Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޭވުމުން

އަމްޖޭގެ ރޭވުމުން ރާއްޖޭގެ ރަށްތަކަށް

މިއީ އަމްޖޭގެ 52 ވަނަ ފިލްމު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އެޕްރީލު 2018 | ބުރާސްފަތި 07:23
ރޭވުމުންގެ ޕޯސްޓަރެއް

ރޭވުމުންގެ ޕޯސްޓަރެއް

މާޗް މަހުގެ 24 ވަނަ ދުވަހު އޮލިމްޕަހަށް އައި ޑައިރެކްޓަރ އަމްޖަދު އިބްރާހިމްގެ 52 ވަނަ ފިލްމު ރޭވުމުން ރާއްޖޭގެ ރަށްތަކުގައި އަޅުވަން ނިންމައިފިއެވެ.

ރޭވުމުންގައި ހަރަކާތްތެރިވާ ތަރިއެއްކަމަށްވާ މުހައްމަދު ޝާޒް(ތަޖޫބެ) ބުނީ ބުރާސްފަތި ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ރޭވުމުންގެ ޝޯ އަޅުވާނެ ކަމަށާއި އަދިވެސް އެހެން ރަށްރަށުގައި ފިލްމު އަޅުވަން ނިންމާފައިވާކަމަށެވެ. އޭނާ ބުނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި މާލެއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި ފިލްމު އަޅުވާނެ ކަމަށެވެ.

ބެލުންތެރިންގެ ފަރާތުން ފިލްމަށް ދެމުންގެންދާ ތަރުހީބަށް އެޓީމުން ޝުކުރު އަދާކުރެއެވެ.

ރޭވުމުންގެ ލީޑް ރޯލުން ފެނިގެން ދަނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާޖިފާ އެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ (ޝަކިއްތަ)، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) މި ފިލްމުން ފެނިގެންދާނެއެވެ. މިއީ އަމްޖޭގެ އަމިއްލަ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. މިއީ ބަޔަކު ރާވައިގެން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ލޯބީގެ ބިރުވެރި ފިލްމެކެވެ. ދިރިއުޅުމުގައި ހިނގާ ގިނަ ކަންތައްތަކެއް ފެނިގެންދާ މިފިލްމުގައި ގެވެށި އަނިޔާއާއި، ޖިންސީ ގޯނާ، ކައިވެނިން ބޭރުގައި ގުޅުންހިންގުމާއި، ދުނިޔަވީ ދަހިވެތިކަމުގައި ސިހުރު ފަންޑިތަ ހެދުން ފަދަ ކަންތައްތައް މި ފިލްމުން ފެނިގެންދެއެވެ. ރޭވުމުންގެ ދެވަނަ ބައެއް ގެނެސްދޭގޮތަށް ފިލްމު ނިންމާލާއިރު ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2021

ބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް

28 މާރިޗު 2021
ބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް
28 ޖޫން 2020

ފުރަތަމަ އެއް މިލިއަން ވިއުސްއާ އެކު ރާއްޖޭގެ ބޮޑުބެރުގެ އެންމެ ކުރީގައި "ރާޅުގަނޑު"

28 ޖޫން 2020
ފުރަތަމަ އެއް މިލިއަން ވިއުސްއާ އެކު ރާއްޖޭގެ ބޮޑުބެރުގެ އެންމެ ކުރީގައި "ރާޅުގަނޑު"
18 މާރިޗު 2018

ރޭވުމުންގެ ހުރިހާ އެޑިޓިންއެއް ނިމިއްޖެ، މިމަހު 20 ގައި ސެންސަރު ބޯޑަށް ފޮނުވާނެ: އަމްޖޭ

18 މާރިޗު 2018
ރޭވުމުންގެ ހުރިހާ އެޑިޓިންއެއް ނިމިއްޖެ، މިމަހު 20 ގައި ސެންސަރު ބޯޑަށް ފޮނުވާނެ: އަމްޖޭ
08 މާރިޗު 2018

ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް

08 މާރިޗު 2018
ރޭވުމުންގެ އާ ޓްރެއިލާ: ޝާޒްގެ ތަފާތު އެކްޓިންއެއް
06 މާރިޗު 2018

އަމްޖޭގެ "ރޭ ވުމުން" މިމަހުގެ 24 އަޅުވަނީ

06 މާރިޗު 2018
އަމްޖޭގެ "ރޭ ވުމުން" މިމަހުގެ 24 އަޅުވަނީ
15 މެއި 2017

މުޅި ރާއްޖޭގެ ޓުއާއަކަށް އުނޫޝާ ތައްޔާރުވެއްޖެ

15 މެއި 2017
މުޅި ރާއްޖޭގެ ޓުއާއަކަށް އުނޫޝާ ތައްޔާރުވެއްޖެ
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު