަށް ދެވެނީވެސް ކިރިޔަކިރިޔާ އެވެ. މަޑުމަޑުން މިހެން އަންނަމުން ގޮސް މާރުކޭޓު ހުރި އަވަށަށް ވަންނަން ދަނިކޮށް އެތަނުގައި ތިބި ބަޔަކަށް މި މަންޒަރު ފެނިފައި ޖުހާ އާ ދިމާލަށް އެމީހުން ބުންޏެވެ:

"އެހާ ކުޑަކުޑަ ހިމާރެއްގެ މައްޗަށް ދެ މީހުން އަރައިގެން ތިޔަ ދަނީ ކީއްވެ ހެއްޔެވެ؟"

"އެ ހިމާރަށް އެ އުޅެނީ ދެ މީހުންގެ ބަރަށް ހިރި ނުލެވިގެން ކަމެއް ކަލޭމެންނަކަށް ނޭނގޭ ހެއްޔެވެ؟"

މި ވާހަކަ އިވިފައި ޖުހާ އޭނާގެ ދަރިފުޅާ ދިމާލަށް ބުންޏެވެ. ދަރިފުޅާ އެވެ. އެންމެ ރަނގަޅު ވާނީ ދެ މީހުން ފައިބައިގެން ހިމާރު ގޮވައިގެން ހިނގާފައި ދިޔުމެވެ. އޭރުން ދެން އެއްވެސް މީހަކަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. މިހެން ބުނެފައި ހިމާރުން ފައިބައިގެން ދެމީހުން ހިނގަން ފަށައިފިއެވެ.

މިގޮތައް ހިނގާފައި އައިސް މާރުކޭޓާ އަރާ ހަމަވި ތަނުން އެތާނގާ ތިބި ބަޔަކު މިމީހުންނަށް މިތަން ފެނި ވަރަށް މަލާމާތް ކޮށް ހީ ހަދައިފިއެވެ.

ޖުހާ އަށް އިޝާރާތް ކޮށް އެ މީހުން ބުންޏެވެ:

"މިހިރީ ބޮޑު މޮޔަ އެކެވެ".

އަމިއްލަ ހިމާރެއް އޮވެމެ އޭގައި ދަތުރު ނުކޮށް ދަރިފުޅު ގޮވައިގެން ހިނގާފައި އަންނާނީ ކޮންފަދަ ބޮޑު މޮޔައެއް ހެއްޔެވެ؟"

ޖުހާ ހިތައް އެރިއެވެ. ރުޅި އައުމުގެ ބޭނުމެއް ނެތެވެ. އެކަމަކު އެންމެން ރުއްސަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކޮންމެ މީހަކުވެސް އެމީހަކު ކަންކުރާނެ އެންމެ ރަނގަޅު ގޮތެއް އަމިއްލައަށް ނިންމައިގެން އުޅުން މާ ރަނގަޅު ވާނޭ ޖުހާ ހިތައް އެރިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖުހާގެ ހިސާބު ހެދުން

ޖުހާގެ ހިސާބު ހެދުން

18 މެއި 2018
ޖުހާ އާއި އަލިފާން ފޮށި

ޖުހާ އާއި އަލިފާން ފޮށި

16 މެއި 2018

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު