Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސައްކަތްތެރިންގެ ދުވަސް

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުން ނުދޭ: ޓްރާންޕޭރެންސީ ތޮލާލް

2 މެއި 2018 | ބުދަ 08:21

މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ވުން ފިޔަވާ އިތުރުކަމެއް ކުރެވޭކަމަކަށް ޤަބޫލެއް ނުކުރެވޭ

އާއިޝަތު ލުދްނާ
އާއިޝަތު ލުދްނާ | 2 މެއި 2018 | ބުދަ 08:21
ޓްރާންޕޭރެންސީ މޯލްޑިވްސް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް

ޓްރާންޕޭރެންސީ މޯލްޑިވްސް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ރާއްޖޭގައި ކުރެވެމުން ނުދާކަމަށް އެޗް.އާރް.ސީ.އެމްގެ ކުރީގެ ނައިބު ރައީސް އަދި ޓްރާންޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހްމަދު ތޮލާލް ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ވުން ފިޔަވާ އިތުރުކަމެއް މޭޑޭގައިވެސް އަދި މުޅި އަހަރުގެ ތެރޭގައިވެސް ކުރެވޭކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބެއްގެ ގޮތުގައި، މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރާއިރު މަސައްކަތްތެރިންގެ ވަޒީފާގެ ޔަގީންކަމެއް ނެތްކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީން އިހްތިޖާޖު ކުރުމުގެ ހައްގު ކޮންމެ މަސައްކަތްތެރިއަކަށްވެސް ލިބިފައިވާއިރު، މަސައްކަތްތެރިންނަށް ހިތްހަމަ ނުޖެހުން ފާޅުކުރެވޭނެ ގޮތެއް ނެތްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކުޅުދުށްފުށި އެއާޕޯޓް އެޅުމަށްޓަކައި ކުޅުދުއްފުށި ކުޅި ބޭނުންކޮށްގެން ކުރަމުން އައި މަސައްކަތް ހުއްޓުމުގެ ސަބަބުން ގެއްލިގެން ދިޔައީ ގާތްގަނޑަކަށް 400 އެއްހާ އާއިލާގެ އާމްދަނީކަމަށްވެސް ތޮލާލް ވަނީ ފާހަގަކުރައްވާފައެވެ. މިއަދު ޓީވީތަކަށް އަރާ އިގްތިޞާދީ ތަރައްޤީ ގެންނަ ވާހަކަ ދައްކާއިރު ހަޤީޤީ ތަރައްޤީއަކީ އާންމު ރައްޔިތުންގެ ތަރައްޤީއާ އާންމު ރައްޔިތުންނަށް ލިބޭ މަންފާކަމަށް އޭނާ ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ރާއްޖޭގައި އުޖޫރައެއް ނެތި މަސައްކަތްކުރާ މީހުންގެ 90 އިންސައްތައަކީ އަންހެނުންނެވެ. މިއަދުވެސް ދިވެހިރާއްޖޭގައި އަންހެނުންނާ ފިރިހެނުންނާ ދެމެދު އޮންނަ ވަޒީފާގެ ތަފާކުރުން އަދިވެސް އޮންނަކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އަންހެނުން ވަޒީފާގެ މާހައުލަށް ނިކުންނައިރު ދިމާވާ މައްސަލަތަކަށް އަލި އަޅުވާލަމުން ތޮލާލް ވަނީ ދެ ހާލަތެއްގައި މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި މައްސަލަ ފާހަގަކޮށްފައެވެ.

"ކޮންމެ ގޮތަކުންވެސް ވަޒީފާ އަދާކުރަން ބޭނުންވާ މީހާ ވަޒީފާ އަދާކުރަން ދާއިރުގައި އޭނާ ލާފައި ހުންނަ އެއްޗެއްގެ ސަބަބުން ވަޒީފާއިން ވަކިކުރީމާ އެނަގައިގަނެވެނީ އެމީހާގެ މަސައްކަތްކުރުމަށް އޮތް ބާރުވެރިކަން،" އޭނާ ވިދާޅުވިއެވެ.

އަދި 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައިވާތާ ތިން އަހަރު ވީއިރު، އެއިރު ހައްޔަރު ކުރެވުނު އަބްދުﷲ ރަޝީދު ދައުލަތުން އޭނާއަށް ލިބެންޖެހޭ އަސާސީ ބޭސްފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވެގެން ދިޔައިރު އޭނާ ޙައްގުތައް ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް