Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މަސްވެރިކަން

މަސް ނުކިރުވި 11 ގަޑިއިރު، ކަންބޮޑުވުން އިންތިހާއަށް

9 އެޕްރީލު 2018 | ހޯމަ 08:15

ކިއުގައި ތިބި މަސްވެރިންނަށް އައިސްފޯރުކޮށް ދެނީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 9 އެޕްރީލު 2018 | ހޯމަ 08:15
ތައްޓުމަތީގައި އަތުރާފައިވާ މަސްތަކާއެކު، މަސްވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން-

ތައްޓުމަތީގައި އަތުރާފައިވާ މަސްތަކާއެކު، މަސްވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން-

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ބާނައިގެން މަސް ކިރަން ދިޔަ ދޯނިތައް މިފްކޯގެ މަސް ކާރުހާނާ، ކޫއްޑޫއަށް މަސް ނުކިރިގެން ބައެއް ދޯނިތައް 11 ގަޑިއިރު ކިއުގައި މަޑުކުރަން ޖެހިއްޖެ އެވެ.

ކޫއްޑޫއަށް މަސް ކިރަން ދިޔަ ދޯނިތަކުގެ މަސްވެރިންތަކެއް "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި އާދީއްތަ ދުވަހު މަސް ކިރަން ދިޔަ ދޯނިތައް ހޯމަ ދުވަހު އިރުއެރިއިރު ވެސް ތިބެން ޖެހުނީ ކިއުގަ އެވެ. މަސްވެރިން ބުނީ 11 ގަޑިއިރު ކިއުގައި ހޭދަކުރި ކަމަށާއި އާދީއްތަ ދުވަހު މަސް ބާނައިގެން ކޫއްޑޫ އަށް ދިޔަ ދޯނިތަކުގެ ތެރެއިން 10 ދޯންޏެއް ހޯމަ ދުވަހު ހެނދުނު ވެސް ކިއުގައި ތިބި ކަމަށެވެ.

Advertisement - newsAdvertisement

ގއ. ކޮލަމާފުށީ ގުރުވަ ދޯނީގެ ކެޔޮޅު އިސްމާއިލް ޝަރީފު "ރާއްޖެއެމްވީ"އަށް ބުނީ މަސް ކިރުވުމުގައި ކޫއްޑޫއިން ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދޯނިތަކަށް އައިސް ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ވެސް ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.

އޭނާ ބުނީ ފިނިކުރި މަހަށް ލިބެންޖެހޭ ފައިސާ ދިނުމުގެ ބަދަލުގައި ފިނި ނުކުރާ މަހުގެ ގޮތުގައި ވެސް ކޫއްޑުއަށް މަސް ކިރުވަމުން ގެންދާ ކަމަށެވެ. ފިނިކުރި ކުރި ކަނޑު މަސް މިފްކޯއިން ގަންނަނީ ކިލޯއެއް 20 ރުފިޔާއަށެވެ. ފިނި ނުކުރާ މަސް މިފްކޯއިން ގަންނަނީ 18 ރުފިޔާއަށެވެ.

"އާންމުކޮށް ކޮންމެ ދޯންޏަކަށް މި ދެނީ ދެ ޓަނު އައިސް. އެކަމަކު ބައެއް ދޯނިފަހަރަށް ހަތަރު ޓަނު، އަދި ހަ ޓަނު އައިސް ވެސް އެބަ ފޯރުކޮށްދޭ. އެކަން ކުރަނީ ސިޔާސީ ގޮތުން ބެލުމަށްފަހު،" އިސްމާއިލް ރަޝީދު ބުންޏެވެ.

މަސްވެރިން ބުނީ ކޫއްޑޫއަށް މަސް ނުކިރި ކިއުގައި ތިބި ދޯނިތަކުގެ މަސްވެރިން ނުނިދާ ހޭލާ ތިބެން ޖެހިފައިވާ ކަމަށާއި މަސްތައް ކުނިވެދާނެތީ މަސްތައް ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަވަދިނެތި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މަސްތައް ކުނިނުވާނެ ގޮތް ހެދުމަށް ކިއުގައި ތިބި ދޯނިތަކަށް މިފްކޯއިން އައިސް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިން ބުންޏެވެ.

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަސް ނުކިރިގެން މަސް އުކާލަން ޖެހުނު ހާދިސާއެއް މިދިޔަ އަހަރު ހިނގި ކަމަށާއި ނަމަވެސް މިފަހަރު މަސް އުކާލަން ޖެހޭ ހާލަތަކަށް ނުދާނެ ކަމަށެވެ. މަސް ކިރުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އައިސް ލިބޭނީ މަސް ބާނައިގެން އަންނަ ދޯނިތަކަށް ކަމަށާއި އޭގެ ބޭނުމަކީ މަސްތައް ތާޒާކަމުގައި ބެހެއްޓުމަށް އިސްކަން ދިނުން ކަމަށް ރަމްޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުނުމުގައި ދައްތިތަކާ ކުރިމަތިވަމުންދާތީ، ރަމްޒީ ވިދާޅުވީ އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވުމުން ކޮންމެ ބަޔަކު ވެސް، ގިނަ އަދަދަކަށް އައިސް ބޭނުންވާ ކަމަށެވެ. ނަމަވެސް އައިސް ލިބޭނީ ކިއުގައި މަޑުކޮށްގެން ކަމަށާއި މަސް ބާނައިގެން އަންނަ ދޯނިތަކަށް އިސްކަން ދީގެން އައިސް ފޯރުކޮށްދޭތީ، ކޮންމެ ވެސް ވަރެއްގެ ކަންބޮޑުވުންތަކެއް މަސްވެރިން ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އަށް އައިސް ޕްލާން ހުންނާނެ ކަމަށާއި ދުވާލެއްގެ މައްޗަށް 200 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ހަތް އައިސް ޕްލާންޓަކުން 24 ގަޑިއިރު ހިދުމަތް ދެމުންދާ ކަމަށް ވެސް ރަމްޒީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ވަނީ އަދާޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައެވެ. ގޮދާ ބޭނުން އިތުރުވެ، ރެކޯޑު މިންވަރަކަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ ދެކުނަށް މަސް ބާނާފައެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް ރާއްޖޭގެ ދެކުނުން 700 ޓަނުގެ މަސް، މިފްކޯއަށް ވަނީ ކިރުވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް