Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓާސް ލިސްޓް އަންނަ މަހު، އިންތިހާބުގެ ތައްޔާރީތައް ޕާޓީތަކާ ހިއްސާކުރުން މާދަމާ

4 އެޕްރީލު 2018 | ބުދަ 08:33

އިދާރީ މަސައްކަތުގެ 90 ޕަސެންޓް ނިމިއްޖެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 އެޕްރީލު 2018 | ބުދަ 08:33
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަނީ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އަންނަ މަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ފޮށިތައް ބަހައްޓާ ތަންތަން ކަނޑައެޅުމާއި ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާ ގައުމީ ކޮންޕްލަޔަންސް ބިއުރޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި އެފަދަ އިދާރީ މަސައްކަތްތައް މި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ އިދާރީ މަސައްކަތުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު މި ވަނީ ނިމިފައި. 90 ޕަސެންޓްވަރު އިދާރީ މަސައްކަތުގެ ބައި ނިންމާލެވިއްޖެ،" އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓާސް ލިސްޓް އަންނަ މަހު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޖޫން މަހު ހުޅުވާލާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަކުރަމް ވިދާޅުވީ ވޯޓަސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު ކުރުވާތީ، ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެކަންތައްތަކާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން ޕާޓީތަކާ އެކު، އިލެކްޝަންސް ކޮމިޝަންގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ދައުވަތު ޕާޓީތަކަށް ފޮނުވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅޭ ތައްޔާރީތަކުގެ ވާހަކަތައް ވެސް ސިޔާސީ ޕާޓީތަކާ ހިއްސާ ކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ މަގުސަދަކީ ރިޔާސީ އިންތިހާބުގެ މައުލުމާތު ވީހާވެސް ދުރާލައި ސިޔާސީ ޕާޓީތަކަށް ހިއްސާކުރުން. އިންތިހާބުތަކުގެ އެންމެ މުހިއްމު ސްޓޭކްހޯލްޑާއަކީ ސިޔާސީ ޕާޓީތައް،" އަކުރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު، އެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ. އިންތިހާބަށް ފަސް ވަރަކަށް މަހަށްވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވަން ތިއްބެވި ހުރިހާ ލީޑަރުން ތިއްބެވީ ހައްޔަރުކޮށް، އަދި ބައެއް ބޭފުޅުން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް