Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައި ކޯޓް

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

އުމުރަށް ޖަލަށްލި ދެ މީހުން ވަނީ މިނިވަންވެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 23 މާރިޗު 2018 | ހުކުރު 09:43
ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (ކ) އާއި ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް

ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (ކ) އާއި ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް

ޑްރަގު މައްސަލައެއް ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވުމުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ބުނާ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން އަނބުރާ ދޭން ޖެހިއްޖެ އެވެ.

މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ދައުލަތަށް ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދޭން ޖެހުނީ އެ މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުންނެވެ. އެ މައްސަލާގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011 ގައި ވުޖޫދަށް އައި ފަހުން، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ދައުލަތަށް ނެގި ފައިސާގެ އެންމެ ބޮޑު އަދަދެވެ.

Advertisement - newsAdvertisement

އެ މައްސަލާއާ ގުޅިގެން މިނިވަންވެފައި ވަނީ ހ. ބްރެޑްލީ އަހުޒާމް ނައީމާއި ގ. ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާއިލެވެ. އަހުޒާމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ބިޝާރަށް ކުރި ހުކުމް ބާތިލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށާއި، އެ މީހުންގެ އަތުން ފެނުނު ކަމަށް ބުނާ ތަކެތި ނެގުމަށްފަހު އެތަކެތީގެ ތަހްލީލު ކުރުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތް ކަމަށެވެ.

އަހުޒާމާއި ބިޝާރުގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައި ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލުކޮށް، ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މީހުންގެ އަތުން އަތުލައިގަތް ކަމަށް ބުނާ ތަކެތި ނެގުމަށްފަހު ތަހުގީލުކޮށް ނިމިގެން ދިއުމާ ހަމައަށް އެތަކެތި އެއްތަނުން އަނެއްތަނަށް އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ބަދަލުވުމުން ގޮސްފައިވާ ގޮތުގެ މައުލޫމާތު ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ބާޔާންކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާ ތަކެއެއްޗަކީ އަހުޒާމްގެ ނައީމު ހައްޔަރުކުރު ކުރުމަށްފަހު މަގުމަތިން ނެގި ކަމަށް ބުނާ ތަކެތިކަމާމެދު ވެސް ޝައްކު އުފެދުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުން ކުރި ހުކުމްގައިވެއެވެ.

އަހުޒާމާއި ބިޝާރު މަސްތުވާތަކެއްޗާއެކު އަތުލައިގަތީ މީގެ ހަތަރު އަހަރު ކުރިން 2013 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އަހުޒާމް ހައްޔަރު ކުރިއިރު, އޭނާގެ ޖީބުން 52،300 އަށް ވުރެ ގިނަ ރުފިޔާ ފެނުނެވެ. އަދި ބިޝާރު ދިރިއުޅޭ ތަބުރުގޭގެ ކޮޓަރިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 6633 ޑޮލަރާއި ޔޫރޯ އާއި ސިންގަޕޫރު ޑޮލަރު ވެސް ފެނުނެވެ.

އެ މީހުންގެ އަތުން ފެނުނު ފައިސާ ދައުލަތަށް ނެގީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ފައިސާއަކީ ކިހިނެއް ލިބުނު ފައިސާތަކެއްކަން ދަށު ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލައި، ދައުލަތަށް އެ ފައިސާ ނެގީއެވެ.

ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ ވަކި ވަކިން ކުރި ދެ ހުކުމަކުންނެވެ. އެ ހުކުމްތަކުގައި ބުނެފައިވާ ގޮތުން އަހުޒާމްގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވަނީ އޭނާއަކީ ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުރި މީހެއް ކަމަށާއި އެހެންކަމުން އޭނާގެ ޖީބުން ފެނުނު 52،385 ރުފިޔާއަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ އަތުގައި ހުރުން އެކަށިގެންވާ އަދެއް ކަމަށެވެ.

ހައިކޯޓުގެ ގަޒިއްޔާގައި މިކަން ހިނގިއިރު އަހުޒާމް ހުރީ ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު ކަމުގެ މަގާމުގައި ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެއީ މަޢުލޫމާތުގެ ކުށެއް ކަމަށާއި، އޭރު އޭނާ ހުރީ އެލްޓީ ސްޕޯޓްސް ކްލަބްގައިކަން އަހުޒާމް ވަނީ ރާއްޖެއެމްވީއަށް ސާފުކޮށްދީފައެވެ.

ބިޝާރަކީ އަމިއްލަ ވިޔަފާރިކޮށް ދައުލަތަށް ޓެކްސް ދައްކަމުންދާ މީހެއްކަން އޭނާ ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭނެ ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ ކަމަށް ހައި ކޯޓުގެ ގަޟިއްޔާގައިވެއެވެ.

ބިޝާރު މިނިވަން ކުރި ހުކުމް އިއްވާފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު