Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ: ބައްޕަ

ސަބަބެއް ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ބުނީ ޔާމީނާއި އެއްވެސް އަދާވަތްތެރިކަމެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 01:19
ޔާމީންގެ ޝަރީއަތް ސިއްރުނުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔާމީން ރަޝީދުގެ ބައްޕަ، ހުސެއިން ރަޝީދު

ޔާމީންގެ ޝަރީއަތް ސިއްރުނުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔާމީން ރަޝީދުގެ ބައްޕަ، ހުސެއިން ރަޝީދު

އަނިޔާވެރި ރަހުމު ކުޑަގޮތަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި އިތުރު ބަޔަކު ތުބޭނެކަމަށާއި، އެ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ގޮވާލައިފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހުސެއިން ރަޝީދު ބުނީ، އޭނާގެ ދަރިފުޅު މަރާލުމުގެ ފަހަތުގައި އެއްވެސް ބަޔަކު ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނި ނަމަވެސް އެ މަރުގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ގަބޫލުކުރާކަމަށެވެ. ސަބަބަކީ ޔާމީނާއި އެއްވެސް އަދާވަތްތެރިކަމެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވުން ކަމަށް ހުސައިން ރަޝީދު ވިދާޅުވި އެވެ.

"އެއްވެސް ދަންނަ ބޭކަލަކުވެސް އަދި އެއްވެސް އިލްމުވެރިޔަކުވެސް މި މީހުންނަށް (ހައްޔަރުކޮށްފައިވާ މީހުންނަށް) މިފަދަ ކަމަކަށް ހިތްވަރުދީ ނަސޭހަތްދީފައިނުވާކަމަށް ވެސް ޕޮލިހުން ވަރަށް ޔަޤީންކަމާއެކު އެބަ ބުނޭ. އެއީވެސް އަޅުގަނޑުގެ ހިތުގައި އިތުރަށް ޝައްކު އުފެދޭ ކަމެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީހަކު މެރުން ފަދަ ބޮޑު ކަމެއް އެއްވެސް ސަބަބަކާއި ނެތި އަށެއްކަ ނުވަވަރަކަށް މީހުން ކޮށްފާނެ ކަމަކަށް."

ޔާމީން ރަޝީދުގެ ބައްޕަ ބުނީ، ދަރިފުޅުގެ މަރުގެ މައްސަލަ ސިއްރުކުރަން ބޭނުން ނުވަނީ ގިނަ ސަބަބުތަކަކާއިހުރެ ކަމަށެވެ. އެގޮތުން ޔާމީން މަރާލުމުގައި އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ލިބިގެން ދިޔުމަކީ އާއިލާއިން އެދޭ ކަމެއް ނޫން ކަމަށާއި، މަރުގެ މައްސަލައަކަށް ވާއިރު ޤިސާސް ހިފަން އާއިލާގެ ބަހެއް އޮންނަންޖެހޭއިރު، އެކަންވެސް ކުރެވޭނީ ހާމަކޮށް، ޝަރީއަތް ކުރިއަށްގެންގޮސްގެންކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ޕޮލިހުން އެ ހޯދާފައިވާ މީހުންނަކީ ރަނގަޅު މީހުންތޯ، މިކަމާއި ގުޅުންހުރި މީހުންތޯ އެއްވެސް ކަހަލަ ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރަންވެސް އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ސ. ފޭދޫ، ޗަނބޭލީގެ އުމުރުން 29 އަހަރުގެ ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގެ ހުރިހާ އަޑު ހެއުންތަކެއްވެސް ދަނީ ސިއްރުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު