Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަމިއްލައަށް ވިހެއުން

ޔޫޓިއުބް ބަލައިގެން ވިހޭ އަންހެން މީހާގެ ވާހަކަ

ޓިއާ ވިހެއީ އިސްތަންބޫލްގެ ހޮޓަލެއްގައި

ރާއްޖެ އެމްވީ | 29 އެޕްރީލު 2018 | އާދީއްތަ 16:59
ޓިއާ ފްރީމަން - ޔޫޓިއުބް ބަލައިގެން އެކަނިމާއެކަނި ވިހޭ ދަރިފުޅާއެކު

ޓިއާ ފްރީމަން - ޔޫޓިއުބް ބަލައިގެން އެކަނިމާއެކަނި ވިހޭ ދަރިފުޅާއެކު

ޓިއާ ފްރީމަން ބުނާ ގޮތުން މާ ބަނޑު ދުވަސްކޮޅުގެ އެންމެ ފަހު މަރުހަލާ އާ ހަމައަށް ވެސް އޭނާ އިނީ ބަލިވެ ކަމެއް އޭނާ އަކަށް ނޭގެއެވެ. އެކައުންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓިއާ ބުނެފައިވަނީ ދޭތެރެ ދުރުކުރާ ބޭސް ބޭނުން ކުރާތީ ބަލިވެ އިނދެދާނެކަން އޭނާ ގަބޫލެއްވެސް ނުކުރެއެވެ. އެހެންވެ ބަލިވެ އިންކަން އޭނާ އަށް އެނގުމުންވެސް އެވާހަކަ އޭނާ އެހެން މީހެއްގެ ގާތު ބުނާކަށްވެސް ބޭނުމެއް ނުވިއެވެ.

ބަލިވެ އިނދެ ދުވަސް ފުރޭކަން އެނގުމުންވެސް ޓިއާ ގެންދިޔައީ އޭނާގެ ޕްލޭންތަކާ އެއްގޮތައް ދިރިއުޅެއުޅުމުގެ ކަންކަން ކުރަމުންނެވެ. މިގޮތުން އޭނާގެ ރައްޓެއްސަކާ ބައްދަލު ކުރުމަށް މާ ކުރިން ފްލައިޓް ޓިކެޓް ނަގާފައި އޮތުމާއެކު، ރޭވިފައިވާ ގޮތައް އޭނާ ދަތުރަށް ފުރީއެވެ. ދަތުރު ކުރީ ތުރުކީގެ އިސްތަންބޫލަށެވެ.

ފްލައިޓަށް އެރުމާއެކު ޓިއާ އަށް އުނދަގޫތަކެއް އިހުސާސް ކުރެވެން ފެށިކަމަށް އޭނާ ބުންޏެވެ. އެ އުނދަގޫ ތަކަކީ ބޯޓުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމެއް ނުވަތަ ކެއި އެއްޗެއްގެ ސަބަބުން ކުރިމަތިވި ކަމެއްތޯ އޭނާގެ ހިތާ ހިތާ ސުވާލު ކުރިކަމަށް ބުނެފައިވެއެވެ. އޭނާ ބޮޑަށް ގަބޫލު ކުރީ ކެއި އެއްޗެއްގެ ސަބަބުން މޭ ނުބައިކުރީ ކަމަށާއި ނިދާލުމުން ރަނގަޅުވެދާނެ ކަމުގައެވެ.

ކުޑަކޮށް ނިދިފައި ހޭލެވުނު އިރުވެސް ލުއި ވުމުގެ ބަދަލުގައި އުނދަގޫތައް އިތުރުވެފައިވާ ކަން އޭނާ އަށް އިހުސާސް ކުރެވުނެވެ. މި އުނދަގޫތަކުގެ ތެރޭގައި އުޅެނިކޮށް ބޯޓު ޖައްސާ ފޮށި ނަގާ ހިސާބަށް އޭނާ އަށް އާދެވިއްޖެ އެވެ. އެހާ ހިސާބުން އުނދަގޫތައް ބޮޑުވެގެން އެންމެ ފަހުން އޭނާ ނިންމީ މީ ކޮންކަމަކާ ގުޅޭ އުނދަގޫ ތަކެއްތޯ ދެނެގަތުމަށް ގޫގުލް ކޮށްލާށެވެ. އިސްތަންބޫލްގެ އެއަރޕޯޓުގެ ކަސްޓަމްސް ސަރަހައްދުގައި ހުރެ ގޫގުލް އިން ބެލުމުން އޭނާ އަށް އެނގުނީ މިއީ ވިހެއުމަށް ތައްޔާރު ވެއްޖެ ކަމުގެ ރިހުންތައް ކަމަށާއި، ފެންނަމުންދަނީ އެ ނިޝާން ތައް ކަމުގައެވެ. އޭރު އޭނާއަށް ރަނގަޅަށް ކޮޅަށް ހުންނަން އުނދަގޫވާ ވަރަށް ހަށިގަނޑަށް އުނދަގޫ ވަމުން ދިޔަ ކަމަށް ޓިއާ ބުނެފައިވެއެވެ.

ޓިއާގެ ތަރުޖިބާތައް ލިޔަމުން އޭނާ ބުނެފައިވަނީ އެހިސާބުން އޭނާ ހުރީ ބޭރު ގައުމެއްގައި ކަމާއި، އެތާނގައި އިނގިރޭސި ބަހުން މީހުން ވާހަކަ ނުދައްކާ ކަމާއި، އެތަނުގެ އިމަޖެންސީ ނަމްބަރެއް އެއްޗެއް ނޭގޭ ކަމާއި އެހެން ކަމުން ރަނގަޅުވާނީ އަވަހަށް ކުރިން ބުކިން ހަދާފައިވާ ހޮޓަލަށް ދިއުން ކަން ވިސްނި އެގޮތަށް ކަންކުރީ ކަމުގައެވެ.

ހޮޓަލުން އޭނާ އަށް ކޮޓަރިއަށް ވަދެވުމާއެކު އޭނާ ނިންމީ ވިހެއުމަށް ހަދާނެ ގޮތް ބެލުމަށް ޔޫޓިއުބަށް ވަންނާށެވެ. ޔޫޓިއުބް އިން އޭނާ ބެލީ ފެނުގެ ތެރޭގައި ކުދިން ވިހާ ގޮތަކީ ކޮބާތޯއެވެ. އެއާއެކު ކޮޓަރީގެ ފާޚާނާގެ ބިލިގާ އަށް ތަފާނާ ފެން އެޅުމަށްފަހު އޭގެ ތެރެއަށް އެރި ޔޫޓިއުބްގައި ކިޔައިދީފައިވާ ގޮތަށް ކަންތައް ކޮށް ވިހެއީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ އެކަނިމާ އެކަނި ވިހާ އަދި ކުއްޖާގެ ފޫޅު ބުރިކޮށް މި ހުރިހާ ކަމެއް ކޮށް ނިންމާލި އިރުވެސް ބިރު ނުގަންނަ ކަމަށާއި ހާސް ނުވާ ކަމަށެވެ. އޭނާ ވިސްނައިގެން ހަދަމުން ގެންދިޔައީ ވިހެއުމަށް ހަދަން ޖެހޭ ގޮތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ޖެހިގެން އައި ދުވަހު އޭނާ ދިޔައީ ދަތުރު ހަމަޖެހިފައި އޮތް ގޮތައް ކުރިއަށް ގެންދިއުމަށް އިސްތަންބޫލް އެއަރޕޯޓަށެވެ. އޭނާ ބުނީ އޭގެ ކުރީ ދުވަހު ވިހޭ ދަރިފުޅު ގޮވައިގެން ސީދާ އެއަރޕޯޓަށް ދާން ނިންމީ އަލަށް އުފަންވި ކުއްޖަކު ގޮވައިގެން ދަތުރު ކުރަން ބޭނުންވާ ލިޔެކިޔުން ތަކަކީ ކޮބައިކަން އޭނާ އަށް އެނގިފައި ނެތުމާއެކު އެކަން އެންމެ ރަނގަޅަށް ސާފު ކުރެވޭނީވެސް އެއަރޕޯޓުން ކަމަށް ވިސްނިގެން ކަމަށެވެ.

އެއަރޕޯޓުގެ އޮފިޝަލުންނާ ބައްދަލުކޮށް އޭނާގެ ދަރިފުޅަށް އިޝާރާތް ކޮށް ބުނީ އޭނާ އަކީ އިންސާނުން ޓްރެފިކް ކުރާ މީހެއް ނޫން ކަމަށެވެ. އެއާ އެކު އޮފިޝަލުންގެ އެހީ އާ އެކު، ތުރުކީގައި ހުންނަ އެމެރިކާ އެމްބަސީން އޭނާގެ ދަރިފުޅަށް އުފަން ދުވަހުގެ ސެޓްފިކެޓް ހަދައިދިން ކަމަށް ވެއެވެ.

ދަރިފުޅުގެ ނަމަކަށް ޓިއާ ކީ ޒޭވިއާ އާޓާ އެވެ.

މިހިނގި ހުރިހާ ކަމެއް ޓިއާ ވަނީ ޓުވިޓަރ މެދުވެރިކޮށް ތަފްސީލް ތަކާ އެކު އާއްމު ކޮށްފައެވެ. އަދި މިވާހަކަތައް މިހާރުވަނީ ވައިރަލް ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

08 އެޕްރީލު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު