Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހުތާޒްގެ ބޭސްފަރުވާ

ކުރީގެ ޕީޖީ މުހުތާޖްގެ ބޭސްފަރުވާގެ މައްސަލަ: ސީރިއަސް މައްސަލައެއްގެ ގޮތުގައި އިދާރާތަކަށް ހުށަހަޅައިފި

3 މެއި 2018 | ބުރާސްފަތި 19:45

އާއިލާގެ ފަރަތުން މައްސަލަ ހުށަހަޅާފައިވަނީ އެޗްއާރުސީއެމް، ހޯމް މިނިސްޓްރީ، އެންއައިސީ، އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްއަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 މެއި 2018 | ބުރާސްފަތި 19:45
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން - އޭނާގެ ސިއްހީ ހާލު ވަރަށް ގޯސްކަމަށް އާއިލާއިން ބުނޭ

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން - އޭނާގެ ސިއްހީ ހާލު ވަރަށް ގޯސްކަމަށް އާއިލާއިން ބުނޭ

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން އިހުމާލުވަމުންގެންދާތީވެ، އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައެއް އިދާރާތަކަށް ހުށައަޅައިިފި އެވެ.

އާއިލާގެ ފަރަތުން މައްސަލަ ހުށަހަޅާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)، ހޯމް މިނިސްޓްރީ، ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްއަށެވެ.

Advertisement - newsAdvertisement

އޭގެތެރެއިން އެޗްއާރުސީއެމްއަށް އާއިލާއިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ މުހުތާޒާއިމެދު އެންޓި ޓޯޗަރ ޤާނޫނާއި ހިލާފަށް، ލާ އިންސާނީ އަމަލު ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށެވެ. އާއިލާއިން ބުނީ އާއިލާގެ ފަރާތުން ކުރިން އެޗްއާރުސީއެމްއަށް ހުށައެޅި މައްސަލަ އެންޓި ޓޯޗަރގެ އަމަލެއްގެ ގޮތުގައި ބަލައިދިނުމަށް އެދިފައިނެތުމުން އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ނުދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަތައްވެސް އަލުން އެންޓި ޓޯޗަރގެ މައްސަލަތަކެއްގެ ގޮތުގައި އާއިލާގެ ފަރަތުން އެޗްއާރުސީއެމްއަށް ވަނީ ހުށަހަޅާފައި ކަމަށެވެ.

އޭގެއިތުރުން އެޗްއާރުސީއެމްއަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ މުހުތާޒްގެ ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެނެވުނު ވަގުތުގައި އާއިލާއިން ހޮސްޕިޓަލަށް ދިޔުމުން މުހުތާޒްގެ ބޭސްފަރުވާ ހުޓާލާނެކަމުގެ އިންޒާރުދީފައިވަތީ އެ މައްސަލަވެސް ބައްލަވައިދެއްވުމަށެވެ.

ހޯމް މިނިސްޓްރީއަށް މުހުތާޒްގެ އާއިލާއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މުހުތާޒްގެ ބޭސްފަރުވާގެ މައްސަލާގައި އިހުމާލްވަމުންދާތީ އެކަންކަން ބައްލަވައިދެއްވުމަށެވެ. އަދި އެކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމަށްވެސް އާއިލާގެ ފަރާތުން ހުށައެޅި މައްސަލާގައި އެދިފައިވެއެވެ.

ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) މުހުތާޒްގެ އާއިލާއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މުހުތާޒްގެ ބޭސްފަރުވާގެ ކަންކަން ހުއްޓުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ނުފޫޒް އޮތްކަމަށް ތުހުމަތުކުރެވޭތީ އެކަން ބައްލަވައިދެއްވުމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބޭސްފަރުވާގެ ކަންކަމުގައި ޤާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވެފައިވާ މައްސަލަ ބައްލަވައިދެއްވުމަށްވެސް އާއިލާއިން ހޯމް މިނިސްޓްރީއަށް ހުށައެޅި މައްސަލާގައި އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ހުންނެވި މުހުތާޒް މުހުސިން ޖަލުގައި އޮންނަތާ 2 އަހަރުވުމާ ގުޅިގެން މުހުތާޒްގެ އާއިލާ އިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހުތާޒް ހައްޔަރުކުރި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ޢަމަލުކޮށްފައި ވާގޮތުގެ ނަތީއްޖާއެއްގެ ގޮތުން، މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ސީރިއަސްވެ، އެޑްމިޓްކޮށްގެން ބާރުގަދަ އިތުރު ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމަށް އޭޕްރީލް 10 ވަނަ ދުވަހު ޑޮކްޓަރު ލަފާދެއްވި ކަމަށެވެ. އަދި މުހުތާޒް މުހުސިންގެ ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިހުމާލުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ބަލިހާލު އިތުރަށް ބޮޑުވެ ކައިރި މުސްތަގުބަލެއްގައި މުހުތާޒް މުހުސިންއަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އާއިލާއަށް އިންތިހާއަށް އޮތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"މުހްތާޒް މުޙްސިންގެ ޞިއްހީ ހާލަތާ މެދު، ކަންބޮޑުވާކަން ބަޔާންކޮށް، މުހުތާޒް މުހުސިންއަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ދިނުމަށާއި، އަދި އެފަދަ ހާލަތެއްގައި ހުރި ބަލިމީހަކު ހުންނަންޖެހޭނެ ފަދަ މާހައުލެއްގައި މުހްތާޒް މުޙްސިން ބެހެއްޓުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެތައް ފަހަރަކު ދެންނެވިފައިވާނެއެވެ. ނަމަވެސް އެފަރާތުން މުހްތާޒް މުޙްސިންގެ ސިއްހީ އަދި އެހެނިހެން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދާދީފައި ނުވާކަމުގައި ދަންނަވަމެވެ."

ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ، އެމައްސަލައިގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް