Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ނިވާކަން ކުޑަ ހެދުންލީ މައްސަލަ މިނިސްޓްރީ އާއި ފުލުހުން ބަލަނީ

25 އެޕްރީލު 2018 | ބުދަ 03:31

ކަން ހިނގާފައިވާ ގޮތް އެބަ ބަލަން: މިނިސްޓްރީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 އެޕްރީލު 2018 | ބުދަ 03:31
ނިވާކަން ކުޑަ ހެދުން ލައިގެން މޮޑެލްކުރުވާފައި

ނިވާކަން ކުޑަ ހެދުން ލައިގެން މޮޑެލްކުރުވާފައި

މޮޑެލުންތަކެއް ހޮވުމަށް ބޭއްވި ޝޯއެއްގައި ދިވެހި އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުންތަކެއް ލީ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީންނާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު މުހައްމަދު އަހްސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ނިވާކަން ކުޑަ ހެދުންލީ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ. އަދި އެކަން ބަލަމުންދަނީ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ކަމަށް އަހުސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދިވެހި އަންހެން ކުދިންތަކެއް، ނިވާކަން ކުޑަ ހެދުންތަކެއް ލައްވައިގެން މޮޑެލް ކުރުވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ރިސޯޓެއްގައެވެ. އެ ހަރަކާތުގައި ދިވެހި ޒުވާން އަންހެން ކުދިންގެ ވަނާތައް ފެންނާނެ ގޮތަށް، ނިވާކަން ކުޑަ ހެދުން ލައްވައިގެން މޮޑެލް ކުރުވާފައިވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އަންހެން ކުދިންތަކެއް ބައިވެރިކޮށްގެން، މުބާރާތެއްގެ ގޮތަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ބޭރުގެ ބަޔަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އާމާޒުވެގެން ގޮސްފައިވެއެވެ. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހެދުން އެޅި އެ މައްސަލާގައި ސަރުކާރުން އެއްޗެއް ނުބުނެ ހިމޭނުން އޮތުމުން ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. ދީން ހިމާޔަތް ކުރާނެ ކަމަށް ބުނާ ސަރުކާރުން އެފަދަ ކަންކަމަށް އަޅާ ނުލައި ދޫކޮށްލުމަކީ ސަރުކާރުގެ ދެފުށް ދެގޮތްކަން އެނގިގެންދާ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. މީގެ ކުރިން ހިނގާފައިވާ އެފަދަ ކަންކަން ވެސް ތަހުގީގު ކުރަން ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މިއަހަރު ފެށުމުގެ ގޮތުން ބޭއްވި ޝޯގައި ވެސް ނިވާކަން ކުޑަ ހެދުންލި މައްސަލަ، ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވެއެވެ. އަދި އަންހެނުންތަކެއް ބަރަހަނާކޮށް ބައިތިއްބައިގެން، ބޮޑީ ޕެއިންޓް ކުރި މައްސަލަ ވެސް ފުލުހުން ނުބަލަ އެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް