Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދީޕިކާ ޕަދުކޯން

ދީޕިކާ އާމިރުގެ މަހާބާރަތުން؟

26 އެޕްރީލު 2018 | ބުރާސްފަތި 07:36

ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު ފިލްމު މިއަހަރުގެ ތެރޭގައި ފަށާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 އެޕްރީލު 2018 | ބުރާސްފަތި 07:36
ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯން

ބޮލީވުޑްގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު ފިލްމު މިއަހަރުގެ ތެރޭގައި ފަށާނެއެވެ.

"މަހާބާރާތު"ގެ ނަމުގައި ނެރޭ މި ފިލްމުގައި އާމިރުޚާނާ އެކު ލީޑު ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ފައިނަލް ނުވެއެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ އަންހެން ކެރެކްޓާއިން ފެނިގެންދާނީ ދީޕިކާ ޕަދުކޯންއެވެ. އެހެން ނަމަވެސް އިންޑިއާގެ ނޫސްތަކުން ވަނީ އާމިރުގެ މި ފިލްމުން އޭނާއާ އެކީ ފެނުމަށް ދީޕިކާ "އާނ" ބަސް ބުނެފާނެތޯ ސުވާލު އުފައްދާފައެވެ.

ދީޕިކާ މިފިލްމު ނުކުޅެފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ޕަދްމާވަތު"ގައި އޭނާއަށް ދިމާވި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. "މަހާބާރަތު" އަކީ ވެސް ޕަދްމާވަތު ގޮތަށް އިންޑިއާގެ ތާރީޚީ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. "ޕަދްމާވަތު" ގެ ސަބަބުން ދީޕިކާގެ ބޯ ބުރިކޮށްލުމަށް އަގު ކިޔައި ކަންތައްތަކެއް ވަނީ ހިނގާފައެވެ. އަދި އެ ފިލްމުގެ ސެޓަށް ގެއްލުން ދިނުން ފަދަ ގިނަ މައްސަލަތަކެއް އެ ފިލްމަށް ކުރިމަތިވިއެވެ. އެހެން ކަމުން "މަހާބާރަތު: ކުޅުމަށް ދީޕިކާ އެއްބަސްނުވާނެ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިއީ އާމިރު ޚާނާ އެކީ ފުރަތަމައަށް ފެންނާނެ ފިލްމު ކަމަށް ވުމުން ދީޕިކާ މި ފިލްމަށް އާނއެކޭ ބުނެފާނެ ކަމަށެވެ.

ވާހަކަތައް މިގޮތަށް ހުރި ނަމަވެސް އަދި ދީޕިކާއަށް ސޮއި ކުރުމަށް ރަސްމީކޮށް ހުށައަޅާފައެއް ނުވެއެވެ.

"މަހާބާރަތު" އަށް ކާސްޓުން ނެގުމާ ގުޅޭ ގޮތުން މީގެ ކުރިން އާމިރު ބުނެފައި ވަނީ އޭނާ ބޭނުންވަނީ އެ އަގު ބޮޑު ފިލްމަށް ވަރަށް ކުޅަދާނަ މޮޅު ފަންނާނުން ކަމަށެވެ. އަދި ބޮލީވުޑްގައި ތިބި އެންމެ މޮޅު ފަންނާނުން ބޭނުންވާ ކަމަށާއި އޭނާ ބޭނުން ވަނީ އެފިލްމުގެ ބަތަލަކަށް ދީޕިކާ ވުން ކަމަށެވެ.

އާމިރުގެ މި ބުނުމަށް ދީޕިކާ އަދި ކޮމެންޓްކޮށްފައި ނުވި ނަމަވެސް އާމިރު ކަހަލަ ކުޅަދާނަ ތަރިއަކާ އެކީ ފިލްމަކުން ފެނުން އެއީ އޭނާ ބޭނުންވާ ކަމެއް ކަމަށް ދީޕިކާގެ އާއިލާ މީހަކާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

"މަހާބާރަތު" އަކީ އާމިރުގެ "ޑްރީމް" ޕްރޮޖެކްޓެކެވެ.

އާމިރު ޚާން ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ތަގްސް އޮފް ހިންދުސްތާނު" ގެ މަސައްކަތް ކުރަމުންނެވެ. އެފިލްމު ނެރޭނީ މިއަހަރުގެ ނޮވެމްބަރ 7 ގައެވެ. އެ ފިލްމުގައި އާމިރުގެ އިތުރުން އަމީތާބް ބައްޗަން އާއި ފާތިމަތު ސަނާ ޝައިޚް ވެސް ފެނިގެންދާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން

07 ނޮވެމްބަރު 2017
ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން
27 އޮކްޓޯބަރު 2017

"ގޫމަރު" ލަވައަކީ މިހާތަނަށް އެކްޓު ކޮށްފައިވާ އެންމެ އުނދަގޫ ލަވަ: ދީޕިކާ

27 އޮކްޓޯބަރު 2017
"ގޫމަރު" ލަވައަކީ މިހާތަނަށް އެކްޓު ކޮށްފައިވާ އެންމެ އުނދަގޫ ލަވަ: ދީޕިކާ
08 އޮކްޓޯބަރު 2017

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

08 އޮކްޓޯބަރު 2017
ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ
15 ސެޕްޓެމްބަރު 2017

"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ

15 ސެޕްޓެމްބަރު 2017
"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ
28 އޯގަސްޓު 2017

"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން

28 އޯގަސްޓު 2017
"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
31 މެއި 2017

"ބާހުބަލީ 2" އަށް ވުރެ ކުރީގައި އާމިރުގެ "ޑަންގަލް"

31 މެއި 2017
"ބާހުބަލީ 2" އަށް ވުރެ ކުރީގައި އާމިރުގެ "ޑަންގަލް"
03 މެއި 2017

މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް

03 މެއި 2017
މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް
17 އެޕްރީލު 2017

ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި

17 އެޕްރީލު 2017
ދީޕިކާގެ ކަރަށް ތަދެއް އަރައިގެން "ޕަދްމަވަތީ"ގެ ޝޫޓިން ކެންސަލް ކޮށްފި
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް