Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު މަހުލޫފު

ޓްވީޓަކާ ގުޅިގެން މަހުލޫފަށް ކުރި ދައުވާ ކުރިއަށް ގެންދަން ނިންމައިފި

23 އެޕްރީލު 2018 | ހޯމަ 09:58

މަހުލޫފު ދެކޮޅެއް ނަހައްދަވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 އެޕްރީލު 2018 | ހޯމަ 09:58
މަހުލޫފު އާންމުންނާ އެކު

މަހުލޫފު އާންމުންނާ އެކު

ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. އެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މަހުލޫފު ކުރެއްވި ޓްވީޓްގައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަނީ ކަމަށާއި އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ޓްވީޓު ކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އަލީ ނިންމެވީ އެ ދާއުވާއަކީ މަހުލޫފުގެ މައްޗަށް ކުރެވިދާނެ ދައުވާއެއް ކަމަށާއި އެ ދައުވާގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގާޒީ އެގޮތަށް ނިންމެވުމުގެ ކުރިން މަހުލޫފުގެ ގާނޫނީ ވަކީލު ހައްސާން އަހުމަދު ވިދާޅުވީ މަހުލޫފު ކުރެއްވީ ޓްވީޓެއް ކަމަށާއި އޭނާ ދައުލަތުގެ އިދާރާއަކަށް މައުލޫމާތެއް ނުދެއްވާ ކަމަށެވެ. ނަމަވެސް މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ކަމަށާއި ދައުލަތުގެ އިދާރާއަކަށް މަހުލޫފު މައުލުމާތު ދެއްވި ގޮތެއް އެނގެން ނެތް ކަމަށް ހައްސާން ވިދާޅުވިއެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު ޝުކުރުﷲ ޝަކީލު ވިދާޅުވީ މަހުލޫފު ޓްވީޓް ކުރެއްވީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި އެހެންކަމުން އެ މައުލުމާތު ހުރިހާ ފަރާތްތަކަށް ވެސް ދެވުނީ ކަމަށެވެ. މައުލޫތު ދިން ގޮތަކީ އެއްވެސް ގާނޫނެއްގައި މާނަކޮށްފައިވާ ކަމެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މަހުލޫފު ގޭ ބަންދުގައި ހުއްޓާ ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާ ވިދާޅުވީ ދައުވާ އޭނާއަށް ސާފު ނުވާ ކަމަށެވެ. ސާފު ނުވާ ސަބަބަކީ ދައުލަތުގެ އިދާރާއަކަށް އޭނާ މައުލޫމާތު ދެއްވި ކަމަށް ބުނާއިރު، އެފަދަ މައުލުމާތެއް ދައުލަތުގެ އިދާރާއަކަށް ނުދެއްވާ ކަމަށާއި އޭނާ ކުރެއްވީ ޓްވީޓެއް ކަމަށެވެ.

ދައުވާގައި ބުނާ ޓްވީޓް ކުރެއްވި ކަމަކަށް މަހުލޫފު އިންކާރެއް ނުކުރައްވައެވެ. މަހުލޫފު ވަނީ ޝަރީއަތުގައި އެ ޓްވީޓު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ދައުވާގެ އިބާރާތް ސާފުވާ ކަމަށް މަހުލޫފު ވިދާޅުވުމާއެކު، ގާޒީ ނިންމެވި ދައުވާ ސާފުވެއްޖެކަން ކަނޑައަޅައި ދައުވާގެން ކުރިއަށް ދިއުމަށެވެ.

ހޯމަ ދުވަހު ބޭއްވި ޝަރީއަތް ނިންމަވާލެއްވީ އެ މައްސަލާގައި އަންނަ މަހު ޝަރީއަތެއް ބޭއްވުމަށް ނިންމެވުމަށް ފަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް